ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މޯލްޑިވްސް އިންޓަރނެޓް ގަވަރނަންސް ފޯރަމް ފަށައިފި

Maldivian_Ads
TTH_Ads
STO_Ads
Advertisement

މޯލްޑިވްސް އިންޓަރނެޓް ގަވަރނަންސް ފޯރަމް 2026 ރަސްމީކޮށް ފަށައިފިއެވެ. މި ފޯރަމަކީ ވިމެން އިން ޓެކް މޯލްޑިވްސް އަދި ވިލާ ކޮލެޖް ގުޅިގެން ކުރިއަށްގެންދާ ފޯރަމެކެވެ.

މިއީ އިންޓަނެޓް ސޮސައިޓީ ފައުންޑޭޝަނާއި ގްލޯބަލް އިންޓަނެޓް ގަވަރނަންސް ފޯރަމް އައިޖީއެފްގެ އެހީތެރިކަމާއެކު ކުރިއަށް ގެންދާ ހަރަކާތެކެވެ. އަދި މުޅި ދުވަހަށް ބަހާލައިގެން ކުރިއަށްދާ މި ފޯރަމްގައި އެކި ދާއިރާތަކުން މުހިންމު މަޝްވަރާތަކާއި، މަޢުލޫމާތު ބަދަލުކުރުމުގެ ސެޝަންތަކުގެ އިތުރުން ކަމާގުޅުންހުރި އެކި ފަރާތްތަކުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ފޯރަމް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޔޫއެންޑީޕީ މޯލްޑިވްސްގެ ޑެޕިއުޓީ ރެސިޑެންޓް ރެޕްރެޒެންޓެޓިވް ޕެކް ޗުއާން ގަން ވިދާޅުވީ، ޑިޖިޓަލް އިންފްރާސްޓްރަކްޗާއާއި ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ރާއްޖެއިން ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށެވެ. ނަމަވެސް، ޑިޖިޓަލް ބަދަލުވުމުގެ ދެން އޮތް މަރުހަލާގައި ގަވާއިދުތަކާއި އޮނިގަނޑުތައް ހަރުދަނާކުރުމާއި، މުއައްސަސާތަކުގެ ގުޅުން ވަރުގަދަކުރުމާއި، އަދި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރަންޖެހޭ ކަމަށް ފާހަގަކުރެއްވިއެވެ.

HajjCop_ads
Advertisement

“އިންޓަނެޓްގެ ގުޅުން ގާއިމުކުރުމަކީ ކޮންމެހެން މުހިންމު ކަމެއް ނަމަވެސް، ހަމައެކަނި ކަނެކްޓިވިޓީން ހުރިހާ އެންމެންގެ ބައިވެރިވުން ކަށަވަރެއް ނުކުރެވޭނެ. މީހަކަށް އިންޓަނެޓް ލިބުނު ކަމުގައި ވިޔަސް، އޭގެ ފައިދާ އެންމެ ފުރިހަމައަށް ހޯދުމަށް ބޭނުންވާ ހުނަރާއި، އެކަށީގެންވާ އަގު އަދި އިތުބާރު ނެތިދާނެ. އެހެންކަމުން ޑިޖިޓަލް ބަދަލުވުން ވާންޖެހޭނީ ހަމައެކަނި އޮންލައިން ކުރުމަށްވުރެ ފުޅާ، މީހުންނަށް ބައިވެރިވެ ކުރިއަރައި ދެވޭނެ ފަދަ ނިޒާމަކަށް،” ޕެކް ޗުއާން ގަން

ރެސިޑެންޓް ރެޕްރެޒެންޓެޓިވް ޕެކް ޗުއާން ގަންގެ ވާހަކައިގައި އަންހެނުންނާއި، ޒުވާނުންނާއި، ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކާއި ރަށްރަށުގެ މުޖުތަމަޢުތަކުގެ އަޑު މިކަމުގައި އިއްވުމުގެ މުހިންމުކަންވެސް ފާހަގަކުރެއްވިއެވެ. އަދި އާޓިފިޝަލް އިންޓެލިޖެންސް، އޭއައި ފަދަ ޒަމާނީ ޓެކްނޮލޮޖީތަކުގެ ސަބަބުން ޢާންމު ޚިދުމަތްތަކާއި ތަޢުލީމީ ދާއިރާއަށް އަދި ޑިޖިޓަލް އިގުތިޞާދީ ފުރުސަތުތައް ހުޅުވިގެންދާ ކަމަށެވެ.

ޕެކް ޗުއާން ގަން ވިދާޅުވީ، މިކަމަށް ފުރުޞަތުތަކެއް ހުޅުވިގެންދާއިރު، ސައިބަރ ސެކިއުރިޓީގެ ނުރައްކާތަކާއި، އޮންލައިން ގެއްލުންތަކާއި ޒާތީ މަޢުލޫމާތު ނަހަމަ ގޮތުގައި ބޭނުންކުރުން ފަދަ ގޮންޖެހުންތައްވެސް ކުރިމަތިވާ ކަމަށެވެ. އެހެންކަމުން ސަރުކާރާއި، އަމިއްލަ ސެކްޓަރާއި، މަދަނީ ޖަމްޢިއްޔާތަކާއި، އެކަޑެމިކް ދާއިރާ އަދި ޒުވާނުން ގުޅިގެން ރައްކާތެރި އަދި އިތުބާރު ހިފޭ ޑިޖިޓަލް މާހައުލެއް ބިނާކުރުމަށް އެންމެން އެކުގައި މަސައްކަތްކުރުމަށް އޭނާ ވިދާޅުވިއެވެ.

މި އަހަރުގެ ފޯރަމްގައި ސަރުކާރުގެ މުއައްސަސާތަކާއި، ބައިނަލްއަޤްވާމީ ޖަމާޢަތްތަކާއި، މަދަނީ ޖަމްޢިއްޔާތަކާއި، ތަޢުލީމީ މުއައްސަސާތަކުގެ އިތުރުން މި ދާއިރާގެ ތަޖުރިބާކާރުން ހުށަހަޅައިދޭ ގިނަ ސެޝަންތަކެއް ހިމެނެއެވެ. މި މަޝްވަރާތަކުގައި ރާއްޖޭގެ ޓެލެކޮމިއުނިކޭޝަންގެ މުސްތަޤުބަލާއި، ޑޭޓާ ރައްކާތެރިކުރުމާއި ޒާތީ މަޢުލޫމާތުގެ ސިއްރު ހިފެހެއްޓުން، އޮންލައިން ރައްކާތެރިކަން، އޭއައި ގަވަރނަންސް އަދި ނުރައްކާތައް ކުޑަކުރުން، ފަސޭހައިން ލިބިގަނެވޭ ޑިޖިޓަލް ޚިދުމަތްތައް އަދި އަލަށް އުފެދެމުން އަންނަ ޓެކްނޮލޮޖީތައް ޒިންމާދާރުކަމާއެކު ބޭނުންކުރުމާ ގުޅޭގޮތުން އަލިއަޅުވާލެވޭނެއެވެ.

ރާއްޖޭގެ ޑިޖިޓަލް މުސްތަޤުބަލު ބައްޓަންކުރުމަށް އެހީތެރިވެދޭނެ މި މަޝްވަރާތަކުގައި ޢާންމު ރައްޔިތުންނާއި، ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި، ދާއިރާގެ ޕްރޮފެޝަނަލުންނާއި، އެކަޑަމިކް ދާއިރާގެ ބޭފުޅުން އަދި މަދަނީ ޖަމްޢިއްޔާތަކުގެ މެންބަރުން ބައިވެރިވެ، ޚިޔާލު ހުށަހެޅުމަށް ވަނީ ދަޢުވަތު އަރުވާފައެވެ. 2026 ވަނަ އަހަރުގެ މި ފޯރަމް ބާއްވަނީ ވިމެން އިން ޓެކް މޯލްޑިވްސް އަދި ވިލާ ކޮލެޖް ގުޅިގެން އިންޓަރނެޓް ސޮސައިޓީ އަދި ގްލޯބަލް އިންޓަރނެޓް ގެ އެހީތެރިކަމާއެކުއެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އެމްއޭސީއެލްއާއި ވިލާ ހައި ސްކޫލާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފި

Villa college

ވިލާ ކޮލެޖަށް ކިއު.އެސް ގެ އެންމެ މަތީ ދަރަޖަ، 5 ތަރީގެ ރޭޓިން ހާސިލުކޮށްފި

ބައިނަލްއަޤްވާމީ ތަޢުލީމީ ރޭންކިންގގެ ގަދަ 100 އިން ވިލާ ކޮލެޖަށް ޝަރަފުވެރި މަޤާމެއް