ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ގާނޫނީ ދާއިރާއިން ޑިގްރީ ފުރުޞަތު ހުޅުވައިލައިފި

Vljxvvpz2zghs6botzf5bbcfriv1bwf7o4jc28fo
Maldivian_Ads
STO_Ads
TTH_Ads
Advertisement

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ގާނޫނީ ދާއިރާއިން ޑިގްރީއަށް ކިޔެވުމުގެ ފުރުޞަތު ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް) އިން ހުޅުވާލައިފިއެވެ. މި ޕްރޮގްރާމް ފަށައިގަންނަނީ މަޖިލީހާއި އައިޔޫއެމްއާ ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުންނެވެ.

އައިޔޫއެމްގެ އިސް އޮފިޝަލެއް މުޅިރާއްޖެ އަށް މަޢުލޫމާތު ދެއްވިގޮތުގައި، މިހާރު މަޖިލީހުގައި ތިއްބެވި މެމްބަރުންގެ ތެރެއިން ޝަރީޢާ އެންޑް ލޯގެ ޑިގްރީ ޕްރޮގްރާމުގައި ބައިވެރިވުމަށް ޝަރުތު ހަމަވާ ބޭފުޅުން އެބަތިބިއެވެ. އަދި ދެ ހަފްތާގެ ތެރޭގައި މަޖިލިސް މެމްބަރުންނަށް ޚާއްޞަކޮށްގެން މި ޑިގްރީ ކޯސް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް އެ އޮފިޝަލް ވިދާޅުވިއެވެ.

“މި ޕްރޮގްރާމް ކުރިއަށް ގެންދާނީ މަޖިލިސް މެމްބަރުންނަށް ފަސޭހަވާނެ ގަޑިތަކުގައި. އަޅުގަނޑުމެން ބޭނުންވަނީ މެމްބަރުންގެ މަސައްކަތަށް ދަތިނުވާނެ ގޮތަކަށް މި ފުރުޞަތު ފޯރުކޮށްދޭން،” އެ އޮފިޝަލް ވިދާޅުވިއެވެ.

HajjCop_ads
Advertisement

މީގެ އިތުރުން، އައިޔޫއެމްއިން ހިންގާ އެޑްވާންސްޑް ސެޓްފިކެޓް އިން ޝަރީޢާ އެންޑް ލޯ ކޯހެއްގައި މަޖިލީހުގެ އަށް މެމްބަރަކު މިހާރު ވަނީ ބައިވެރިވެ ކިޔަވަން ފަށާފައެވެ. މި ޕްރޮގްރާމަކީވެސް ސީދާ މަޖިލިސް މެމްބަރުންނަށް ޚާއްޞަކޮށްގެން އޮންލައިންކޮށް ފެށި ޕްރޮގްރާމެކެވެ.

އެއް އަހަރު ދުވަހަށް ކުރިއަށްގެންދާ އެޑްވާންސްޑް ސެޓްފިކެޓް ޕްރޮގްރާމް ނިންމާ މެމްބަރުންނަށް، ޑިގްރީ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުޞަތު ލިބޭނެ ކަމަށްވެސް އެ އޮފިޝަލް ފާހަގަކުރެއްވިއެވެ.

މި އިސްނެގުމަކީ މަޖިލިސް މެމްބަރުންގެ ޤާނޫނީ ހުނަރު އިތުރުކޮށް، ޤާނޫނު ހެދުމުގެ މަސައްކަތް އިތުރަށް ހަރުދަނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ބެލެވެއެވެ. މަޖިލީހުގެ ސްޕީކަރ އަބްދުއްރަހީމް އަބްދުﷲ މި ކަމާ ގުޅޭގޮތުން ދެއްވި ބަޔާނެއްގައި ވިދާޅުވީ، މި ފުރުޞަތަކީ މެމްބަރުންގެ ޤާބިލުކަން އިތުރުކޮށް، ރައްޔިތުންނަށް އިތުރު ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެ ކަމެއް ކަމަށެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

ފ ފާއިޒް
އައިޔޫއެމް ގެ ދުވަސްވެސް ތިދަނީ
ަ ައަލީ މުރުތަލާ
“މި ޕްރޮގްރާމް ކުރިއަށް ގެންދާނީ މަޖިލިސް މެމްބަރުންނަށް ފަސޭހަވާނެ ގަޑިތަކުގައި. އަޅުގަނޑުމެން ބޭނުންވަނީ މެމްބަރުންގެ މަސައްކަތަށް ދަތިނުވާނެ ގޮތަކަށް މި ފުރުޞަތު ފޯރުކޮށްދޭން،” މިވެސް ކިޔަވާދޭ ގޮތެއް؟
ނ ނާސިރު
ތިކަަމަށް ޚަރަދު ކުރާގޮތެއްވެސް ރައްޔިތުންނަށް އިގެންޖެހޭ އެހެނީ ތިޔައީ ރައްޔިތުން މަންދޫބުންވިއްޔާ
ސ ސާޖިދު
ދެންފަހަރަކުން ރައްޔިތުން ވިސްނަންވާނެ ކިޔައިގެން ތިބި ބަޔަކަށް ފުރުސަތުދޭން އެބަތިބި ކިޔަވައިގެން ތިބި އެތަކެއްބަޔަކު ހުވާ މިބިނީ
މ މޫސާ ޒަމީރު
ވަރަށް ދެރަވަރުގެ ކަމެއް ތިޔައީ އުތަ؟
އ އިބުރާހިމް އަލީ
މި އިސްނެގުމަކީ މަޖިލިސް މެމްބަރުންގެ ޤާނޫނީ ހުނަރު އިތުރުކޮށް، ޤާނޫނު ހެދުމުގެ މަސައްކަތް އިތުރަށް ހަރުދަނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ބެލެވެއެވެ. ނާހަމަތެދެއްތީ؟
ސ ސާރިޔާ
ކިޔަވަން އުޅުއްވާގެން އަނެއްކާ ރައްޔިތުން ހަވާލުކުރި ޒިންމާއަދާކުރެވޭނެ ވަަރަށް ވަގުތު އޮންނާނެބާ؟
ނ ނާޝިދު
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ގާނޫނީ ދާއިރާއިން ޑިގްރީ ފުރުޞަތު ހުޅުވައިލައިފި! މަ ހީކުރީ މިމީހުން މަޖިލީސް ކަން ކުރަނީ ކިޔަވައިގެން ކަމަށް، އަނެއްކާ ކޯސްފީ ދައްކަނީ ކޮންތާކުންބާ؟

ގުޅުންހުރި

އައިޔޫއެމް އިން ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ ބައްދަލުވުމެއް ބާއްވައިފި

Dd531c14 7984 44d9 b4ad 9a7e2f078b68

އައިޔޫއެމް ކޮންފަރެންސަށް އިސްލާމިކް މިނިސްޓްރީން ކޮންމެ އަހަރަކު ސްޕޮންސަރ ދެނީ

HQtyYKka8AATohI

ޤައުމުތަކުގެ ސުލްހައާއި ހަމަޖެހުމަށް ޤާނޫނު ހަދާ މަޖިލިސްތަކުގެ ދައުރު މުހިންމު: މަޖިލީހުގެ ރައީސް

ރާއްޖެ އާއި އޮސްޓްރޭލިއާގެ ގުޅުން އިތުރަށް ބަދަހިކުރަން މަޝްވަރާކޮށްފި