ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މާލެ ސަރަޙައްދުގައި ހުކުރުކުރާ ޒުވާން ޚަޠީބުންނާ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މަޝްވަރާކޮށްފި

Io
Maldivian_Ads
STO_Ads
TTH_Ads
Advertisement

ޒުވާން ޚަޠީބުންގެ ޢިލްމީ ފެންވަރު މަތިކޮށް، ދީނީ ދާއިރާއިން ކުރިއަށް ދިއުމަށް ހުރި ފުރުޞަތުތަކާ ގުޅޭގޮތުން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މާލެ ސަރަޙައްދުގައި ހުކުރުކުރާ ޒުވާން ޚަޠީބުންނާ މުހިންމު މަޝްވަރާތަކެއް ބާއްވައިފިއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑޮކްޓަރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ބައިވެރިވެވަޑައިގެންނެވި މި ބައްދަލުވުމުގައި، ކުރިއަށް އޮތް ޒުވާން ޚަޠީބުންގެ ޤައުމީ ކޮންފަރެންސާ ގުޅޭގޮތުންނާއި، ދީނީ ޢިލްމުގެ ދާއިރާއިން ޒުވާނުން ބިނާކުރުމަށް ގެންގުޅޭ ހަރުދަނާ ސިޔާސަތުތަކާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ. މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގައި އިސްލާމީ ކަންކަމުގައި އިސްނަގާނެ ފަރާތްތައް ވަރުގަދަކޮށް، މުސްތަޤުބަލުގައި ދީނީ ޢިލްމުވެރިންގެ ގޮތުގައި މަސައްކަތްކުރާނެ ޒުވާން ޖީލެއް ބިނާކުރުމެވެ.

މި މަޝްވަރާތަކުގައި އެންމެ މުހިންމު ކަމެއްގެ ގޮތުގައި ފާހަގަކުރެވުނީ، އިސްލާމީ ޢިލްމުގެ ދާއިރާއިން މަތީ ތަޢުލީމު ހާސިލުކުރަން ބޭނުންވާ ޒުވާން ޚަޠީބުންނަށް ޚާއްޞަ ތަޢުލީމީ ފުރުޞަތުތައް ފަހިކޮށްދިނުމެވެ. މިގޮތުން ޢަރަބި އަދި އިސްލާމީ ޤައުމުތަކުގެ ޖާމިޢާތަކާ ގުޅިގެން، ތަފާތު ދީނީ ރޮނގުތަކުން ތަޢުލީމު ހާސިލުކުރުމުގެ މަގު ފަހިކޮށްދިނުމަށް އެ ވުޒާރާއިން ދަނީ މަސައްކަތް ކުރަމުންނެވެ. އަދި ޚަޠީބުންގެ ގޮތުގައި މަސައްކަތްކުރާ ޒުވާނުންނަށް، ޚުޠުބާ ކިޔުމުގެ އިތުރުން މިސްކިތްތަކުގެ އިމާމުކަން ކުރުމުގެ ދާއިމީ ފުރުޞަތު ހޯދައިދިނުމާ ގުޅޭގޮތުން ވެސް ވާހަކަދެކެވުނެވެ. މިއީ ޒުވާން ޚަޠީބުން ދީނީ ޚިދުމަތުގައި ދެމިތިބުމަށް ހިތްވަރު ދިނުމަށާއި، މިސްކިތްތަކުގެ އިމާމުކަމުގެ މަޤާމަށް ޒުވާނުން ވެއްދުމަށް އެކުލަވައިލެވޭ ދެމެހެއްޓެނިވި ނިޒާމެއްގެ ދަށުން ކުރެވޭ މުހިންމު މަސައްކަތެކެވެ.

HajjCop_ads
Advertisement

ސަރުކާރުގެ މި އިސްނެގުމަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދީނީ ޚިދުމަތްތައް ހަރުދަނާކޮށް، ފެންވަރު ހުރި ޢިލްމީ ޒުވާނުން ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވުރުގެ ދަށުން ކުރިއަށްދާ މަސައްކަތެކެވެ. މީގެ ސަބަބުން ދިވެހި މުޖުތަމަޢުގައި ދީނީ ހޭލުންތެރިކަން އިތުރުވެ، ޒުވާން ޚަޠީބުންގެ ދައުރު އިތުރަށް ފުޅާވެގެންދާނެ ކަމަށް ވުޒާރާއިން ބަޔާންކުރެއެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އިސްލާމިކް އިކޮނޮމިކްސްއާ ގުޅޭ ބައިނަލްއަޤްވާމީ ކޭމްޕެއް ރާއްޖޭގައި ފަށައިފި

988

އިސްލާމީ ދާއިރާއިން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ރާއްޖެއާއި ސަޢުދީއާ ދެމެދު މަޝްވަރާކުރައްވައިފި

Resorts

ދީނީ ޢިލްމުވެރިންގެ އަހަރީ ބައްދަލުވުން އޮގަސްޓު 14 އިން 15އަށް ބޭއްވުމަށް ނިންމައިފި

445gf

ހުޅުމާލޭގައި ބިނާކުރާ މަސްޖިދު އުންމުލްމުއުމިނީން ޢާއިޝާގެ 86 އިންސައްތަ މަސައްކަތް ނިމިއްޖެ