ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރާއްޖޭގެ 13 ސަރަޙައްދެއްގައި އެމްއެންޑީއެފްގެ އަސްކަރީ ތަމްރީނުތަކެއް ފަށަން ތައްޔާރުވެއްޖެ

AIEnhancer Enhancer Balanced io
STO_Ads
TTH_Ads
Maldivian_Ads
Advertisement

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ 13 ސަރަޙައްދެއްގައި ހަތިޔާރާއެކު ޚާއްޞަ އަސްކަރީ ތަމްރީނުތަކެއް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.

އެމްއެންޑީއެފްއިން ހާމަކޮށްފައިވާ ގޮތުގައި، މި ތަމްރީނުތައް ކުރިއަށް އޮތް ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ދާނެއެވެ. މި ހަރަކާތްތަކުގައި ސިފައިން ހަރަކާތްތެރިވާނީ ހަތިޔާރާއެކުގައެވެ. ނަމަވެސް، އާންމު ރައްޔިތަކަށް ނުވަތަ މުދަލަކަށް އެއްވެސް ގެއްލުމެއް ނުލިބޭނެ ގޮތަށް ސަލާމަތީ ފިޔަވަޅުތައް އަޅާފައިވާނެކަމަށާއި، މިކަމަށްޓަކައި ބޭނުންކުރާނީ ބްލޭންކްސް އަދި ޕައިރޯޓެކްނިކްސް ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.

މި ފަހަރުގެ އަސްކަރީ ތަމްރީނުތައް މައިގަނޑު ގޮތެއްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހައްދުންމަތީގެ ރަށްތަކުގައެވެ. އޭގެ ތެރޭގައި ހިމެނެނީ ބަރެސްދޫ، ފޮނަދޫ، ކައްދޫ، މާންދޫ، ގަން (މުކުރިމަގު، މަތިމަރަދޫ އަދި ތުނޑި)، މުންޑޫ، މާބައިދޫ، ބޮކެފުށި، ކަޅައިދޫ، އުވަދެވިފުށި، މަހާކަންފުށި، ގަސްފިނޮޅު އަދި ބޮޑުފިނޮޅެވެ. މިއީ ސިފައިންގެ ތަމްރީނުތަކަށް އާންމުކޮށް ބޭނުންކުރާ، އަދި އަސްކަރީ މަރުކަޒުތައް ގާއިމުވެފައިވާ ސަރަޙައްދުތަކެކެވެ.

HajjCop_ads
Advertisement

ދިވެހި ސިފައިންގެ ލަޝްކަރުގެ ޤާބިލުކަމާއި ތައްޔާރީ ހާލަތު ވަރުގަދަކުރުމުގެ ގޮތުން، އަހަރުގެ އެކި ދުވަސްވަރު މާލެއާއި އަތޮޅުތަކުގެ އެކި ސަރަޙައްދުތަކުގައި އެމްއެންޑީއެފްއިން އަންނަނީ މިފަދަ އެއްގަމާއި ކަނޑުގެ ތަމްރީނުތައް ކުރިއަށް ގެންދަމުންނެވެ. މީގެ އިތުރުން، ލަޝްކަރުގެ ހުނަރުވެރިކަން އިތުރުކުރުމަށްޓަކައި ރާއްޖެއިން ބޭރަށް ސިފައިން ފޮނުވައިގެންވެސް ތަފާތު އެކި ތަމްރީނު ޕްރޮގްރާމްތައް ފުރިހަމަކުރަމުންދާކަން ފާހަގަކުރެވެއެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

B 202609101032351789061555.5756

ތެޔޮ ބޯޓެއް ސިނަމާލެ ބްރިޖުގެ ތަނބެއްގައި ޖެހި އުރިއްޖެ

MNDF

ގެއްލުނު ތިން މީހުން ކަނޑުމަތިން ފެނުމުގެ ފުރުސަތު ކުޑަ: އެމްއެންޑީއެފް

MNDF

“ފްރެންޑް 4” ދޯނިން ގެއްލުނު މީހުން ހޯދަން މާދަމާ ހުވަދޫ ކަނޑު އެއްކޮށް ބަލައި ނިންމަނީ

MNDF

ފްރެންޑް 4 ދޯނިން ގެއްލުނު މީހުން ހޯދަން ބޭރުގެ އެހީތެރިކަން ހޯދަނީ