ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކަނާލޭގެ ޕެނަލްޓީއާއެކު ޖަރުމަނު ކަޓުވާލުމަށްފަހު ޕެރަގުއޭއިން ގަދަ 16އަށް

Images
TTH_Ads
STO_Ads
Maldivian_Ads
Advertisement

ޕެނަލްޓީ ޖަހައިގެން 4-3 އިން ޖަރުމަނު ބަލިކޮށް ޕެރެގްއޭ ވޯލްޑު ކަޕްގެ ގަދަ 16އަށް ދަތުރުކޮށްފިއެވެ.

މެޗުގެ ފުރިހަމަ ވަގުތު 1-1 ން ދެޓީމް އެއްވަރުވުުމުން ނަތީޖާ ނެރުމަށް ކުޅުނު 15 މިނިޓްގެ ދެހާފްގައިވެސް ނަތީޖާއަށް ބަދަލެއް ނައުމުން ވަނީ ޕެނަލްޓީ ޖަހާފައެވެ.

ފުރަތަމަ ހާފު ނިމެން ކައިރިވެފައިވަނިކޮށް، ޕެރަގުއޭއިން ލީޑްނަގައި ޖަރުމަނުގެ މައްޗަށް ކުރި ހޯދިއެވެ.  ޕެރަގުއޭއަށް ލީޑް ނަގައިދިނީ ހޫލިއޯ އެންސީސޯއެވެ. މެޗު ފަށައިގެން ދެވަނަ މިނިޓްގައިވެސް ރަނގަޅު ފުރުޞަތެއް ލިބުނު ޕެރަގުއޭއަށް ލިބުނެވެ., ގޯލްގެ އަރިމަތީ ދަނޑިކައިރިން ޖޫނިއާ އަލޮންސޯ އަށް ލިބުނު ފުރުޞަތު ބޭކާރުވީ ރަނގަޅަށް ބޯޅައިގައި ލައްވާނުލުމުންނެވެ. ދެވަނަ ހާފް ފަށައިގެން ފަސްވަނަ މިނިޓްގައި ޑިފެންޑަރ ކިމިޗްއަށް ހެދުނު ގޯހެއްގައި ބޮކްސް ތެރެއިން އެންސީސޯއަށް ލިބުނު ފުރުޞަތުގެ ހުރަހަކަށްވީ ކީޕަރު ނޯޔާ އެވެ.

HajjCop_ads
Advertisement

54 ވަނަ މިނިޓްގައި ޖަރމަނީއަށް ނަތީޖާ ހަމަހަމަކޮށްދިނީ ކައި ހާވަޓްޒްއެވެ. ނަތީޖާއަށް ބަދަލެއް ނައިސް 90 މިނިޓާއި، އިތުރު ވަގުތުގެ ދެ ހާފްވެސް ނިމުމުން ޖެހި ޕެނަލްޓީގައި ޖަރމަނީގެ ފެށުންވެސް ދިޔައީ ގޯސްކޮށެވެ. އޭގެ ފަހުން ޕެރަގުއޭގެ މައުރީސިއޯ ޕެނަލްޓީ ކާމިޔާބުކޮށް އެ ޓީމަށް 1-0 ގެ ކުރިއެރުމެއް ހޯދައިދިނެވެ. ނިކޯ ވޮލްޓަމޭޑް ޖެހި ހަތަރުވަނަ ޕެނަލްޓީ އާއި ޖޮނަތަން ޖެހި ހަވަނަ ޕެނަލްޓީވެސް ކާމިޔާބެއް ނުވިއެވެ. ދެޕެނަލްޓީ ކީޕަރު މަތަކުރީއެވެ. ޖޮނަތަން ޓާ ޖެހި ހަވަނަ ޕެނަލްޓީ ގޯލާ އަމާޒެއް ނުވިއެވެ. ފުރަތަމަ ފަސް ޕެނަލްޓީގެ ތެރެއިން ކޮންމެ ޓީމަކަށްވެސް ކާމިޔާބުވީ ތިން ޕެނަލްޓީއެވެ.
ޕެރަގުއޭގެ ފުރަތަމަ ތިން ޕެނަލްޓީ މައުރީސިއޯ އާއި ގުސްޓާވޯ ގޮމޭޒް އަދި މަޓިއަސް ގަލާޒާ ކާމިޔާބުކުރިއެވެ. އެކަމަކު އެންޓޯނިއޯ ސަނަބުރިއާ ޖެހި ހަތަރުވަނަ ޕެނަލްޓީ އާއި ފަބިއަން ބަލްބުއެނާ ޖެހި ޕެނަލްޓީ ކާމިޔާބު ނުވެ ހަވަނަ ޕެނަލްޓީއެއް ޖަހަން ޖެހުނެވެ. ޕެރަގުއޭގެ ހަވަނަ ޕެނަލްޓީ ހޯސޭ ކަނާލޭ ކާމިޔާބުކުރިއެވެ.

ގަދަ 16ގައި ޕެރަގުއޭ ވާދަކުރަން ޖެހޭނީ، ފްރާންސް ނުވަތަ ސްވިޑެންގެ ތެރެއިން ޓީމަކާއެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

6a892d02a3106bc5df926f9e (1)

ޕަރޭޑޭސް 10 މެޗަށް، އަޔާލާ 3 މެޗަށް ސަސްޕެންޑުކޮށް، އާޖެންޓީނާ 321،000 ޑޮލަރުން ޖޫރިމަނާކޮށްފި

172882787cb5b5fc4723e9a8ed737981

ފީފާގެ ވިޔަފާރި ކުންފުންޏަށް އިންވެސްޓްކުރަނީ ޓްރަމްގެ އާއިލާ ކުންފުންޏަކުން!

QQE6U73G7VLQFAQV6RS5CL324U

އިންފަންޓީނޯގެ ޕްލޭނަށް ތާޢީދުކުރާ ކޮންމެ ޤައުމަކަށް 40 މިލިޔަން ޑޮލަރު ދެނީ!

Screenshot 2026 07 23 at 20.05.52

ފީފާގެ ޑްރީމް ޓީމުގައި އެމްބާޕޭ، މެސީ، ރޮޑްރީ، އަދި ކާބޯވޭޑޭގެ ކީޕަރު