ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މުލަކު ހޮސްޕިޓަލް އާ އިމާރާތް އެޅުމުގެ ޢަމަލީ މަސައްކަތް ފަށައިފި

STO_Ads
TTH_Ads

މ. މުލަކުގައި މިހާރު ހިންގަމުންގެންދާ ޞިއްޙީ މަރުކަޒުގެ ޚިދުމަތް ފުޅާކޮށް އިތުރު ވަސީލަތްތަކާއެކު ހޮސްޕިޓަލަކަށް ބަދަލުކުރަން އާ އިމާރާތް އެޅުމުގެ ޢަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.

މުލަކުގައި ހޮސްޕިޓަލް ގާއިމުކުރުމުގެ މަޝްރޫޢު ފެށީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެރަށަށް ކުރެއްވި ދަތުރުފުޅުގައެވެ. އެގޮތުން މުލަކު ޞިއްޙީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމަށް އަޅާ އިމާރާތުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވީ ޞިއްޙީ ވުޒާރާގެ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހީމް އެވެ. އަރިހުގައި މުލަކު ދާއިރާގެ މަޖިލިސް މެމްބަރު އިބްރާހިމް ނައުފަލް، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ނަޘީމް އަދި މުލަކު ކައުންސިލްގެ ރައީސް އަޙްމަދު ޖަމާލް ވެސް ބައިވެރިވެވަޑައިގަތެވެ.

މުލަކުގައި ހޮސްޕިޓަލް އާ އިމާރާތް އެޅުމުގެ މަސައްކަތް ކުރާނީ އާރުޑީސީންނެވެ.

HajjCop_ads

ރައީސުލްޖުމްހޫރިއްޔާގެ ދަތުރުފުޅުގައި މުލަކަށް ވަޑައިގެންނެވީ އިއްޔެ ހަވީރެވެ. އެރަށަށް ވަޑައިގެން ގިނަ މަޝްރޫޢުތަކެއް ރައީސުލްޖުމްހޫރިއްޔާ ވަނީ ފައްޓަވައިދެއްވައިފައެވެ. އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ރޭ ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި އަހަރު ތެރޭ، 50 ހައުސިން ޔުނިޓުގެ ޢަމަލީ މަސައްކަތް ފައްޓަވާނެކަމަށެވެ. އަދި ބާރު ދުވެލީގައި ބަނދަރުގެ މަސައްކަތް ނިންމައި، ރަށްގިރުމުގެ މައްސަލައަށްވެސް ޙައްލު ހޯއްދަވައިދެއްވާނޭކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ސިއްޙީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ މަސައްކަތަށް އިޝާރާތްކުރައްވަމުން، އެއީ ސަރަޙައްދީ ފެންވަރެއްގައި ލުއިފަސޭހަތަކެއް ލިބިގެންދާނޭ މަސައްކަތެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މަގުހެދުމުގެ މަޝްރޫޢާއި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަޝްރޫޢު، ގިނަވެގެން 4 މަސްދުވަހުގެ ތެރޭގައި ނިމޭނޭކަމުގެ ޔަޤީންކަންވެސް ރައީސް ދެއްވިއެވެ.

އަންނަ އަހަރުގެ މާރިޗުގެ ކުރިން ރަށުގެ އިރުމަތީ ޖެޓީގެ ޢަމަލީ މަސައްކަތް ފައްޓަވައި، ދިރާސީ އާ އަހަރަށް ސްކޫލްގެ މަސައްކަތްވެސް ފުރިހަމަކޮށްދެއްވާނޭކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ފުލުހުންނަށް ވެހިކަލެއް ނުލިބި 14 ވަރަކަށް އަހަރު ވެފައިވާ މައްސަލައަށް އަންނަ އޮކްޓޯބަރު މަހު ނިމުމެއް ގެނެސްދެއްވާނޭކަމަށްނވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މަސްވެރިކަމުގައި ފާހަގަކޮށްލެވޭ މުލަކުގައި އެދާއިރާއިން މުހިއްމު މަޝްރޫޢުތަކެއް ހިންގަވާނެކަމަށް ރައީސުލްޖުމްހުރިއްޔާ ވިދާޅުވިއެވެ. ރޭ ސޮއިކުރި 30 ޓަނުގެ އައިސްޕްލާންޓެއް ތަރައްޤީކުރުމުގެ މަޝްރޫޢުގެ އިތުރުން، މިހާރު ކުރިއަށްދާ ކޯލްޑް ސްޓޯރޭޖް ޤާއިމުކުރުމުގެ މަޝްރޫޢާއި، ޖަނަވަރީ މަހު އެ ރަށުގައި ފެށުމަށް ހަމަޖެހިފައިވާ ފިއުލް ސްކިޑްގެ މަސައްކަތާއެކު ރަށުގެ މަސްވެރިކަމަށް ކުރިއެރުން ލިބިގެންދާނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

MWSC_ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

މުލަކަތޮޅުގައި އެސްޓީއޯ ރޭޓުން މަސްވެރިންނަށް ތެޔޮލިބޭނެ އިންތިޒާމް ހަމަޖެހޭނެ: ރައީސް

މުލަކު ބަނދަރު ބޮޑުކޮށް ނެރު ޤާއިމުކުރުމުގެ މަސައްކަތް ފަށައިފި