ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ބިލުގައި ރައީސް ފާހަގަކުރެއްވި ކަންބޮޑުވުންތައް އިސްލާހުކޮށް ކޮމިޓީން ފާސްކޮށްފި

88887
STO_Ads
TTH_Ads
Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޞްދީޤުނުކުރައްވައި އަނބުރާ ފޮނުއްވާލެއްވި އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ބިލުގައި އެމަނިކުފާނު ފާހަގަކުރެއްވި މައްސަލަތައް ޙައްލުކުރުމަށްފަހު، ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާޢީ ކޮމިޓީން އެ ބިލު އަލުން ފާސްކޮށްފިއެވެ.

މި ބިލަކީ މެއި 14، 2026 ގައި ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުން، ތަޞްދީޤުނުކުރައްވައި މެއި 31، 2026 ގައި ރައީސް އަނބުރާ މަޖިލީހަށް ފޮނުއްވާލެއްވި ބިލެކެވެ. ރައީސް މި ބިލު އަނބުރާ ފޮނުއްވާލެއްވީ ބަންޑާރަނައިބުގެ ލަފާފުޅުގެ މަތިން، ބިލުގައި ހުރި ގާނޫނީ އަދި އިޖުރާއީ ބޮޑެތި ކަންބޮޑުވުންތަކެއް ފާހަގަކުރެއްވުމަށްފަހުގައެވެ.

ސަރުކާރުން މި ބިލު ހުށަހެޅިއިރު، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ މީހުންނާއި ޖަލު ޙުކުމް ތަންފީޒުކުރަމުންދާ މީހުންނަށް ގުނަވަން ހަދިޔާނުކުރެވޭނެކަމަށް ބަޔާންކޮށްފައިވާ މާއްދާތައް މަޖިލީހުން ވަނީ އުނިކޮށްފައެވެ. ނަމަވެސް ބަންދުގައި ތިބޭ މީހުންނަކީ މިނިވަންކަން ގެއްލިފައިވާ ބަޔަކަށްވުމުން، މަޖުބޫރުކަމެއް ނެތި ފުރިހަމަ ރުހުމާއެކު ގުނަވަން ހަދިޔާކުރުމުގެ ފުރުސަތު އޮތް ބައެއް ކަމަށް ރައީސް ދެކެވަޑައިނުގަންނަވާކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ. އެފަދަ ފަރާތްތަކަށް މި ފުރުސަތު ދިނުމަކީ ގާނޫނު ތަންފީޒުކުރުމުގައި ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެދާނެ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

HajjCop_ads
Advertisement

މީގެ އިތުރުން، މީހެއްގެ ރުހުމާ ނުލައި ގުނަވަން ނެގުމުގެ ކުށަށް ކަނޑައަޅާފައިވާ އަދަބާ މެދުވެސް ރައީސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަސްލު ބިލުގައި މި ކުށުގެ އަދަބަކީ ބޮޑު ޖޫރިމަނާއަކާއެކު ޖަލަށްލުން ކަމަށް އޮތް ނަމަވެސް، މަޖިލީހުން ވަނީ އެ އަދަބަކީ އިސްލާމީ ޝަރީޢަތުގައި ކަނޑައަޅާފައިވާ ގިޞާޞް ހިފުން ނުވަތަ ދިޔަ ދިނުން ކަމަށް ބަދަލުކޮށްފައެވެ. ރައީސް ފާހަގަކުރެއްވި ގޮތުގައި އެ މާއްދާގައި ބަޔާންކުރާ އަމަލުތަކަކީ ގިޞާޞް ހިފުމުގެ ޝަރުތު ފުރިހަމަނުވެދާނެ ކަންކަމަށް ވެދާނެތީ، އަދަބު ތަންފީޒުކުރުމުގައި އުނދަގޫތަކަކާ ކުރިމަތިލާންޖެހިދާނެއެވެ.

ބިލުގައި ހުރި އިތުރު މައްސަލައެއްގެ ގޮތުގައި ފާހަގަކުރައްވާފައިވަނީ ގަވާއިދުތައް ހެދުމުގެ މުއްދަތާ ގުޅޭގޮތުން ހުރި ފުށުއެރުންތަކެވެ. ބިލު ފާސްކުރިއިރު، ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން އޯގަން ޓްރާންސްޕްލާންޓް ކައުންސިލްގެ ލަފާގެ މަތިން ގަވާއިދުތައް ހަދަންޖެހޭގޮތަށް އޮތުމަކީ އަމަލީގޮތުން ކުރެވޭނެ ކަމެއް ނޫންކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. ސަބަބަކީ އެ ކައުންސިލް ވުޖޫދުވާނީވެސް ގާނޫނަށް އަމަލުކުރަން ފެށުމުން ކަމަށްވާތީއެވެ. އިޖުތިމާޢީ ކޮމިޓީން މިހާރު ވަނީ މި ހުރިހާ މައްސަލަތަކަށް ރިއާޔަތްކޮށް، ބިލު އިސްލާހުކުރުމަށްފަހު ފާސްކޮށްފައެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
HajjCop_ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

majililis

ނޮން ރެޒިޑެންޓް ސަފީރުންގެ ގޮތުގައި 3 ބޭފުޅަކު އައްޔަންކުރަން ރުހުންދީފި

Main featured lg 202603270117371774599457.6962

އީޔޫއާއި ބެލްޖިއަމަށް ކަނޑައަޅާ ސަފީރަކަށް ދިޔާނާ އައްޔަންކުރަން މަޖިލީހަށް

Io

ސިނގިރޭޓުގެ ޑިއުޓީ ކުޑަކުރަން ހުށަހެޅި ބިލު އެމްޑީޕީ މެންބަރުންގެ ތާއީދާއެކު ފާސްކޮށްފި

majilis

ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ކުޑަކުރަން ކޮމިޓީން ފާސްކޮށްފި