ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ގަތަރުގެ އަމީރު، ރައީސް މުއިއްޒުއާ ބައްދަލުކުރައްވައިފި

ރައީސް ޑރ. މުއިއްޒު، ގަތަރުގެ އަމީރުއާ މިއަދު ބައްދަލު ކުރައްވަނީ. — ފޮޓޯ: ރައީސް އޮފީސް
STO_Ads
Maldivian_Ads
TTH_Ads
Advertisement

ގަތަރުގެ އަމީރު، ޝެއިހް ތަމީމް ބިން ޙަމަދު އާލް ޘާނީ، ރައީސް ޑރ. މުހައްމަދު މުއިއްޒުއާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުން އޮތީ ގަތަރުގެ ވެރިރަށް ދޯހާގައި ހުންނަ ލޫސައިލް ގަނޑުވަރުގައެވެ.

މި ބައްދަލުވުމުގައި ރައީސް ޑރ. މުއިއްޒު ވަނީ، ގަތަރުގެ ކުރީގެ އަމީރު، ޝެއިހް ޙަމަދު ބިން ޚަލީފާ އާލް ޘާނީ އަވަހާރަވުމާ ގުޅިގެން، ދިވެހި ރައްޔިތުންގެ ނަމުގައި އާއި އެމަނިކުފާނުގެ އަމިއްލަފުޅު ނަންފުޅުގައި ތައުޒިޔާ ވިދާޅުވެފައެވެ.

މީގެ އިތުރުން ދެ ބޭފުޅުން ވަނީ، ދެ ގައުމުގެ ދެމެދުގައި އޮންނަ އުޚުއްވަތްތެރި ގުޅުމާ މެދު މަޝްވަރާކުރައްވައި، އެ ބަދަހި ގުޅުން އިތުރަށް ހަރުދަނާކުރުމުގެ އަޒުމު ދެ ގައުމުން ހިއްސާކުރާކަން ހާމަކުރައްވައިފައެވެ.

HajjCop_ads
Advertisement

ރައީސް އޮފީހުން ވިދާޅުވި ގޮތުގައި ރައީސް ޑރ. މުއިއްޒުގެ މި ދަތުރުފުޅަކީ ގަތަރުގެ ކުރީގެ އަމީރު ރާއްޖެއަސް ދެއްވާފައިވާ ފާހަގަކޮށްލެވޭ އެހީތެރިކަމާއި އެއްބާރުލުން ރަމްޒުކޮށްދޭ ދަތުރުފުޅެކެވެ. ގަތަރުގެ ކުރީގެ އަމީރު ވަނީ ދެ ގައުމުގެ ގުޅުން ބަދަހި ކުރެއްވުމުގައި މުހިންމު ދައުރެއް އަދާކުރައްވައިފައެވެ.

މީގެ ތެރޭގައި، ގަތަރު އެއާވޭސްގެ ދަތުރުތައް ރާއްޖެއަށް ފެށުމާއި ލ. ގަމުގައި ޙަމަދު ބިން ޚަލީފާ އަލް ޘާނީ ސްކޫލު ގާއިމުކުރުމާއި ހުޅުމާލޭގައި މަސްޖިދުއްޝައިޚް ޤާސިމް ބިން އަލް ޘާނީ ބިނާކުރުން ހިމެނެއެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Velana MACL airport

މި އަހަރުގެ ފަހު ކުއާޓާގައި އިތުރު 7 އެއާލައިނަކުން ރާއްޖެއަށް ދަތުރުތައް ފަށަނީ

minister saeed

މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް މި އަހަރު ފަށާނެ: ސައީދު

މާލޭގެ ޕާކިން ބިލްޑިންތަކުގެ މަސައްކަތް ބަޔަކާއި ހަވާލުކުރަނީ

Muiz cabinet ministers

އިހުތިރާމު އަދާކުރުމުގެ ގައުމީ މަޝްރޫއު ގައުމީ ފެންވަރުގައި ކުރިއަށްގެންދަވަން ނިންމަވައިފި