ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިސްލާމީ ޔުނިވަރސިޓީ ދަރިވަރުންގެ ސްކޮލަރޝިޕަށް ހުޅުވާލައިފި

Islamic university
TTH_Ads
STO_Ads
Advertisement

ދިވެހިރާއްޖޭގައި އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް) ގައި ކިޔަވާ ދަރިވަރުންނަށްދޭ ސްކޮލަރޝިޕަށް އެދުމުގެ ފުރުސަތު އެ ޔުނިވަރސިޓީން ހުޅުވާލައިފިއެވެ.

އައިޔޫއެމްގެ ސްކޮލަރޝިޕް ޕްރޮގްރާމުގެ ދަށުން އެ ޔުނިވަރސިޓީގައި ކިޔަވާ ދިވެހި ދަރިވަރުންނަށް ދިނުމަށް ހަމަޖެހިފައިވަނީ 20 ސްކޮލަރޝިޕެވެ. އެއީ މާސްޓަރސްއަށް ކިޔަވަން ދޭ ފަސް ސްކޮލަރޝިޕާއި، ބެޗްލާސް ޑިގްރީއަށް ކިޔަވަންދޭ ފަސް ސްކޮލަރޝިޕްގެ އިތުރުން އެޑްވާންސް ސެޓްފިކެޓް ފެންވަރަށް ކިޔަވަންދޭ 10 ސްކޮލަރޝިޕްގެ ފުރުސަތެވެ.

އައިޔޫއެމްގައި ކިޔަވާ ބޭރުގެ ދަރިވަރުންނަށް ދިނުމަށް ހަމަޖެހިފައިވަނީ މާސްޓަރސް ހަދަންދޭ ތިން ސްކޮލަރޝިޕާއި ބިޗްލާސް ޑިގްރީ ހަދަން ދޭ ދެ ސްކޮލަރޝިޕްގެ ފުރުޞަތެވެ.

MMA_Ads
HajjCop_ads
Advertisement

އައިޔޫއެމްއިން ބުނީ، އެ ޔުނިވަރސިޓީގެ ސްކޮލަރޝިޕް ދެނީ އެ ޔުނިވަރސިޓީގައި ހިންގާ ކޯސްތަކުގައި ކިޔަވާ ދަރިވަރުންނަށް ކަމަށެވެ. މި ސްކޮލަޝިޕްތަކަށް ހުށައެޅުމުގެ ސުންގަޑިއަކީ އަންނަ އޮގަސްޓް މަހުގެ އަށް ވަނަ ދުވަހެވެ.

ސްކޮލަޝިޕް ދިނުމުގެ ޝަރުޠު ތަކުގެ ތެރޭގައި ހިމެނެނީ:

ދެވަނަ ޓާމުގައި އައިޔޫއެމްގައި އަލަށް ކިޔަވަން ރަޖިސްޓްރީކޮށްފައިވާ ދަރިވަރަކު ކަމުގައިވުން
ފުލްޓައިމް މޯޑުގައި ކިޔަވާ ދަރިވަރަކު ކަމުގައިވުން
އެހެން އެއްވެސް ސްކޮލަރޝިޕެއް ލިބި އެ ސްކޮލަރޝިޕް ހިނގަމުން ނުދިޔުން
މީގެ ކުރިން ޔުނިވަރސިޓީގެ އެއްވެސް ސްކޮލަރޝިޕެއް ލިބިފައިވާ ދަރިވަރެއް ނަމަ ސްކޮލަރޝިޕް ފުރިހަމަކުރިތާ ތިން އަހަރު ފުރިފައިވުން
މާސްޓަރސް ކޯހުގެ ސްކޯލާރޝިޕަށް ކުރިމަތިލާ ދަރިވަރުންނަކީ އަންޑަގްރެޖުއޭޓް ކޯހުގެ ސީޖީޕީއޭ މަދުވެގެން 2.5 ލިބިފައިވާ ދަރިވަރުންކަމުގައިވުން
އައިޔޫއެމްއިން އެކުލަވާލާފައިވާ ސްކޮލަރޝިޕު ދޭ އުޞޫލުގައިވާ ގޮތުން ދަރިވަރުން ހޮވުމުގައި ބަލާ ކަންތައްތަކުގެ ތެރޭގައި، އެންމެ ފަހުން ނިންމި ކޯހުގެ ނުވަތަ ޘާނަވ/ީމަތީ ޘާނަވީ އިމްތިހާނުތަކުގެ ނަތީޖާ އަށާއި ދަރިވަރުގެ އިސްނެގުމާއި އިސްވާރުވެރިކަން ހިމެނެއެވެ.

އައިޔޫއެމް އިން ބުނީ، ސްކޮލަރޝިޕް ލިބުމަށްފަހު އެ ފުރުޞަތު އެހެން ސެމިސްޓަރއަކަށް ބަދަލެއް ނުކުރެވޭނެ ކަމަށާއި، އަދި ސްކޮލަރޝިޕް ލިބޭ ދަރިވަރަކަށް އައިޔޫއެމްއިން ދައްކައި ދޭނީ ފީ އެކަނި ކަމަށެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
HajjCop_ads
STO_Ads
MMA_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ސިގްނޭޗަރ ރިސަރޗް ސްކޮލަރޝިޕް 40 މީހަކަށް ދީފި

މާސްޓާސްއަށް ކިޔަވާ ދަރިވަރުންނަށް މައުމޫން ފައުންޑޭޝަނުން ސްކޮލަރޝިޕްގެ ފުރުސަތު

Vljxvvpz2zghs6botzf5bbcfriv1bwf7o4jc28fo

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ގާނޫނީ ދާއިރާއިން ޑިގްރީ ފުރުޞަތު ހުޅުވައިލައިފި

1451a731 8b9a 4de2 951d 086c88dc4612

އިސްލާމިކް ލީޑަރޝިޕް ޕްރޮގުރާމުގެ ބައިވެރިން ތަޖުރިބާ ދަތުރުގައި ސަޢުދީއަށް