ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޤުރްއާނަކީ ނަފުސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމުގެ އަޞްލު: ޚުޠުބާ

mosque , miskih, khuthuba
TTH_Ads
STO_Ads
Advertisement

ކީރިތި ޤުރްއާނަކީ އިންސާނާގެ ނަފުސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމުގެ އަޞްލުކަމާއި، އެއީ ހިތްތަކަށް ޝިފާއެއްކަން މިއަދުގެ ހުކުރު ޚުޠުބާގައި ބަޔާންކޮށްފިއެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ މިސްކިތްތަކުގައި މިއަދު އިއްވި ޚުޠުބާ ޚާއްޞަކޮށްފައިވަނީ ކީރިތި ޤުރްއާނުގެ މާތްކަމާއި އެ ފޮތުން އިންސާނާގެ ދިރިއުޅުމަށް ލިބޭ ބަރަކާތުގެ މައްޗަށެވެ.

މިއަދުގެ ޚުޠުބާގައި ބުނީ، ކީރިތި ޤުރްއާން ތިލާވަތުކޮށް، އެ ފޮތުގެ އާޔަތްތަކުގެ މާނައާ މެދު ވިސްނައި ފިކުރުކުރާ މީހުންގެ ވަށައިގެން މަލާއިކަތްބޭކަލުން ޙާޟިރުވެވަޑައިގަންނަވާނެ ކަމަށެވެ. އަދި އެބައިމީހުންނަށްޓަކައި ހެޔޮ ދުޢާކުރައްވައި، ޝައިޠާނާގެ ވަސްވާސްތަކުން ރައްކާތެރިކޮށްދެއްވުމުގެ އިތުރުން، މާތް ﷲގެ ރަޙުމަތާއި ފާފަފުއްސެވުމުގެ ހިޔާވަހިކަން އެބައިމީހުންނަށް ލިބޭނެކަމަށް ޚުޠުބާގައި ބުންޏެވެ.

HajjCop_ads
Advertisement

މިކަމުގެ ހެއްކެއްގެ ގޮތުން ކީރިތި ރަސޫލާ ﷺ ގެ ޙަދީޘްފުޅެއް ޚުޠުބާގައި ހަނދާންކޮށްދިނެވެ. އެ ޙަދީޘްފުޅުގެ މާނައިގައިވަނީ، މާތް ﷲގެ ގެކޮޅެއްގައި ބަޔަކު އެއްވެ ޤުރްއާން ކިޔަވައި އުނގެނޭނަމަ، އެބައިމީހުންގެ މައްޗަށް ހިތްހަމަޖެހުމާއި މަޑުމޮޅިކަން ފައިބާނެ ކަމަށާއި، މަލާއިކަތުން އެބައިމީހުން ވަށައިލައްވާނެ ކަމަށެވެ.

ޚުޠުބާގައި އިތުރަށް ބަޔާންކުރި ގޮތުގައި، ޤުރްއާން ތިލާވަތުކުރުމަކީ ހަށިގަނޑަށާއި ރޫޙަށް ހެޔޮ ބަދަލުތަކެއް ގެނުވައިދޭ ކަމެކެވެ. އިމާމް އިބުނުލް ޤައްޔިމްގެ ބަސްފުޅަކާ ހަވާލާދީ ޚުޠުބާގައި ބުނީ، އިންސާނާގެ ހަށިގަނޑަށް ލިބޭ ބާރަކީ ހިތުގެ ވަރުގަދަކަމާ ގުޅިފައިވާ ކަމެއް ކަމަށެވެ. އަދި ޤުރްއާނަކީ ޛިކުރުތަކުގެ އަޞްލު ކަމަށްވާތީ، އެކަމުގެ ސަބަބުން ކުރިން އުނދަގޫވާނެ ކަމަށް ހީވި ކަންކަން ވެސް ފަސޭހަކަމާއެކު ފުރިހަމަކުރުމުގެ ތައުފީޤު ލިބޭނެއެވެ.

މީގެ އިތުރުން، ޤުރްއާން ކިޔެވުމުގައި ކުޅަދާނަ މީހުންނާއި، އުނދަގުލާއެކު ކިޔަވާ މީހުންނަށް ވެސް މަތިވެރި ދަރުމަ ހުރިކަން ޚުޠުބާގައި ފާހަގަކުރިއެވެ. ރަސޫލާ ﷺ ޙަދީޘްކުރައްވާފައިވާ ގޮތުގައި، އުނދަގުލާއެކު އަޅައަޅައިގަނެގެން ޤުރްއާން ކިޔަވާ މީހާއަށް ދެ ދަރުމަ ލިބިގެންވެއެވެ.

ހުރިހާ މުސްލިމުންވެސް މާތް ﷲގެ ފޮތަށް ތަޤުވާވެރިވެ، އެ ފޮތުގައި ހިފެހެއްޓުމަށް ހުތުބާގައި ނަސޭހަތްތެރިވެފައިވާއިރު، ހުރިހާ ހެޔޮކަމެއް ވަނީ އެ ފޮތް މަތިވެރިކުރުމުގައި ކަމަށާއި، ހުރިހާ ނުބައިކަމެއް ވަނީ އެ ފޮތް ދޫކޮށްލުމުގައި ކަމަށް ޚުޠުބާގައި ހަނދާންކޮށްފަވެއެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
STO_Ads
HajjCop_ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

hukuru khuthuba

މުޖުތަމަޢުގައި ފެތުރިފައިވާ ކޮރަޕްޝަނުގެ އެންމެ ނުރައްކާތެރި އެއް ބާވަތަކީ ރިޝްވަތު: ޚުޠުބާ

hukuru namaadu

އެންމެ ބޮޑަށް ސަމާލުވެ، ރައްކާތެރިވާންޖެހިފައިވާ އެއް އަމާނާތަކީ، ދައުލަތާއި ރައްޔިތުންގެ މުދަލާއި ފައިސާ: ޚުޠުބާ

hukuru namaadu

މާތް ﷲއަށް އީމާންވެ، އެކަލާނގެއަށް ކިޔަމަންތެރިވާ ބަޔަކަށްވެއްޖެ ނަމަ، ތަނަވަސްކަމާއި ފުދުންތެރިކަން ދެއްވާނެ: ޚުޠުބާ

hukuru khuthuba

ޢީދުގެ އުފާ ފާޅުކުރުމުގައި އިސްލާމީ އުޞޫލުތަކުގައި ހިފަހައްޓަންވާނެ: ޚުޠުބާ