ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އޭދަފުށީ ބަނދަރުގެ 54 އިންސައްތަ މަސައްކަތް ނިންމާލައިފި

TTH_Ads
STO_Ads
Maldivian_Ads
Advertisement

ބ. އޭދަފުށި ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫއުގެ 54 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓު އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އިން ބުނެފިއެވެ.

އެމްޓީސީސީން މައުލޫމާތު ދިން ގޮތުގައި އޭދަފުށީ ބަނދަރުގެ މިހާރު ކުރިއަށް ދަނީ ކެޕިން ކޮންކްރީޓްގެ މަސައްކަތްތަކެވެ.

އޭދަފުށީ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތުގެ ތެރެއިން – ފޮޓޯ: އެމްޓީސީސީ

މި މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކަކީ:

HajjCop_ads
Advertisement

  • 28,304 ކިއުބިކް މީޓަރުގެ ސަރަހައްދެއް ފުންކުރުން
  • ފަޅު އަލުން ފުންކުރުމާއި 3354 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުން
  • 402 މީޓަރުގެ އެއްގަމުތޮށި ލުން
  • 170 މީޓަރު ސަރަހައްދެއްގައި ބޭރުތޮށި ޖެހުން
  • 383 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުން
  • 1814 އަކަ މީޓަރުގެ ޕޭވްމަންޓް ހެދުން
  • 11 މީޓަރު ދިގު، 11 މީޓަރު ފުޅާ ރޭމްޕަކާއި 18 މީޓަރު ފުޅާ ފާލަމެއް ހެދުން

މީގެ އިތުރުން ބަނދަރު ބައްތި އަދި މޫރިން ނިޒާމު ޤާއިމުކުރުން ހިމެނެއެވެ. އެމްޓީސީސީން ބުނީ، މި މަޝްރޫޢަކީ ސަރުކާރުން 64.67 މިލިޔަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢެއް ކަމަށެވެ.

އަތޮޅުގެ ވިޔަފާރީގެ މައިހަބެއްގެ ގޮތުގައި އޮންނަ އޭދަފުށީ ބަނދަރަކީ އަތޮޅުގެ އެހެން ރަށްރަށުން އެތައް އުޅަނދެއް ވަދެ ނުކުމެ ހަދާ ބަނދަރަކަށްވުމުން އެރަށުގެ ބަނދަރަކީ ތޮއްޖެހުން ބޮޑުބަނދަރެކެވެ. އެހެންކަމަނުން އޭދަފުށި ބަނދަރު އަޕްގްރޭޑްކޮށް ނިމުމުން، އެރަށުގެ ރައްޔިތުންނަށާއި، އެހެން ރަށްރަށުގެ އޭދަފުށީ ބަނދަރު ބޭނުންކުރާ ފަރާތްތަކަށް ލުޔެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ގަބޫލުކުރެއެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

މޮޅަދޫ އައުޓްޑޯ ވޮލީ ކޯޓުގެ އިލެކްޓްރިކަލް ވަޔަރިންގެ މަސައްކަތް ކުރިއަށްދަނީ

ގަމު ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ 87 އިންސައްތަ މަސައްކަތް ނިމިއްޖެ

WhatsApp Image 2026 09 07 at 17.51.12

އޮމަދޫ ބަނދަރު ތަރައްޤީކުރުމުގެ %51 މަސައްކަތް ނިމިއްޖެ

HRm9exUbYAACcj

އަމީނީ މަގުގެ ސެގްމެންޓު 1ގައި މި ހަފްތާގައި ތާރުއަޅަން ފަށަނީ