ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބޮޑުތަކުރުފާނު މަގުގައި މިއަދު ތާރުއަޅައި ނިންމަނީ

445194 3 2e1fbe147bd6012bf2731a55aa5f35355a5ee38d
TTH_Ads
STO_Ads
Maldivian_Ads
Advertisement

މާލޭ ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢޫގެ ދަށުން އެމަގުގައި މިއަދު ތާރުއަޅައި ނިންމާލެވޭނެކަމަށް އެމްޓީސީސީން ބުނެފިއެވެ.

ހެންވޭރު އެމްޓީސީސީ ޓަރމިނަލުން ފެށިގެން ރަސްމީ ފާލަމާ ހަމައަށް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތްފެށީ މާރިޗު މަހުގެ ތެރޭގައެވެ. މި މަޝްރޫޢުގެ މަސައްކަތުގެ ތެރެއިން ފެރީ ޓަރމިނަލުން ފެށިގެން ފޮރިން މިނިސްޓްރީއާ ހަމައަށް ތާރު އެޅުމުގެ މަސައްކަތް ޖުލައި މަހުގެ ތެރޭގައި ވަނީ ނިންމާލާފައެވެ. އަދި ފޮރިން މިނިސްޓްރީން ފެށިގެން ރަސްމީ ފާލަމާ ހަމައަށް ތާރު އެޅުމުގެ މަސައްކަތް އޭގެ ފެށިއެވެ. އެމްޓީސީސީން ބުނީ އެ މަޝްރޫއުގެ ދަށުން ސަބް ބޭސް މަސައްކަތްތަކާއި އޭބީސީ ލޭޔާގެ މަސައްކަތް އެއްކޮށް ނިމި، އެ ތަނުގައި ތާރު އެޅުމުގެ މަސައްކަތް މިއަދު އެއްކޮށް ނިމޭނެކަމަށެވެ.

ތާރު އެޅައި ނިމުނު ހިސާބުގައި މިހާރުވަނީ މަގުގެ ނިޝަންތައް ކުރަހާ ނިމިފައެވެ.

HajjCop_ads
Advertisement

ބޮޑުތަކުރުފާނު މަގު ތަރައްޤީ ކުރުމުގެ މަޝްރޫޢަކީ، މާލޭގެ ޓްރެފިކް މައްސަލައަށް ދާއިމީ ޙައްލެއް ހޯދައިދިނުމަށް ކުރިއަށްގެންދާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ މަސައްކަތްތައް ޖޫންމަހަށް ނިންމުމަށް މަސައްކަތް ކުރިނަމަވެސް އެކި ސަބަބުތަކާ ހުރެ މުޅި މަޝްރޫޢުގެ މަސައްކަތް ނިމޭނެ ކަމަށް މިހާރު އެމްޓީސީސީން އަންދާޒާކޮށްފައިވަނީ މިމަހުގެ 26އަށެވެ.

މަގު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، މީގެކުރިންވަނީ ޢިއްޒުއްދީން މަގުން ފެށިގެން ހެންވޭރު ޓަރމިނަލްއާއި ހަމައަށް ތާރުއަޅައިގެން ތަރައްޤީކޮށްފައެވެ. މިހާރު ކުރިއަށްގެންދާ މަސައްކަތްތަކާއެކު ހެންވޭރު ޓަމިނަލުން ފެށިގެން މާލޭ ނޯތު ހާބަރާއި ހަމައަށް ތަރައްޤީކޮށް ނިންމުމަށް ހަމަޖެހިފައިވެއެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

މޮޅަދޫ އައުޓްޑޯ ވޮލީ ކޯޓުގެ އިލެކްޓްރިކަލް ވަޔަރިންގެ މަސައްކަތް ކުރިއަށްދަނީ

ގަމު ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ 87 އިންސައްތަ މަސައްކަތް ނިމިއްޖެ

WhatsApp Image 2026 09 07 at 17.51.12

އޮމަދޫ ބަނދަރު ތަރައްޤީކުރުމުގެ %51 މަސައްކަތް ނިމިއްޖެ

HRm9exUbYAACcj

އަމީނީ މަގުގެ ސެގްމެންޓު 1ގައި މި ހަފްތާގައި ތާރުއަޅަން ފަށަނީ