ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޖަރުމަނަށް ކުރެއްވި ދަތުރުފުޅަށްފަހު ނައިބު ރައީސް މާލެ ވަޑައިގެންފި

462931 d9fcba8f a
STO_Ads
TTH_Ads
Advertisement

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ހުސައިން މުހައްމަދު ލަތީފު، ޖަރުމަނުވިލާތުގެ ބާލިންގައި ބޭއްވި ކްލައިމެޓް މޮބިލިޓީ ފޯރަމް 2026 ގައި ކީނޯޓް ސްޕީކަރެއްގެ ގޮތުގައި ބައިވެރިވެވަޑައިގަތުމަށްފަހު މިއަދު ރާއްޖެ ވަޑައިގެންފިއެވެ.

މި ފޯރަމް ފެށުމުގެ ކުރިން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ޔުނައިޓެޑް ނޭޝަންސްގެ ގްލޯބަލް ސެންޓަރ ފޯ ކްލައިމެޓް މޮބިލިޓީއާއި ރޮބާޓް ބޮޝް ސްޓިފްޓަންގް ގުޅިގެން ބޭއްވި ލީޑާސް ގާލާ ޑިނާގައި ބައިވެރިވެވަޑައިގެންފައެވެ. މި ހަފުލާގައި ފޯރަމްގެ ބައިވެރިންގެ މެދުގައި މޫސުމީ ބަދަލުތަކާ ގުޅުންހުރި މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. މީގެ އިތުރުން، ހައި-ލެވެލް ލީޑާސް ސެޝަންގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވަނީ މޫސުމީ ބަދަލުތަކުގެ ސަބަބުން ހިޖުރަކުރަން މަޖުބޫރުވާ ފަރާތްތަކަށް އެހީތެރިވުމަށް ބައިނަލްއަގުވާމީ އެއްބާރުލުން އިތުރުކުރަން ގޮވާލައްވާފައެވެ.

ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން އިންސާނީ ހައްގުތަކަށް ކުރާ އަސަރުތަކާ ގުޅޭގޮތުން ބޭއްވި ހައި-ލެވެލް ޕެނަލްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މުހިންމު ވާހަކަފުޅުތަކެއް ދައްކަވާފައެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ނުރައްކަލުން ރައްކާތެރިވުމަށްޓަކައި އެޑެޕްޓޭޝަން މަސައްކަތްތަކަށް ދެމެހެއްޓެނިވި ގޮތެއްގައި އިންވެސްޓްމަންޓްތައް ބޭނުންވެއެވެ. އަދި ރައްޔިތުންނަށް އެމީހުންގެ އަމިއްލަ ވަޒަނުގައި ކަރާމާތާއެކު ދިރިއުޅުމުގެ ފުރުސަތު ފަހިކޮށްދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

HajjCop_ads
MMA_Ads
Advertisement

ފޯރަމްގެ ހަވާސާގައި ބޭއްވި ޗެމްޕިއަންސް ބްރޭކްފާސްޓްގައި ވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައިވެރިވެވަޑައިގަތެވެ. މިއީ ފޯރަމްގެ މައިގަނޑު ނަތީޖާތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށާއި، ކްލައިމެޓް މޮބިލިޓީއާ ގުޅޭގޮތުން އެކުލަވާލާފައިވާ ގްލޯބަލް ކޮންސެންސަސް ހަރުދަނާ ކުރުމަށް ބޭއްވި ސިއްރު ބައްދަލުވުމެކެވެ. ފޯރަމްގެ އެކި ހަރަކާތްތަކުގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވަނީ ދިވެހިރާއްޖޭގެ ދެކޭގޮތް ހިއްސާކުރައްވައި، މޫސުމީ ބަދަލުތަކާ ގުޅިގެން ނާޒުކު ގައުމުތަކަށް ބޭނުންވާ މާލީ އެހީތެރިކަމާއި އެޑެޕްޓޭޝަން ފިޔަވަޅުތައް އިތުރުކުރުމުގެ މުހިންމުކަން ތަކުރާރުކޮށް ފާހަގަކުރައްވާފައެވެ.

MWSC_ads
MPL_Ads
Advertisement
MPL_Ads
STO_Ads
MMA_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ބާލިން ކްލައިމެޓް މޮބިލިޓީ ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށް ނައިބު ރައީސް ޖަރުމަނަށް

naaib raees

އަޟުޙާ ޢީދު ފާހަގަކުރާއިރު އެކުވެރި ބަޔަކަށްވުމަށް ނައިބު ރައީސް އިލްތިމާސްކުރައްވައިފި

Igmh

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަންދިނުމަށް ނައިބު ރައީސް ގޮވާލައްވައިފި

459744 de3819af d

ހަރުދަނާ އަދި މިނިވަން ގާނޫނު ހަދާ މަޖިލިސްތަކެއް ބިނާކުރުމުގެ މުހިންމުކަން ނައިބު ރައީސް ފާހަގަކުރައްވައިފި