ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މުލަކުގައި ގާއިމުކުރި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު ހުޅުއްވައިދެއްވައިފި

TTH_Ads
STO_Ads
Advertisement

މ. މުލަކުގައި މި ސަރުކާރުން ގާއިމުކުރި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ހުޅުއްވައިދެއްވައިފިއެވެ.

އެކަމަނާ މި ސެންޓަރު ހުޅުއްވައިދެއްވީ އެރަށަށް ޒިޔާރަތް ކުރައްވައި، މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައެވެ. މި ރަސްމިއްޔާތުގައި އެކަމަނާގެ އަރިހުގައި ޒުވާނުން ބާރުވެރިކުރުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުالله ރާފިޢު އާއި، ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީ އަދި މުލަކު ކައުންސިލްގެ ރައީސް އަޙްމަދު ޖަމާލް ބައިވެރިވެވަޑައިގެންނެވިއެވެ.

މުލަކުގައި ޒުވާނުންގެ މަރުކަޒެއް ގާއިމުކުރުމުގެ މަސައްކަތް އެންމެ ފުރަތަމަ ފަށާފައިވަނީ 2008 ވަނަ އަހަރެވެ. އޭގެ ފަހުން އެކި ފަހަރު މަތިން އެ ޒުވާނުންގެ މަރުކަޒުގެ މަސައްކަތް އެކި މަރުހަލާތަކުގައި ކުރިއަށްދިޔައެވެ. އެގޮތުން 2012 ވަނަ އަހަރު ޒުވާނުންގެ މަރުކަޒު ހިޔާކުރުމުގެ މަސައްކަތަށް މުލަކު ކައުންސިލަށް ކުޅިވަރާ ބެހޭ ވުޒާރާއިން 3 ލައްކަ ރުފިޔާ ދޫކުރިއިރު، އޭގެ ނުވަ އަހަރު ފަހުން 2021 ވަނަ އަހަރުގެ ނޮވެމްބަރު މަހު މުލަކު ޒުވާނުންގެ މަރުކަޒުގެ އިންޑޯ ހޯލުގެ މަސައްކަތްކުރުމަށް ކުންފުންޏަކާ ހަވާލުކުރެވުނެވެ.

MMA_Ads
HajjCop_ads
Advertisement

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، މުލަކުގައި ގާއިމުކުރި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު ބައްލަވާލައްވަނީ — ފޮޓޯ: ކުޅިވަރާ ބެހޭ ވުޒާރާ

ނަމަވެސް މަސައްކަތް ނުނިމި ދިގުލައިގެންދިޔުމުގެ ސަބަބުން މި ސަރުކާރުން ވަނީ 2023 ވަނަ އަހަރުގެ އޮގަސްޓް މަހު އެ މަސައްކަތުގެ ކޮންޓްރެކްޓް ބާތިލުކޮށްފައެވެ.

މި ސަރުކާރުން އެ ކޮންޓްރެކްޓް ބާތިލުކުރި މައިގަނޑު ސަބަބަކީ މަސައްކަތް ނުނިމި، އެކަމުގެ ޝަކުވާ އެ ރަށުގެ ކައުންސިލުންނާއި ޒުވާނުން، ކުޅިވަރާ ބެހޭ ވުޒާރާގައި ގިނަ ފަހަރެއްގެ މަތިން ހިއްސާކޮށްފައިވާތީއެވެ.

މުލަކު ޒުވާނުންގެ މަރުކަޒު ނިންމުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރްޑީސީއާ ހަވާލުކުރީ މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގައެވެ. 5.2 މިލިއަން ރުފިޔާ ޚަރަދުކޮށްގެން މި މަސައްކަތް ނިންމައި، މިއަދު މިވަނީ މުލަކު ޒުވާނުން ބޭނުންވާ ގޮތަށް މި މަރުކަޒު ތައްޔާރުކުރެވިފައެވެ.

މުލަކުގައި ގާއިމުކުރި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު — ފޮޓޯ: ކުޅިވަރާ ބެހޭ ވުޒާރާ

ރާއްޖޭގެ ހުރިހާ ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ގާއިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ. އެކަން ހާސިލުކުރުމަށް ކުޅިވަރާ ބެހޭ ވުޒާރާއިން އަންނަނީ ބުރަކޮށް މަސައްކަތްކުރަމުންނެވެ.

މި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތަކަކީ ދިވެހިންގެ މާހައުލާ ގުޅޭގޮތަށް ގިނަ ޚިދުމަތްތަކެއް އެއްތަނަކުން ލިބޭނެ ގޮތަށް ފަރުމާކުރެވޭނެ ތަންތަނެވެ. އެގޮތުން ވޯކްޝޮޕްތަކާއި، ސެމިނާތައް ބޭއްވޭނެ ޚާއްސަ ހޯލަކާއި، އެރޮބިކްސް ނުވަތަ ޔޯގާ ކުލާސްތައް ބޭއްވޭނެ ޖާގައިގެ ޖިމެއްވެސް ހިމެނޭނެއެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
STO_Ads
MMA_Ads
MPL_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

މުލަކު ހޮސްޕިޓަލް އާ އިމާރާތް އެޅުމުގެ ޢަމަލީ މަސައްކަތް ފަށައިފި

މުލަކަތޮޅުގައި އެސްޓީއޯ ރޭޓުން މަސްވެރިންނަށް ތެޔޮލިބޭނެ އިންތިޒާމް ހަމަޖެހޭނެ: ރައީސް

މުލަކު ބަނދަރު ބޮޑުކޮށް ނެރު ޤާއިމުކުރުމުގެ މަސައްކަތް ފަށައިފި