ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސަމާލް: ޑެންގީ ހުމާއި އަރިދަފުސް ރޯގާ ފެތުރެމުން އަންނަ މިންވަރު އިތުރުވަނީ

Igmh
TTH_Ads
STO_Ads
Advertisement

މަދިރީގެ ޒަރިއްޔާއިންޖެހޭ ޑެންގީ ހުމާއި އަރިދަފުސް ރޯގާ ފެތުރެމުން އަންނަ މިންވަރު އިތުރުވެފައިވާތީ އެކަމަށް ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭއިން) އިން އަނެއްކާވެސް އިލްތިމާސްކޮށްފިއެވެ.

އެޗްޕީއޭއިން އާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާދައްކާގޮތުން ރާއްޖޭގެ ގިނަ އަތޮޅުތަކުގައި ބަލިޖެހޭ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. އެގޮތުން މެއި މަހު ޑެންގީ ހުމާގުޅޭ 778 ކޭސް ރިޕޯޓުކޮށްފައިވެއެވެ. އަރިދަފުސް ރޯގާޖެހިގެން 40،457 ކޭސް ރިޕޯޓުކޮށްފައިވާއިރު މިއީ އޭގެ ކުރީ މަހާ އަޅާ ބަލާއިރު ދެގުނަ އިތުރު ޢަދަދެކެވެ. މިއަހަރުގެ މިހާތަނަށް 1000 އަށްވުރެ ގިނަ މީހުން ޓެސްޓުކޮށްފައިވާއިރު އޭގެތެރެއިން 680 މީހަކުވަނީ އިންފްލުއެންޒާއަށް ޕޮޒިޓިވްވެފައެވެ. ހަމައެއާއެކު ބޭރަށްހިނގުން އިތުރުވެފައިވާތީ އާންމު ސާފުތާހިރުކަމަށް ސަމާލުވުމަށްވެސް އެޗްޕީއޭއިން އިލްތިމާސްކޮށްފައިވެއެވެ.

ރާއްޖޭގައި އެކި ދުވަސްވަރު މޫސުމީ ވިއްސާރައާއި ދިމާކޮށް މަދިރީގެ ޒަރިއްޔާއިންޖެހޭ ބަލިތައް އިތުރުވެއެވެ. އެހެންކަމުން މަދިރިއާލާވާ ތަންތަން ނައްތާލުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އެޗްޕީއޭއިން ތަކުރާރުކޮށް އަންނަނީ އިލްތިމާސްކުރަމުންނެވެ.

HajjCop_ads
Advertisement

އެޗްޕީއޭއިން ބުނީ މިދުވަސްވަރު، ހުމާއި ރޯގާ އިތުރުވެފައިވާތީ، ކެއްސާ ކިނބިހި އަޅާއިރު އަނގަމަތި ނިވާކުރުމަކީ ބަލި ފެތުރުން ކޮންޓްރޯލްކުރުމަށް މުހިއްމުކަމެއްކަމަށެވެ. ހަމައެއާއެކު ބަލީގެ ޢަލާމާތްތައް ހުންނަ ފަރާތްތައް މީހުން އެއްވެ އުޅޭ ތަންތަން ނުދިޔުމަށާއި، ބޭރަށް ދާއިރު މާސްކު ބޭނުންކުރުމަށްވަނީ އިލްތިމާސްކޮށްފައެވެ. ހުމާ ރޯގާ އަދި ޑެންގީ ބައްޔަށް ޕޮޒިޓިވްވެފައިވާ ފަރާތްތަކުން އަރާމުކުރުމަށާއި ގިނައިން ދިޔާތަކެތި ބޭނުންކުރުމަށްވަނީ އެޗްޕީއޭ އިން އިރުޝާދުދެއްވާފައެވެ.

ބޭރަށް ހިނގުމާއި ހޮޑުލެވުމުގެ ސަބަބުން މީހާ ވަރަށް ބޮޑަށް ވަރުބަލިކޮށްލައެވެ. އެހެންކަމުން ސިއްހީ މާހިރުން އިރުޝާދު ދެއްވަނީ ގިނަ ގިނައިން ދިޔާ އެއްޗިސް ބޭނުން ކުރުމާއި، ލޮނުޕެކެޓް ބޭނުން ކުރުމަށެވެ. މީގެ އިތުރުން ހުމާއި ރޯގާގެ އަލާމާތެއް ތިން ދުވަހަށްވުރެ ގިނަ ދުވަހަށް ހުރެއްޖެނަމަ ޑޮކްޓަރަށް ދެއްކުމަށްވެސް އިރުޝާދުދެއްވައެވެ.

މިދުވަސްވަރު ފެތުރެމުންދާ ހުމާއި ރޯގާއިން ރައްކާތެރިވުމަށް ފަރުދީގޮތުން ކުރެވެން ކުރި ކަންކަމާއި، މަދިރި ނައްތާލުމަށް ރަށުފެންވަރުގައި ކައުންސިލްތަކާއި ގުޅިގެން މަސައްކަތް ކުރަންޖެހެއެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
MPL_Ads
STO_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Io

ރާއްޖޭގައި ހިމަބިހި ޖެހުނު މީހުންގެ އަދަދު 144 އަށް އަރައިފި

health ministry

މިހާތަނަށް 5،495 މީހަކަށް ހިމަބިހީގެ ވެކްސިން ދީފައިވޭ: އެޗްޕީއޭ

health ministry

މިދިޔަ ހަފްތާގައި އެކަނިވެސް ހިމަބިހީގެ 55 ކޭސް، އިތުރަށް ސަމާލްވާންޖެހޭ!

137944 3 532c90c22f2e415b68bfda2d5fcf65ded39ca440 medium

މިދިޔަ ހަފްތާގައި ހިމަބިހީގެ 44 ކޭސް