ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބީއެމްއެލް ކާޑު ލިމިޓަށް ލުއިތަކެއް ގެނެސްދޭނަން: ރައީސް

463681 3513c2ee 2
TTH_Ads
STO_Ads
Maldivian_Ads
Advertisement

ރުފިޔާ ކާޑު މެދުވެރިކޮށް ބޭރުގެ އޮންލައިން މުއާމަލާތްތަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދާދި ފަހުން އަޅާފައިވާ ލިމިޓްތަކަށް ލުއި ގެނެސްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ މި ލުއިތަކުގެ ވަކި ތަފްސީލުތައް މި ހަފްތާގެ ފަހުކޮޅު ނުވަތަ އަންނަ ހަފްތާގެ ކުރީކޮޅު ބީއެމްއެލް އިން ރަސްމީކޮށް އިއުލާން ކުރާނެ ކަމަށެވެ.
ރައީސް ވަނީ މި ސަރުކާރުގެ ވެރިކަމުގައި ވަރަށް ގިނަ ބޭރުގެ ވިޔަފާރިތައް އާންމުން ކުރަމުންދާކަން ފާހަގަކުރައްވާފައެވެ.

އީ-ކޮމާސް މުއާމަލާތްތަކަށް މިހާރު ކަނޑައަޅާފައިވާ ލިމިޓްތަކަށް ހެޔޮ ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަކަން ބީއެމްއެލްއިން މީގެ ކުރިން ވަނީ ފާހަގަކޮށްފައެވެ. އަދި މި ލުއިތަކުގެ ފައިދާ މި މަސް ނިމުމުގެ ކުރިން ކަސްޓަމަރުންނަށް ތަޖުރިބާ ކުރެވޭނެ ކަމަށް ވެސް ބޭންކުން ވަނީ ބުނެފަ އެވެ.

HajjCop_ads
Advertisement

މިދިޔަ މަހުން ފެށިގެން ބީއެމްއެލް އިން ވަނީ ބޭރުގެ އީ-ކޮމާސް އާއި ދިވެހި ރުފިޔާ ކާޑު ބޭނުންކޮށްގެން ކުރާ އޮންލައިން މުއާމަލާތްތަބަދަލުތަކެއް ތަންފީޒުކޮށްފަ އެވެ. މި ގަވާއިދުގެ ދަށުން ބައިނަލްއަގްވާމީ އީ-ކޮމާސް ވެބްސައިޓްތަކުގައި ކަސްޓަމަރަކަށް ކުރެވޭނެ މުއާމަލާތްތަކުގެ ޖުމްލަ އަދަދު މަހަކު 30 މުއާމަލާތަށް ކަނޑައެޅިފައިވެ އެވެ.

ބީއެމްއެލް އިން މިހާރު އަމަލުކުރަމުންދާ ސިޔާސަތުގެ ދަށުން ރާއްޖެއިން ބޭރުގައި ޕޮއިންޓް އޮފް ސޭލް (ޕީއޯއެސް) ޓާމިނަލް މެދުވެރިކޮށް މަހަކު 1،000 ޑޮލަރާއި ހަމައަށް މުއާމަލާތް ކުރުމުގެ ހުއްދަ ލިބެ އެވެ. މީގެ އިތުރުން ބޭސްފަރުވާއާއި ތައުލީމާއި އެއާލައިން ޓިކެޓް ގަތުމާއި ހޮޓަލް ބުކިން ފަދަ ޒަރޫރީ ވަކި ހަރަދުތަކަށް މަހަކު 3،000 ޑޮލަރުގެ ލިމިޓެއް ކަނޑައަޅާފައިވެ އެވެ

MWSC_ads
Ads_MTCC
MPL_Ads
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ލޯނުތައް އިސްލާމިކް ފައިނޭންސިން ފެސިލިޓީއަށް ބަދަލުކުރުމަށް ޚާއްސަ އޯޕަން ޑޭއެއް ބާއްވަނީ

bml

ކަސްޓަމަރުންނަށް ކޮންމެ މަހަކު 81 މިލިޔަން ޑޮލަރު ވިއްކާފައިވޭ: ބީއެމްއެލް

bml

އާންމު ފަރުދުން އަލަށް ހުޅުވާ އެކައުންޓްތަކާއި ލޯނުތައް އިސްލާމިކް ބޭންކިންގ އުސޫލުން ފޯރުކޮށްދިނުމަށް ބީއެމްއެލް އިން ނިންމައިފި

Bml

ރާއްޖޭން ބޭރުގެ އޭޓީއެމްތަކުން ފައިސާ ނަގާއިރު ނަގާ ކްރޮސް ބޯޑަރ ފީ ބީއެމްއެލުން ކަނޑާލައިފި