ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އަމިއްލަ ދަނޑުގައި ގްރީސް އަތުން ޖަރުމަނު ބަލިވެއްޖެ

QB6XNM4MUFP7ZFARB5CET6XKGE
TTH_Ads
Maldivian_Ads
STO_Ads
Advertisement

ޖަރުމަނުގެ ކޯޗުކަމާ ހަވާލުވި ފަހުން ޔާގަން ކްލޮޕް ފުރަތަމަ މޮޅެއް ހޯދުމަށް ކުރަމުންދާ އިންތިޒާރު، ނޭޝަންސް ލީގުގައި އަމިއްލަ ދަނޑުގައި ގްރީސް އަތުން ބަލިވުމާ ގުޅިގެން އިތުރަށް ދިގުލައިގެން ހިނގައްޖެއެވެ.

ލިވަޕޫލްގެ ކުރީގެ ކޯޗު ޖަރުމަނު ޓީމުގެ އިރުޝާދާ ހަވާލުވި ފަހުން ކުޅުނު ދެވަނަ މެޗަށް ނުކުތީ، މިދިޔަ ބުރާސްފަތި ދުވަހު ނެދަލޭންޑްސްއާ ބައްދަލުކޮށް 1-1 އިން އެއްވަރުވި މެޗަށް ފަހުއެވެ.
އޮގްސްބާގްގައި ކުޅުނު މި މެޗުން ޖަރުމަނު ބަލިވީ މެޗުގެ 74 ވަނަ މިނެޓުގައި ގްރީސްގެ މިޑްފީލްޑަރު ދިމިތުރިއޯސް ކުރުބެލިސް ކާމިޔާބުކޮށްދިން ލަނޑުންނެވެ. އޭނާ އޭރިއާ ބޭރުން ފޮނުވާލި ހަމަލާ ގޯލަށް ވަނީ ޖަރުމަނުގެ ޖޯޝުއާ ކިމިކްގެ ގައިގައި ޖެހިފައި މިސްރާބު ބަދަލުވެގެންނެވެ.

މެޗުގެ ބޮޑުބައި ޖަރުމަނުން ކޮންޓްރޯލް ކުރި ނަމަވެސް، އަދި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ފްލޯރިއަން ވާޓްޒް ކުޅެން އެރުވި ނަމަވެސް، އެ ޓީމަށް ލަނޑެއް ކާމިޔާބު ކުރެވޭ ގޮތެއް ނުވިއެވެ.
ދުނިޔޭގެ ރޭންކިންގެ 41 ވަނައިގައި އޮތް ގްރީސް އިން މީގެ ކުރިން 10 ފަހަރަކު ޖަރުމަނާ ބައްދަލުކުރިއިރު އެއްވެސް މެޗަކުން މޮޅުވެފައެއް ނުވެއެވެ. އޭގެ ތެރެއިން ހަތް މެޗުން ބަލިވެފައިވާއިރު ތިން މެޗު ނިމުނީ އެއްވަރުވެގެންނެވެ.

HajjCop_ads
Advertisement

އުމުރުން 59 އަހަރުގެ ކްލޮޕް ޖަރުމަނުގެ ކޯޗުކަމާ ހަވާލުވީ ހަތަރު އަހަރުގެ އެއްބަސްވުމެއްގެ ދަށުން މިދިޔަ ޖުލައި މަހުއެވެ. އޭނާ އެ މަގާމަށް އައީ، ވޯލްޑް ކަޕްގެ ގަދަ 32 ގެ ބުރުގައި ޕެރަގުއޭ އަތުން ބަލިވެ ޖަރުމަނު މުބާރާތުން ކެޓުމާ ގުޅިގެން އިސްތިއުފާ ދިން ޔޫލިއަން ނާގަލްސްމަންގެ ބަދަލުގައެވެ.

މި ނަތީޖާއާއެކު، މިދިޔަ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި އައިވަރީ ކޯސްޓް އަތުން މޮޅުވި ފަހުން، ޖަރުމަނުން ކުޅުނު ފަހު ހަތަރު މެޗުންވެސް އެ ޓީމަށް މޮޅެއް ލިބިފައެއް ނުވެއެވެ.

މި މޮޅާއެކު ގްރީސް ވަނީ ނޭޝަންސް ލީގުގެ ގްރޫޕް 2 ގެ އެއްވަނައަށް އަރާފައެވެ. މިދިޔަ ބުރާސްފަތި ދުވަހު ސާބިއާ އަތުންވެސް މޮޅުވެފައިވާ ގްރީސް މިހާރު އޮތީ ކުއާޓާ ފައިނަލަށް ދިއުމުގެ ފުރުސަތު ބޮޑުކޮށްފައެވެ.
ދުނިޔޭގެ ރޭންކިންގެ 12 ވަނައިގައި އޮތް ޖަރުމަނު ބަލިކުރުމަކީ، 2024 ވަނަ އަހަރު ވެމްބްލީގައި އޭރު ރޭންކިންގެ ހަތަރުވަނައިގައި އޮތް އިންގްލެންޑް ބަލިކުރި ފަހުން، ގްރީސް އިން ރޭންކިންގެ ގޮތުން ކުރީގައި އޮތް ޓީމެއްގެ މައްޗަށް ހޯދި އެންމެ ބޮޑު ކާމިޔާބީއެވެ.

 

MPL_Ads
MWSC_ads
Ads_MTCC
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
TTH_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Getty

ފަހަތުން އަރައި ސްޕޭނުން ކްރޮއޭޝިއާ ބަލިކޮށްފި

Getty

ތުރުކީ އަތުން އިޓަލީއަށް މޮޅެއް

GettyImages 2298293457

އޮލިސޭގެ ލަނޑުތަކުން ބެލްޖިއަމް އަތުން ފްރާންސް މޮޅުވެއްޖެ

Rijeka croatia anthony gordon of england celebrates scoring his teams third goal with

އިންގްލެންޑުން ކްރޮއޭޝިއާ 7-0 އިން ބަލިކޮށް، ތާރީޚީ މޮޅެއް