ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހިމަބިހީގެ ނުރައްކާ އެންމެ ބޮޑީ 15 އަހަރާއި 35 އަހަރު ދެމެދު އުމުރުފާގެ މީހުންނަށް: ޑރ. ފައިސަލް

ހިމަބިހިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ފަށާފައިވާ ވެކްސިން ދިނުމުގެ މަސައްކަތް ކުރިއަށްދަނީ
TTH_Ads
STO_Ads
Advertisement

އައިޖީއެމްއެޗްގެ ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރެއްކަމުގައިވާ، ޑރ. އަޙްމަދު ފައިސަލް ވިދާޅުވީ ރާއްޖެއަށް ހިމަބިހި ފެތުރުމުގެ ނުރައްކާ ބޮޑުވަނީ، ހިމަބިހީގެ ވެކްސިން 2 ޑޯޒް ފުރިހަމަ ނުކުރާ ފަރާތްތަކަށްކަން ފާހަގަކުރައްވައި ވެކްސިން ޖެހުމަށް ބާރުއަޅުވާފައެވެ. ހިމަބިހީގެ ނުރައްކާ އެންމެ ބޮޑީ 15 އަހަރާއި 35 އަހަރު ދެމެދު އުމުރުފާގެ މީހުންނަށް ކަމަށް ޑރ. ފައިސަލް ވިދާޅުވިއެވެ.

ހިމަބިހިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ފަށާފައިވާ ވެކްސިން ދިނުމުގެ މަސައްކަތުގެ ދަށުން މިހާތަނަށް 4400 އަށްވުރެ ގިނަ މީހުން ވެކްސިން ޖަހައިފިއެވެ.

މިއަހަރުގެ މޭ މަހުން ފެށިގެން މީސަލްސް ނުވތަ ހިމަބިހީގެ އައުޓްބްރޭކެއް ރާއްޖޭގައި ފާހަގަކުރެވިފައިވާއިރު، މިހާތަނަށް މިބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދުވަނީ 72 އަށް އަރާފައެވެ.

HajjCop_ads
Advertisement

ހިމަބިހި ފެތުރުން ކޮންޓްރޯލްކުރުމަށް އެމްއެންޔޫން އިސްނަގައިގެން އާދީއްތަ ދުވަހު ފެށި “މީސަލްސް އައުޓްބްރޭކް ރެސްޕޮންސް އިމިއުނައިޒޭޝަން ޕްރޮގްރާމް” އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޞިއްޙީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ރަފީޤު ޙަސަން ވިދާޅުވީ ހިމަބިހިން ރައްކާތެރިވުމަށް ޤައުމީ ވެކްސިން ޖެހުމުގެ ޕްރޮގްރާމެއް ފަށާފައިވާއިރު ވެކްސިންގެ 2 ޑޯޒް ޖެހުމަކީ ބަލިން ރައްކާތެރިވުމަށް އެޅޭނެ މުހިންމު ފިޔަވަޅެއްކަމަށެވެ. އަދި 2 ޑޯޒް ޖަހާފައިވާކަން ކަށަވަރުނުވާނަމަ އިތުރު ޑޯޒެއް ޖެހުމަކީ މުހިންމު ކަމެއްކަން ސްޓޭޓް މިނިސްޓަރ ފާހަގަކުރެއްވިއެވެ. މި ވެކްސިން ޕްރޮގްރާމުގެ ތެރެއިން މިހާތަނަށް ގިނ އަދަދެއްގެ ބަޔަކު ވެކްސިން ޖަހާފައިވާކަމަށް ސްޓޭޓް މިނިސްޓަރ މުޙައްމަދު ރަފީޤު ޙަސަން ވިދާޅުވިއެވެ.

“ހިމަބިހީގެ އައުޓްބްރޭކް ފެށުމާއެކު އެޗްޕީއޭއިން ވަނީ އެހެނިހެން މުވައްސަސާތަކާއި ގިޅިގެން މި ބަލި ކޮންޓްރޯލްކުރުމަށް ވަރަށް ގިނަ މަސައްކަތް ތަކެއް ކުރަން ފަށާފަ އެގޮތުން އައުޓްބރޭކް ރެސްޕޮންސް އިމިޔުނައޒޭޝަން ޕްރޮގްރާމްގެ ދަށުން 4468 މީހުންވަނީ ވެކްސިން ޖަހާފަ. މީގެ ތެރޭގައި ކޮންޓެކްޓުންނާއި ސިއްޙީ ޚިދުމަތްތެރިން ހިމެނޭ” ރަފީޤު

ހިމަބިހީގެ ވެކްސިންއަށް ޤައުމީ ވެކްސިން ތާވަލުގެ ތެރެއިންދޭ އެމްއާރް ވެކްސިން އަދި އެމްއާރްއައިގެ 2 ޑޯޒު އަންނަނީ ދެމުންނެވެ. ވެކްސިން ޑޯސޭޖް ޞިއްޙީ ޚިދުމަތް މާލޭގެ ހޮސްޕިޓަލްތަކާއި އަތޮޅުތަކުގެ އެކި މަރުކަޒުތަކުން ފޯރުކޮށްދޭން ފަށާފައިވާކަމަށް އެޗްޕީއޭއިން ވިދާޅުވިއެވެ.

މާލޭގައި އެމްއާރު ވެކްސިންދޭ މަރުކަޒުތައް:
1. އާރބަން ޕްރައިމަރީ ހެލްތު ކެއަރ ސެންޓަރ
2. ހުޅުމާލެ ހޮސްޕިޓަލް
3. ސެނަހިޔާ މިލިޓަރީ ހޮސްޕިޓަލް
4. ވިލިމާލެ ހޮސްޕިޓަލް
5. އޭޑީކޭ ހޮސްޕިޓަލް
6. ޓްރީޓޮޕް ހޮސްޕިޓަލް

މިއިން ކޮންމެ ތަނަކުންވެސް ކަނޑައެޅިފައިވާ ދުވަސްތަކާއި ގަޑިތަކުގެ ވެކްސިން ދިނުމުގެ ޚިދުމަތް ފޯރުކޮށްދޭނެ ކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. އަތޮޅުތަކުގައި ޚިދުމަތްދޭ ދުވަސްތަކާއި ގަޑިތައް އިއުލާން ކުރާނީ އެ އަތޮޅެއްގެ މަރުކަޒަކުން ކަމަށް އެޗްޕީއޭއިން ވިދާޅުވިއެވެ.

ހިމަބިހި ނުވަތަ މީސަލްސްއަކީ އެންމެ ފަސޭހައިން ފެތުރޭ ގައިގަޔަށް އަރާ އެއް ބާވަތުގެ ބައްޔެވެ. ހިމަބިހި ޖެހިފައިވާ މީހަކު ކެއްސުމާއި ކިނބިހި އެޅުމުގެ ސަބަބުން ވައިގެ ތެރޭގައި މި ވައިރަސް 2 ގަޑިއިރު ހުރެއެވެ.

ހިމަބިއްސަކީ ރާއްޖެއިން 2017ވަނަ އަހަރު އެއްކޮށް ނައްތާލެވިފައިވާ ބައްޔެކެވެ. އެހެންނަމަވެސް މިވޭތުވެދިޔަ 9 އަހަރުގެ ތެރޭގައި އެކި ދުވަސްވަރު ހިމަބިހީގެ ކޭސްތަކެއް ރާއްޖެއިންވަނީ ފެނިފައެވެ. އެއާއެކު ބޮޑު ސަމާލުކަމެއް ދީގެން ބަލި އިތުރަށް ފެތުރުނުނަ ނުދިނުމަށް އެޗްޕީއޭއިންވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
HajjCop_ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Igmh

18 އަހަރުން ދަށުގެ ކުދިންނަށް އެމްއާރް ވެކްސިން ދިނުމުގެ ޕްރޮގްރާމެއް ފަށައިފި

އަނެއްކާވެސް ހިމަބިހީގެ އިތުރު ފަސް ކޭސް

hulhumale hospital

ޙައްޖު ފްލޫ ކްލިނިކްގެ ހިދުމަތް ދޭ ވަގުތު އިތުރުކޮށްފި

Igmh

ސަމާލު: ހިމަބިހި ޖެހުނު މީހުންގެ އަދަދު 15 އަށް