ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

17 ވަނަ ފަހަރަށް ވޯލްޑްކަޕްގައި ވާދަކުރާ ސްޕެއިނާ ދެކޮޅަށް މިރޭ ނިކުންނާނީ އަލަށް ވާދަކުރާ ކޭޕް ވާޑް

DD WORLD CUP 2026 CLASHES GROUP H SPAIN V CAPE VERDE OP H
TTH_Ads
Maldivian_Ads
STO_Ads
Advertisement

ދުނިޔޭގެ ވާދައިގެ ތައްޓަށްކުޅޭ ފުޓުބޯލަ މުބާރާތަށް ސްޕެއިން ނިކުތީ ދެވަނަ ފަހަރަށް ތަށި ހޯދުމުގެ އަޒުމުގައެވެ. މިރޭ ކޭޕް ވާޑާ ދެކޮޅަށް ސްޕެއިން ނުކުންނައިރު، މިއީ މި މުބާރާތުގައި ސްޕެއިން ވާދަކުރާ 17 ވަނަ ފަހަރެވެ.

ގަތަރުގައި 2022 ވަނަ އަހަރު ބޭއްވި ފީފާ ވޯލްޑްކަޕްގެ ދެވަނަ ބުރުން ސްޕެއިން ކަޓާފައިވާތީ ސްޕެއިނުން މިފަހަރު ނިކުތީ، އެ ހިތްދަތިކަން ނައްތާލުމުގެ ނިޔަތާއި އަޒުމުގައެވެ. 2024 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ ސްޕެއިން އިން ވަނީ އެންމެ ފަހުގެ ޔޫއެފާ ނޭޝަންސް ލީގުގެ ފައިނަލުގައި ކުޅެފައެވެ. ރު, މި ފަހަރުގެ މުބާރާތުގެ ކޮލިފައިންގައި އެ ޓީމުން ވަނީ ރަނގަޅު ނަތީޖާތަކެއް ހޯދާފައެވެ. އަދި ކޮލިފައިންގެ ފަހު މެޗަށް ދިޔައިރު ބޮޑު ތަފާތަކުން ބަލިވެގެން ނޫން ގޮތަކަށް ވޯލްޑްކަޕްގެ ފުރުސަތު ނުގެއްލޭނެކަން ސްޕެއިން އިން ވަނީ ކަށަވަރުކޮށްފައެވެ. 2022 ވަނަ އަހަރު ސްޕެއިންގެ ކޯޗު ކަމާ ހަވާލުވި ލުއިސް ޑެލަފުއެންޓޭގެ އިރުޝާދުގެ ދަށުން ސްޕެއިން އިން 2024 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބުކޮށްފައިވާއިރު, 4 ސެޕްޓެމްބަރ 2025 ގެ ފަހުން ސްޕެއިން މިހާތަނަށް ކުޅުނު 10 މެޗުގެ ތެރެއިން އެއްވެސް މެޗަކުން ބަލިވެފައެއް ނުވެއެވެ. ތިން މެޗުން އެއްވަރުވެފައިވާއިރު 7 މެޗުން ވަނީ މޮޅުވެފަ އެވެ. މި ދިހަ މެޗުގައި ޖުމްލަ 28 ލަނޑު ޖަހާފައިވާއިރު, ބައިކޮޅަށް ވަދެފައިވަނީ ޖުމްލަ 5 ލަނޑެވެ.

ލުއިސް ޑެލަފުއެންޓޭގެ އިރުޝާދުގެ ދަށުން ސްޕެއިން 2024 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބުކޮށްފައިވާއިރު, 4 ސެޕްޓެމްބަރ 2025 ގެ ފަހުން ސްޕެއިން މިހާތަނަށް ކުޅުނު 10 މެޗުގެ ތެރެއިން އެއްވެސް މެޗަކުން ބަލިވެފައެއް ނުވެއެވެ. ތިން މެޗުން އެއްވަރުވެފައިވާއިރު 7 މެޗުން ވަނީ މޮޅުވެފައެވެ. މި ދިހަ މެޗުގައި ޖުމްލަ 28 ލަނޑު ޖަހާފައިވާއިރު, ބައިކޮޅަށް ވަދެފައިވަނީ ޖުމްލަ 5 ލަނޑެވެ.

HajjCop_ads
Advertisement

އަނެއްކޮޅުން މިރޭ ސްޕެއިންނާ ވާދަކުރަން ނިކުންނަ ކޭޕް ވާޑަކީ މުޅިން އަލަށް ވޯލްޑްކަޕަށް ކޮލިފައިވެ މި މުބާރާތުގައި ކުރޭ ފުރަތަމަ މެޗެވެ. ފަސް ލައްކައެއްހާ މީހުންގެ އާބާދީއެއް އޮންނަ ކޭޕް ވާޑް މި ފަހަރުގެ ވޯލްޑްކަޕުން ފުރުސަތު ހޯދާފައިވަނީ ކޮލިފައިންގެ އެފްރިކާ ބައްރުގެ ގްރޫޕް ޑީ ގައި ކުޅުނު 10 މެޗުގެ ތެރެއިން 7 މެޗުން މޮޅުވެ 2 މެޗު އެއްވަރުކޮށް އެފްރިކާގެ ގަދަފަދަ ކެމަރޫން ދެވަނަ އަށް ޖައްސާލުމަށްފަހު ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. 4 ސެޕްޓެމްބަރ 2025 ގެ ފަހުން ކޭޕް ވާޑް އިން މިހާތަނަށް ޖުމްލަ 10 މެޗު ކުޅެފައިވާއިރު އޭގެ ތެރެއިން ބަލިވެފައިވަނީ މި އަހަރުގެ މާޗް މަހު ޗިލީ އާއި ދެކޮޅަށް ކުޅުނު މެޗުންނެވެ. ވޯލްޑްކަޕްގެ ކުރިން ކޭޕް ވާޑް ވަނީ ސާބިޔާ އަދި ބާރމިއުޑާއާ ދެކޮޅަށް ކުޅުނު ދެ މެޗުވެސް 3-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައެވެ.

އެހެންކަމުން މިރޭ ރާއްޖެ ގަޑިން ނުވައެއް ޖަހާއިރު އޮންނަ މި މެޗަކީ ޝަޢުގުވެރި މެޗަކަށްވާނެއެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Images (2)

ސްޕެއިންގެ ކޯޗު ޑެލަފުއެންޓޭގެ ކޮންޓްރެކްޓް އައުކުރަން ނިންމައިފި

OXG24QD4NVNDDLRUPTEHG4MKVY

މިޞްރުގެ ކޯޗު ހޮސާމް އެއްބަސްވުން އައުކޮށްފި

6a892d02a3106bc5df926f9e (1)

ޕަރޭޑޭސް 10 މެޗަށް، އަޔާލާ 3 މެޗަށް ސަސްޕެންޑުކޮށް، އާޖެންޓީނާ 321،000 ޑޮލަރުން ޖޫރިމަނާކޮށްފި

Big mX3zHfspokOZXLlMn7w7etivM (1)

ބާސާއިން ރޮޑްރީ އާންމުކޮށް ދައްކާލައިފި