ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސިނގިރޭޓުގެ ޑިއުޓީ ކުޑަކުރަން ހުށަހެޅި ބިލު އެމްޑީޕީ މެންބަރުންގެ ތާއީދާއެކު ފާސްކޮށްފި

Io
Maldivian_Ads
TTH_Ads
STO_Ads
Advertisement

ސިނގިރޭޓާއި ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ކުޑަކުރުމަށް ސަރުކާރުން މަޖިލީހަށް ހުށަހެޅި އިސްލާހު، އިދިކޮޅު އެމްޑީޕީގެ 7 މެންބަރުންގެ ވޯޓާއެކު މިއަދު ފާސްކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް ހުށަހެޅުއްވި މި އިސްލާހު މަޖިލީހުގެ ތަޅުމުން ފާސްކުރީ 68 މެންބަރުންގެ ވޯޓުންނެވެ. މި ބިލު ދިރާސާކުރި މުޅި މަޖިލީހުގެ ކޮމިޓީގައި ބައިވެރިވި 69 މެންބަރުން ވެސް ވަނީ ބިލު ފާސްކުރަން ތާއީދުކޮށްފައެވެ.

ސަރުކާރުން ހުށަހެޅި މި ބިލަށް އިދިކޮޅު އެމްޑީޕީގެ ހަތް މެންބަރަކު ވަނީ ވޯޓު ދެއްވާފައެވެ. އޭގެ ތެރޭގައި ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދާއި، ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާއާއި، ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދާއި، ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް ހިމެނިވަޑައިގަންނަވައެވެ. މީގެ އިތުރުން ކެޔޮދޫ ދާއިރާގެ މެންބަރު މުހައްމަދު ނިއުޝާދާއި، މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ސޯދިގު ވެސް ވަނީ ބިލު ފާސްކުރަން ވޯޓު ދެއްވާފައެވެ.

HajjCop_ads
Advertisement

އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް ގެނައި މި އިސްލާހުގެ ދަށުން ސިނގިރޭޓާއި ބިޑީގެ އިތުރުން ރޯކުރުމަކާނުލައި ހޫނުކޮށްގެން ބޭނުންކުރާ ދުންފަތުގެ އުފެއްދުންތަކުން ނަގާ ޑިއުޓީ ވަނީ 4 ރުފިޔާއަށް ކުޑަކޮށްފައެވެ. އަދި އޭގެ އެޑްވެލޮރަމް ޑިއުޓީގެ ގޮތުގައި ނަގާ އަދަދު 30 އިންސައްތައިގައި ހަމަޖައްސަން ވަނީ ނިންމާފައެވެ. މީގެ އިތުރުން ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމަށް ބޭނުންކުރާ ނިކޮޓިން ޗުއިންގަމާއި ޕެޗު ފަދަ ތަކެތިން ނަގާ ޑިއުޓީ ވަނީ އެއްކޮށް ކަނޑާލާފައެވެ.

ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި ރާއްޖެ އެތެރެކުރާ ސިނގިރޭޓުން ނަގާ ޑިއުޓީ 50 އިންސައްތަ ކުޑަކުރަން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ ލަފާދީފައެވެ. އެންމެ ފަހުން 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހު ސިނގިރޭޓުގެ ޑިއުޓީ ވަނީ 3.30 ރުފިޔާއިން 8 ރުފިޔާއަށް ބޮޑުކޮށްފައެވެ. އެހެންކަމުން މިހާރު މި ގެނައި އިސްލާހާއެކު 8 ރުފިޔާއިން 4 ރުފިޔާއަށް ޑިއުޓީ ކުޑަވުމަކީ 50 އިންސައްތައިގެ ދަށްވުމެކެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

HQtyYKka8AATohI

ޤައުމުތަކުގެ ސުލްހައާއި ހަމަޖެހުމަށް ޤާނޫނު ހަދާ މަޖިލިސްތަކުގެ ދައުރު މުހިންމު: މަޖިލީހުގެ ރައީސް

ރާއްޖެ އާއި އޮސްޓްރޭލިއާގެ ގުޅުން އިތުރަށް ބަދަހިކުރަން މަޝްވަރާކޮށްފި

mira

ޓެކުހާ ގުޅޭ ކުށާއި އަދަބުތަކަށް ހުށަހެޅި އިސްލާހުތައް ފާސްކޮށްފި

masverin

މަސްވެރިކަމުގެ ޤާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހުތައް މަޖިލީހުން ފާސްކޮށްފި