ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބާލިން ކްލައިމެޓް މޮބިލިޓީ ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށް ނައިބު ރައީސް ޖަރުމަނަށް

TTH_Ads
STO_Ads
Advertisement

ޖަރުމަނުވިލާތުގެ ބާލިންގައި ބޭއްވުމަށް ހަމަޖެހިފައިވާ “ބާލިން ކްލައިމެޓް މޮބިލިޓީ ފޯރަމް 2026” ގައި ބައިވެރިވެވަޑައިގަތުމަށްޓަކައި، ރާއްޖޭގެ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ރޭ ޖަރުމަނަށް ފުރާވަޑައިގެންފިއެވެ.

މި މަހުގެ 18 އިން 19 އަށް ކުރިއަށްދާ މި ފޯރަމަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން މީހުން އެއްތަނުން އަނެއްތަނަށް ހިޖުރަކުރަންޖެހުމާއި، އޭގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބާއްވާ މަތީ ފަންތީގެ ބައްދަލުވުމެކެވެ. މި އަހަރުގެ ފޯރަމްގައި ދުނިޔޭގެ އެކި ގައުމުތަކުގެ އިސްވެރިންނާއި، ސަރުކާރުތަކުގެ މަތީ ފަންތީގެ މަންދޫބުންނާއި، މޫސުމީ ބަދަލުތަކުގެ އަސަރު އެންމެ ބޮޑަށް ކުރާ މުޖުތަމައުތަކުގެ މަންދޫބުންގެ އިތުރުން ޒުވާން އުފެއްދުންތެރިނަ ބައިވެރިވާނެއެވެ.

މި ދަތުރުފުޅުގެ ތެރެއިން ނައިބު ރައީސް “ގްލޯބަލް ކްލައިމެޓް މޮބިލިޓީ ޕްރިންސިޕަލްސް” އާ ގުޅޭ މަތީ ފަންތީގެ ސެގްމަންޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ބަޔާނެއް އިއްވެވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން ކުރިމަތިވާ ނުރައްކާތަކުގައި އިންސާނީ ހައްގުތައް ހިމާޔަތްކުރުމާ ގުޅޭގޮތުން ބާއްވާ މަތީ ފަންތީގެ ޕެނަލް ޑިސްކަޝަނެއްގައިވެސް އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެއެވެ.

HajjCop_ads
MMA_Ads
Advertisement

ރައީސް އޮފީހުން ވިދާޅުވި ގޮތުގައި މި ފޯރަމްގެ އެންމެ މުހިންމު އެއް މަގްސަދަކީ “ގްލޯބަލް ކްލައިމެޓް މޮބިލިޓީ ޕްރިންސިޕަލްސް” ރަސްމީކޮށް ބަލައިގަތުމެވެ. މިއީ މޫސުމީ ބަދަލުތަކުގެ ސަބަބުން އަމިއްލަ ވަޒަން ދޫކޮށް ދާންޖެހޭ ހާލަތްތަކުގައި، އިންސާނީ ކަރާމާތް ހިފެހެއްޓުމަށާއި، އަމިއްލަ މުޖުތަމައުގައި ދެމިތިބުމުގެ ހައްގު (ރައިޓް ޓު ސްޓޭ) ކަށަވަރުކުރުމަށް ބާރުއަޅާ މުހިންމު އެއްބަސްވުމެކެވެ. އަދި މި އުސޫލުތައް އަމަލީ ގޮތުން ތަންފީޒުކުރުމަށް ބޭނުންވާ މަގުޗާޓެއް އެކުލަވާލުމަށްވެސް މި ފޯރަމްގައި މަޝްވަރާ ކުރެވޭނެއެވެ.

ނައިބު ރައީސްގެ މި ދަތުރުފުޅަކީ މޫސުމަށް އަންނަ ބަދަލުތަކުން ރާއްޖެ ފަދަ ނާޒުކު ގައުމުތަކަށް ކުރާ ނޭދެވޭ އަސަރުތަކާއި، އެކަމުން ރައްކާތެރިވުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ކުރެވޭ މަސައްކަތްތަކުގައި ރާއްޖޭގެ ދައުރު ފުޅާކުރުމަށް ލިބޭ މުހިންމު ފުރުސަތެކެވެ.

MPL_Ads
MWSC_ads
Advertisement
MMA_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

naaib raees

އަޟުޙާ ޢީދު ފާހަގަކުރާއިރު އެކުވެރި ބަޔަކަށްވުމަށް ނައިބު ރައީސް އިލްތިމާސްކުރައްވައިފި

Igmh

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަންދިނުމަށް ނައިބު ރައީސް ގޮވާލައްވައިފި

459744 de3819af d

ހަރުދަނާ އަދި މިނިވަން ގާނޫނު ހަދާ މަޖިލިސްތަކެއް ބިނާކުރުމުގެ މުހިންމުކަން ނައިބު ރައީސް ފާހަގަކުރައްވައިފި

Q

އިގްތިޞާދަށް ހީނަރުކަން އަޔަސް ރަށްރަށުގައި ތަރައްގީގެ މަޝްރޫއުތައް ކުރިއަށްދާނެ: ނައިބު ރައީސް