ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކާބޯތަކެތީގެ ވިޔަފާރިކުރާ ގެއަކުން 32 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

Glqt0ydwkaeforf
އިމިގްރޭޝަނުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން — ފޮޓޯ: މޯލްޑިވްސް އިމިގްރޭޝަން
TTH_Ads
STO_Ads

މާލޭގައި ކާބޯތަކެތީގެ ވިޔަފާރިކުރާ ގެއަކުން 32 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އިމިގްރޭޝަނުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ‘އިމްގްރޭޝަން ވޮޗް’އަށް ލިބުނު ރިޕޯޓަކާ ގުޅިގެން މިމަހުގެ ފަސްވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ބަލައި ފާސްކޮށްފައިވަނީ ‘މއ. ހިތިލާގެ 2’ ކަމަށެވެ.

އެ ގޭގައި ދިރިއުޅެމުންދިޔަ 77 ބިދޭސީންގެ ލިޔެކިޔުންތައް ބަލައި ފާސްކޮށް، އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ 32 މީހުންގެ ތެރޭގައި ހިމެނެނީ ސައްހަ ވިސާއެއް ނެތި ގަވާއިދާ ހިލާފަށް މަސައްކަތްކުރަމުންދިޔަ މީހުންނާއި، ވަޒީފާ ދިން ފަރާތަށް ފިލައިގެން އުޅޭ މީހުން ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

HajjCop_ads

އިމިގްރޭޝަނުން ބުނީ އެ ގޭގައި ގަނޑުކުރި މަސް، ތަރުކާރީ އަދި އެހެނިހެން ކާނާގެ ބާވަތްތައް ސަޕްލައިކުރާ މަންޒަރު އަބަދުވެސް ފެންނަ ކަމަށް ރިޕޯޓުކޮށްފައިވާ ކަމަށާއި ގިނަ އަދަދެއްގެ ގޭސް ސިލިންޑަރު ވެސް މި އިމާރާތަށް ގެންދާ ކަމަށް ވެސް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި މެންދުރު ކާ ގަޑިއަށް ގިނަ އަދަދެއްގެ ބަތް ޕާރުސަލް ޑެލިވާކުރަން އެ އިމާރާތުން މީހުން ނުކުންނަ މަންޒަރު ފެންނަ ކަމަށް ވެސް ރިޕޯޓުކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

އެ ގެއަކީ ގިނަ އަދަދަކަށް އެއްފަހަރާ ކެއްކުމުގެ އިތުރުން ގިނަ އަދަދެއްގެ ބިދޭސީން ހުރުމުގެ އިންތިޒާމު ހަމަޖައްސާފައިވާ ތަނެއްކަން ވެސް ރިޕޯޓުގައިވާ ކަމަށާއި އެ މީހުން ދިރިއުޅެމުންދިޔަ ގެއަކީ އާދައިގެ ގޮތަކަށް ޑެކް އަޅައިގެން ހަތަރު ބުރިއަށް ހަދާފައިވާ ބާ އިމާރާތެއް ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

MWSC_ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

ހ ހަސަން
ބިދޭސީން ގިނަވާވަރަކައް ނުފެންނަންޖެހޭ ކަންކަން ދާނީ ފެންނަމުން އަޅުގަނޑު މީގެ އެއްއަހަރުކުރިދިމާވި ބަންގްލަދޭޝް ރައްޔިތެއް މަސްތުވާތަކެތި މައްސަލާގަ ޑީޕޯޓް ކުރި އެކަމު އޭގެ 6 މަސްފަހުން އޭނާހުރީ އަނެއްކާ މާލޭގަ މަސްތު ވާ އެއްޗެހިވިކަަން މިމީހުންނައްމިހާ ފަސޭހަ ރާޖެއެތެރެވާން.އަޅުގަޑައް އިވިގެން ވެސް މިހާރުވެސް އަލައް ހަދާ ރިޒޯޓްކުގަ ގިނައީ އެއްވެސް ލިއުމެއް ނެއް މީހުން....މިކަމުގަ ސަރުކާރު ޒިންމާ އުފުލަންޖެހޭނީ

ގުޅުންހުރި

43

ބަނގުރަލުގެ ވިޔަފާރިކުރަމުންދިޔަ ލަންކާގެ ތިން މީހަކު ޑީޕޯޓްކޮށްލަނީ

ފަތުރުވެރިންނަށް ވިސާ މުއްދަތު އިތުރުކުރުމުގައި ފަސޭހަތަކެއް!

tourist

ޓޫރިސްޓް ވިސާ ފަސޭހަކަމާއެކު އިތުރުކުރެވޭނެ ގޮތް ހަދައިފި

immigration

މިހާތަނަށް ފުރިހަމަ މަޢުލޫމާތު ނުދޭ ބިދޭސީން ޑީޕޯޓްކުރަނީ