ޖަރުމަން ޓީމުގެ ހެޑު ކޯޗުކަމާ ހަވާލުވުމަށް ޔާގަން ކްލޮޕް އެއްބަސްވެއްޖެއެވެ.

އޭނާ ވަނީ ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކުރުމަށް އެއްބަސްވެފައެވެ. އެއީ 2030 ވަނަ އަހަރުގެ ނިޔަލަށެވެ.

ލިވަޕޫލްގެ ކުރީގެ ކޯޗު ކްލޮޕްގެ އެންމެ ބޮޑު މަސައްކަތަކީ ދެން އަންނަ ވޯލްޑު ކަޕް ޖަރުމަނަށް ކާމިޔާބުކޮށްދިނުމެވެ. އަދި އެންމެ އަވަހަށް އޭނާ މަސައްކަތްކުރަންޖެހޭ ބޮޑު މުބާރާތަކީ 2028 ވަނަ އަހަރު އޮންނަ ޔޫރޯ ކާމިޔާބުކޮށްދިނުމެވެ. އެއީ ސްޕެއިންއާއި ޕޯޗުގަލް އަދި މޮރޮކޯ އާއި އުރުގުއޭ، އާޖެންޓީނާ އަދި ޕެރަގުއޭ ވެސް ހިއްސާވެގެން ބާއްވާ މުބާރާތެވެ.

އިޝްތިހާރު އިޝްތިހާރު

ޖަރުމަނުގެ ކޯޗުކަމުގައި ހުރި ނާގަލްސްމަން މަގާމުން ވަކިވީ ވޯލްޑް ކަޕްގެ ގަދަ 16 ގައި ޕެނަލްޓީ ޖަހައިގެން ޕެރަގުއޭ އަތުން ޖަރުމަނު ބަލިވެ މުބާރާތުން ކެޓުމުންނެވެ. މިއީ ޖަރުމަނަށް ޖެހިޖެހިގެން ވޯލްޑުޕަކް ނާކާމިޔާބީއާ ކުރިމަތިވި ތިންވަނަ ފަހަރެވެ. ކުރީގެ ކޯޗު ޔާގީ ލޯގެ ކޯޗުކަމުގެދަށުން 2014 ގެ ވޯލްޑް ކަޕް އާޖެންޓީނާ ބަލިކޮށް ޖަރުމަނުން ހޯދިއެވެ.

ޖަރުމަނުގެ އެފްއޭއިން އަމާޒު ހިފާފައިވަނީ ފުޓްބޯޅައިގެ އެންމެ ބާރުގަދަ ޤައުމުގެ ގޮތުގައި އެޤައުމު އޮތުމެވެ.