ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރައީސްގެ ވަޢުދާ އެއްގޮތަށް ޕޭޕަލްގެ ޚިދުމަތް ތަޢާރަފްކޮށްފި

DSC
TTH_Ads
STO_Ads
Maldivian_Ads
Advertisement

ރާއްޖެ އަށް ޕޭޕަލްގެ ޚިދުމަތް ރަސްމީކޮށް ތަޢާރަފްކޮށްފިއެވެ. ރާްޖެއަށް ޕޭޕަލްގެ ޚިދުމަތް ތަޢާރަފްކުރުމަކީ ރައީސްގެ ވަޢުދެކެވެ. ޕޭޕަލްގެ ޚިދުމަތް ތަޢާރަފްކުރީ އުރީދޫންނެވެ.

ބާސެލޯ ނަސަންދުރާގައި ބޭއްވި ރަސްމިއްޔާތެއްގައި ޕޭޕަލްގެ ޚިދުމަތް ރަސްމީކޮށް ތަޢާރަފްކޮށްދެއްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޕޭޕަލްގެ ނައިބު ރައީސް އަދި ޖެނެރަލް މެނޭޖަރ އާމިރު ވިލިއާނީ ވިދާޅުވީ ޕޭޕަލްގެ ޒަރިއްޔާ އިން ރާއްޖޭގައި އިތުބާރު ކުރެވޭ މާލީ މުއާމަލާތްތަކެއް ޤާއިމުކުރެވުމަކީ މީހުންނާއި ވިޔަފާރިތައް ގުޅި ލާމެހުމަށް ހުޅުވިގެންދާ މުހިންމު ދޮރެއް ކަމަށެވެ. އަދި މިއީ ރާއްޖޭގެ ސަރުކާރުން ގެންގުޅޭ 2.0ގެ ތަސައްވުރާއި ގުޅިގެން އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. މިއީ އިގްތިސާދީ ސިންދަފާތުކުރުންތަކުގައި ރާއްޖެ އާ ހަރުފަރތަކަށް ގެންދާނެ ކަމެއް ގޮތުގައި އާމިރު ވަނީ ސިފަކުރައްވާފައެވެ.

HajjCop_ads
Advertisement

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އުރީދޫ މޯލްޑިވްސްގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަދި މެނޭޖިން ޑިރެކްޓަރ ޝަޑީ ގަވަސްމީ ވިދާޅުވީ ފާއިތުވި 20 ވަރަކަށް އަހަރު ދުވަހު އުރީދޫ އިން މަސައްކަތް ކޮށްފައި ވަނީ ބައިނަލްއަޤުވާމީ ގޮތުން ލިބެން ހުންނަ އެންމެ ފުރިހަމަ ޑިޖިޓަކް ޚިދުމަތްތައް ރާއްޖެއާ ހަމައަށް ފޯރުކޮށްދިނުމަށް ކަމަށެވެ. އުރީދޫ އިން އަބަދުވެސް ރާއްޖޭގެ ޑިޖިޓަލް ކަނެކްޓިވިޓީ ހަރުދަނާކޮށް ކުރިއެރުވުމަށް ޚާއްސަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކޮށް އޭނާ ވިދާޅުވީ ރާއްޖޭގައި ޕޭޕަލްގެ ޚިދުމަތް ޤާއިމުކުރުމަކީ އެ މަގުން އެޅުނު އިތުރު ފިޔަވަޅެއް ކަމަށެވެ. އަދި މިކަމުގެ ސަަބަބުން އުރީދޫއިން ޑިޖިޓަލް އިގްތިސާދެއް ބިނާކުރުމަށް ކުރަމުންދާ މަސައްކަތަށް އިތުރު ބާރެއް ލިބިގެންދާ ކަމަށް ޝަޑީ ގަވަސްވީ ވިދާޅުވިއެވެ.

ޕޭޕަލްގެ ޚިދުމަތް ދިނުމަށް ބޭނުންވާ އިންވާޑް ރެމިޓެންސް ހުއްދަ އުރީދޫގެ ދަށުން ހިންގާ ޓެކްފިން މޯލްޑިވްސްއަށް ދޫކޮށްފައި ވަނީ 2025 ވަނަ އަހަރުގެ އޮކްޓޫބަރުމަހުގެ ތެރޭގައެވެ. ޕޭޕަލްގެ ޓެސްޓިން މަރުހަލާ ކުރިއަށް ގެންގޮސްފައި ވަނީ މި އަހަރުގެ ކުރީކޮޅެވެ.

ޕޭޕާލްގެ ޚިދުމަތް ރާއްޖެއަށް ތަޢާރަފުކުރުމުގެ މަސައްކަތް އުރީދޫ އިން ކާމިޔާބުކަމާއި އެކު ކުރިއަށް ގެންގޮސްފައި ވާއިރު މިއީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރަމުން އައި މަސައްކަތެއްކަން ފާހަގަކޮށްލެވެއެވެ. ރާއްޖެއަށް ޕޭޕަލް ގެނައުމަށް އެ ކުންފުންޏަށް ޕްރޮޕޯސަލް ހުށަހަޅާފައިވާކަން ސަރުކާރުން ހާމަކޮށްފައި ވަނީ 2024ގެ އޮގަސްޓް މަހުގެ ތެރޭގައެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ދަތުރުފުޅު ނިންމަވާލެެއްވުމަށް ފަހު މެލޭޝިޔާގެ ބޮޑުވަޒީރު ފުރާވަޑައިގެންފި

DSC

ރާއްޖެއާއި މެލޭޝިއާއާ ދެމެދު މުހިންމު 2 އެއްބަސްވުމެއް

DSC

ރާއްޖެއާއި މެލޭޝިއާއާ ދެމެދު ވިޔަފާރީގެ އެއްބަސްވުމެއް ޤާއިމްކުރަނީ

D72844cc 061f 4ae7 8d0a 024dfc520496

މެލޭޝިއާގެ ބޮޑުވަޒީރު ފުރަމާނަ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފި