ކަރަންޓަށް ހޭލުންތެރިކުރުވުމަށް، ކ. ތުލުސްދޫ ކަނބަލުންނަށް 'އެނާރޖީ އެވެއަރނެސް އެންޑް އިލެކްޓްރިކް ސްކިލްސް ވޯކްޝޮޕް ފޯ ވިމެން' ގެ ނަމުގައި ތަމްރީނު ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

ސްޓެލްކޯއިން ވަނީ މިކަމާ ގުޅިގެން ފޭސްބުކްގައި ޕޯސްޓެއް ހިއްސާކޮށްފައެވެ.

އެ ކުންފުނިން ވިދާޅުވީ މި ވޯކްޝޮޕް ކުރިއަށް ގެންގޮސްފައިވަނީ ކ. ތުލުސްދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިސްނެންގެވުމުގެ މަތިން ކަމަށެވެ.

އިޝްތިހާރު އިޝްތިހާރު

މިދިޔަ ހަފްތާ ބަންދުގައި ސްޓެލްކޯއިން ތުލުސްދޫގައި ގާއިމްކޮށްފައިވާ ސްޓޭޓް ޔުޓިލިޓީ ސްކިލްސް އެކަޑަމީގައި ކުރިއަށްގެންދިޔަ މި ވޯކްޝޮޕަކީ ކަރަންޓަށް ހޭލުންތެރިކުރުވުމަށާއި، ހަކަތަ އިގްތިސާދުކުރާނެ ގޮތްތަކުގެ އިތުރުން، ގޭބީސީތަކުގައި ދިމާވާ ކަރަންޓުގެ އާދައިގެ މައްސަލަތައް ރައްކާތެރިކަމާއެކު އަމިއްލައަށް ހައްލުކުރާނެ ގޮތްތައް އުނގަންނައިދިނުމަށް ކުރިއަށްގެންދިޔަ މުހިންމު ވޯކްޝޮޕެއް ކަމަށްވެސް އެ ކުންފުނިން ވަނީ ވިދާޅުވެފައެވެ.