ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޓުގެދަރ ފޯރ ސޭފް ޓޫރިޒަމް، ގެ ނަމުގައި ހޭލުންތެރިކުރުވުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފި

STO_Ads
Maldivian_Ads
TTH_Ads
Advertisement

އއ. ހިމަންދޫގައި “ޓުގެދަރ ފޯރ ސޭފް ޓޫރިޒަމް” ގެ ނަމުގައި ހޭލުންތެރިކުރުވުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ. މި ހަރަކާތަކީ ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ރަށުގެ ސަގާފަތަށް އިހުތިރާމުކުރުން އިތުރުކުރުމުގެ މަގުސަދުގައި ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.

މި ޖުލައި މަހުގެ 9 ވަނަ ދުވަހު ހިމަންދޫ ޕޮލިސްގެ ފަރާތުން ކުރިއަށް ގެންދިޔަ މި ހަރަކާތުގައި، އެ ރަށުގައި ހިންގާ ގެސްޓު ހައުސްތަކަށާއި އެކްސްކާޝަން ސެންޓަރުތަކަށް ފުލުހުން ވަނީ ޒިޔާރަތްކޮށްފައެވެ. މި ޒިޔާރަތްތަކުގައި ފަތުރުވެރިކަމުގެ ދާއިރާއާ ގުޅުންހުރި ސަލާމަތީ ކަންކަމާއި، ރަށުގެ އިޖުތިމާއީ މިންގަނޑުތަކަށް ހޭލުންތެރިކުރުވުމުގެ މައުލޫމާތު ވަނީ ހިއްސާކޮށްފައެވެ.

މި ހަރަކާތުގައި، މައިގަނޑު ގޮތެއްގައި އަލިއަޅުވައިލާފައިވަނީ ރަށަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށެވެ. އެގޮތުން، ފަތުރުވެރިން ރަށުތެރޭގައި އުޅޭއިރު ހެދުން އެޅުމުގައި ސަމާލުކަން ދޭންޖެހޭ ކަންކަމާއި، ފަތުރުވެރިން އެކަނި މޫދަށްދާ ހާލަތްތަކުގައި އެކަން ގާތުން ބެލެހެއްޓުމުގެ މުހިންމުކަން ފާހަގަކޮށް މައުލޫމާތު ދީފައިވެއެވެ.

HajjCop_ads
Advertisement

އޭގެ އިތުރުން، އެކްސްކާޝަންތަކަށް ފަތުރުވެރިން ގޮވައިގެންދާއިރު ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރުމަށާއި، ހާއްސަކޮށް މޫސުން ގޯސްވާ ދުވަސްވަރު އަމަލުކުރަންޖެހޭ އުސޫލުތަކަށް ސަމާލުވުމަށް ވަނީ އިރުޝާދުދީފައެވެ. އަދި ޑައިވިންގ ފަދަ ހަރަކާތްތައް ހިންގުމުގައި ކަނޑައެޅިފައިވާ ގަވާއިދުތަކުގެ ތެރެއިން އަމަލުކުރުމަށާއި، ފަތުރުވެރިން ރަށުތެރޭގައި އުޅޭއިރު ހިފަހައްޓަންޖެހޭ އުސޫލުތައް އެ ފަރާތްތަކަށް ރަނގަޅަށް ބުނެދިނުމަށް ވެސް ފުލުހުން ވަނީ އެދިފައެވެ.

އަދި ފަތުރުވެރިން ޗެކިންގވާ ވަގުތު ދެވޭ ބްރީފިންތަކުގައި މި ހުރިހާ މައުލޫމާތެއް ހިމަނައި، ފުރިހަމަ މައުލޫމާތު ފަތުރުވެރިންނަށް ފޯރުކޮށްދިނުމަށް ގެސްޓު ހައުސްތަކުގެ ވެރިންނަށް ލަފާދީފައިވެއެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Police 12 Sept

ރަސްމީ ފާލަން ހިމެނޭ ސަރަހައްދުން އުޅަނދުތައް ނަގަން އަންގައިފި

ބަނގުރާ ގެންގުޅެ، ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހުޅުމާލެ ފޭސް 1އިން ދެ މީހުން ހައްޔަރުކޮށްފި

ކޮލެޖު އޮފް ޕޮލިސިންގެ 2 ކޯހަކުން 54 ފުލުހުން ދަސްވެނިވެއްޖެ

ސައިބަރ ޑްރިލްއާއި، ސައިބަރ ކްރައިސިސް ޕްރޮގްރާމް ކުރިއަށް ގެންގޮސްފި