ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިންޑިއާއިން ރާއްޖެއަށް އެތެރެކުރާ ތެލުން ނަގާ ޑިއުޓީ ކަނޑާލައިފި

Screenshot 2026 03 15
TTH_Ads
STO_Ads
Maldivian_Ads
Advertisement

އިންޑިއާއިން ރާއްޖެއަށް އެތެރެކުރާ ތެލުގެ ބާވަތްތަކުން ނަގަމުންދިޔަ ޑިއުޓީ ކަނޑާލުމަށް އިންޑިއާ ސަރުކާރުން ނިންމައި، އެކަން އެ ޤައުމުގެ ގެޒެޓުގައި ޝާއިޢުކޮށްފިއެވެ. އިންޑިއާއިން ކަނޑާލަން ނިންމާފައިވަނީ ‘ސްޕެޝަލް އެޑިޝަނަލް އެކްސައިޒް ޑިއުޓީ’ އާއި ‘ރޯޑް އެންޑް އިންފްރާސްޓްރަކްޗަރ ސެސް’އެވެ.

ރާއްޖެއިން އާންމުކޮށް ތެލުގެ ބާވަތްތައް އެތެރެކުރަނީ މެދުއިރުމަތީގެ ޤައުމުތަކުންނެވެ. އެހެންނަމަވެސް، ޚުރުމޫޒް ކަނޑުއޮޅީގައި ކުރަމުންދާ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ހަކަތައިގެ ސިނާޢަތަށް ބުރުއަރާފައިވާ މި ދަނޑިވަޅުގައި، ރާއްޖެއިން ވަނީ އިންޑިއާއިން ތެޔޮގަތުމާ ގުޅޭގޮތުން މަޝްވަރާކޮށްފައެވެ. ރަސްމީކޮށް ސަރުކާރުން އަދި މިކަމުގައި ވަކި އެއްޗެއް ހާމަނުކުރި ނަމަވެސް، އިންޑިއާގެ ޑިއުޓީއާ ގުޅޭ ޤާނޫނަށް ގެނައި އިސްލާޙާއެކު، މި ލުއިތައް ލިބޭ ޤައުމުތަކުގެ ތެރޭގައި މިހާރު ރާއްޖެ ވަނީ ހިމަނާފައެވެ.

އިންޑިއާއިން މީގެކުރިން މިފަދަ ޑިއުޓީގެ ލުއިތައް ދެމުންދިޔައީ ސްރީލަންކާ، ބޫޓާން، ނޭޕާލް އަދި ބަންގްލަދޭޝް އަށެވެ. މިހާރު ރާއްޖެއަށް އެންމެ ގިނައިން ތެޔޮ އެތެރެކުރާ ޤައުމުތަކުގެ ތެރޭގައި ހިމެނެނީ އޮމާން، ސިންގަޕޫރު، މެލޭޝިއާ އަދި ޔޫއޭއީއެވެ.

HajjCop_ads
Advertisement

 

Ads_MTCC
MWSC_ads
MPL_Ads
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ތިމާވެށީގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް އިންޑިއާއާއެކު މަޝްވަރާކޮށްފި

Saeed

އައްޑޫގައި އިންޑިއާ ކޮންސިއުލޭޓެއް ގާއިމުކުރާ ކަމަށް ފަތުރާ ޚަބަރު ފޮރިން މިނިސްޓްރީން ދޮގުކޮށްފި

Ew

ތިލަމާލެ ބުރިޖު މަޝްރޫއުގެ ސްޕީޑާމެދު އިންޑިއާއިންވެސް ހިތްހަމަނުޖެހޭ ކަމަށް ސަފީރު ވިދާޅުވެއްޖެ

Big kFL03BBZTD9jpNxqDIgnyKnvO

ރާއްޖެއާއި އިންޑިއާއަކީ ޒަމާންވީ ރަޙުމަތްތެރިކަން ދަމަހައްޓަމުންދާ ދެ ޤައުމު: ނައިބު ރައީސް