ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ވިލާ ކޮލެޖަށް ކިއު.އެސް ގެ އެންމެ މަތީ ދަރަޖަ، 5 ތަރީގެ ރޭޓިން ހާސިލުކޮށްފި

Villa college
STO_Ads
TTH_Ads
Advertisement

ދުނިޔޭގެ ފެންވަރުގައި ޔުނިވާސިޓީތަކާއި ކޮލެޖުތަކުގެ ފެންވަރު ވަޒަންކުރާ މަޝްހޫރު އިދާރާ ކަމަށްވާ ކިއު.އެސް – ކުއަކުއަރެލީ ސައިމަންޑްސް ގެ “ކިއު.އެސް ސްޓާރސް” ރޭޓިން ނިޒާމުގެ ދަށުން ވިލާ ކޮލެޖަށް އެންމެ މަތީ ދަރަޖަ ކަމަށްވާ 5 ތަރީގެ ރޭޓިންއެއް ލިބިއްޖެ އެވެ.

މިއީ ކިއު.އެސް ސްޓާސް އިން ވިލާ ކޮލެޖުގެ ފެންވަރު ވަޒަންކުރި ދެވަނަ ފަހަރެވެ. އެންމެ ދެ އަހަރު ދުވަހުގެ ކުރު މުއްދަތެއްގެ ތެރޭގައި 4 ތަރިން 5 ތަރިއަށް ކޮލެޖުގެ ރޭޓިން ކުރިއެރުވުމަކީ ރާއްޖޭގެ މަތީ ތައުލީމީ ދާއިރާގައި ހާސިލުކުރެވުނު ތާރީހީ ކާމިޔާބެއް ކަމަށް އެ ކޮލެޖުން ބުނެ އެވެ.

މި ރޭޓިން ރަސްމީކޮށް އިއުލާންކޮށްފައި ވަނީ އިއްޔެ ހެނދުނު ވިލާ ކޮލެޖުގައި ބޭއްވި “ވީ.ސީ ބްރެކްފަސްޓް” ނެޓްވޯކިން ހަރަކާތުގަ އެވެ. ރެކޮގްނިޝަން ސެޓްފިކެޓް ވިލާ ކޮލެޖާ ހަވާލުކޮށްދެއްވީ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނު، ކިއު.އެސް އިންޑިއާގެ ޗެއާ އަދި ވައިސް ޕްރެޒިޑެންޓް އޮފް ސްޓްރެޓީޖިކް އެންޑް އިންޓަނޭޝަނަލް އެންގޭޖްމަންޓް، ޑރ. އަޝްވިން ފެނާންޑޭޒް އެވެ. ވިލާ ކޮލެޖުގެ ފަރާތުން ސެޓްފިކެޓާ ހަވާލުވެވަޑައިގަތީ ކޮލެޖުގެ ރެކްޓަރ ޑރ. އަހުމަދު އަންވަރާއި ވައިސް ރެކްޓަރ، އެސޯސިއޭޓް ޕްރޮފެސަރ ޑރ. އަލީ ނަޖީބެވެ.

HajjCop_ads
Advertisement

ކިއު.އެސް ސްޓާރސްގެ ހަރުދަނާ މެތަޑޮލޮޖީގެ ދަށުން ކުރިއަށްގެންދިޔަ އޮޑިޓުގައި ވަޒަންކުރެވުނު 9 ދާއިރާގެ ތެރެއިން 6 ދާއިރާއަކުން ވިލާ ކޮލެޖުން ވަނީ އެންމެ މަތީ ދަރަޖަ ކަށަވަރުކޮށްފަ އެވެ. އެއީ ކިޔަވައިދިނުމުގެ ފެންވަރު، ދަރިވަރުންނަށް ވަޒީފާގެ ފުރުޞަތު ފަހިކޮށްދިނުން، އޮންލައިންކޮށް ކިޔަވައިދިނުން، ބައިނަލްއަޤްވާމީ ގުޅުންތައް، ހަރުދަނާ ހިންގުން، އަދި ތިމާވެއްޓަށް ކުރާ އަސަރުގެ ދާއިރާ އެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑރ. އަލީ ނަޖީބު ވިދާޅުވީ ދުނިޔޭގެ އެންމެ އިތުބާރުހުރި އެއް އިދާރާ ކަމަށްވާ ކިއު.އެސް އިން 5 ތަރީގެ ރޭޓިންއެއް ލިބުމަކީ، ވިލާ ކޮލެޖުން ފޯރުކޮށްދޭ ތައުލީމުގެ ފެންވަރާއި، މުއައްސަސާގެ ހިންގުން ބައިނަލްއަގުވާމީ މިންގަނޑުތަކުން ބަލައިގަތްކަމުގެ އަލިގަދަ ހެއްކެއް ކަމަށެވެ. މިއީ ކޮލެޖުގެ ތާރީހީ ކާމިޔާބީއެއްގެ އިތުރުން، މުޅި ރާއްޖެއަށްވެސް ލިބުނު ބޮޑު ފަހުރެއް ކަން ޑރ. ނަޖީބު ފާހަގަކުރެއްވި އެވެ.

ވިލާ ކޮލެޖުގެ ކުރިމަގުގެ އަމާޒުތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ޑރ. ނަޖީބު ވަނީ ކޮލެޖުގެ އައު އިސްނެގުމެއް ކަމުގައިވާ “އެލަމްނައި މެންޓަރިންގ އިނިޝިއޭޓިވް” ވަރަށް އަވަހަށް ތައާރަފު ކުރައްވާނެ ކަން ވިދާޅުވެފަ އެވެ. އިންޑަސްޓްރީގެ ތަޖުރިބާކާރުންނާއި ފަންނީ ބޭފުޅުންނާ ގުޅިގެން ކުރިއަށްގެންދާ މި ޕްރޮގްރާމުގެ މައިގަނޑު މަގުސަދަކީ، ދަސްވެނިވާ ދަރިވަރުންނަށް ފަންނީ މައުލޫމާތުގެ އިތުރުން، ވަޒީފާގެ އަމަލީ މާހައުލުގައި ބޭނުންހިފޭނެ ލީޑަޝިޕް ހުނަރާއި މުހިންމު ސޮފްޓް ސްކިލްސް ދަސްކޮށްދީ މެންޓަކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.

ޑރ. އަޝްވިން ފެނާންޑޭޒް ވިދާޅުވި ގޮތުގައި، ވިލާ ކޮލެޖުން ހޯދި މި ކާމިޔާބީއަކީ މުޅި ދިވެހިރާއްޖެއަށް ލިބުނު ފަހުރެކެވެ. ކިއު.އެސް ސްޓާސް އަކީ ހަމައެކަނި ޔުނިވާސިޓީ ރޭންކިންއެއް ނޫން ކަމަށާއި، އެއީ 50 އަށްވުރެ ގިނަ އިންޑިކޭޓަރުގެ މައްޗަށް ބިނާކޮށް، މުއައްސަސާގެ ފެންވަރު 360 ޑިގްރީން ވަޒަންކޮށްދޭ ފުރިހަމަ ނިޒާމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
STO_Ads
HajjCop_ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ބައިނަލްއަޤްވާމީ ތަޢުލީމީ ރޭންކިންގގެ ގަދަ 100 އިން ވިލާ ކޮލެޖަށް ޝަރަފުވެރި މަޤާމެއް