ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ވޯލްޑް ކަޕް 2026: އިރާން ޓީމު އެމެރިކާ އަށް ދިއުމުން އިރާން ދަރިކޮޅުގެ މުޒާހަރާ

Iran world cup arrival
STO_Ads
TTH_Ads
Advertisement

ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ނިއުޒީލޭންޑާ ދެކޮޅަށް ކުޅޭ މެޗަށް އީރާނުގެ ޓީމު އެމެރިކާ އަށް ދިއުމުން އެ ގައުމުގައި ތިބި އިރާން ދަރިކޮޅުގެ ބައެއް މީހުން ނުކުމެ މުޒާހަރާ ކޮށްފި އެވެ.

އިރާނާ ދެކޮޅަށް އެމެރިކާއިން ފަށާފައިވާ ހަނގުރާމައިގެ ސަބަބުން ވަރަށް ބޮޑަށް ގުޅުން ގޯސްވެފައިރު މިއީ މާޗު މަހު ހަމަލާދޭން ފެށި ފަހުން އިރާން ޓީމު އެމެރިކާ އަށްދިޔަ ފުރަތަމަ ފަހަރެވެ.

ޓީމަށް ފުލް ސެކިއުރިޓީ ދީފައިވާއިރު ލޮސް އެންޖެލެސް އެއާޕޯޓުގައި އެންމެ ފާހަގަ ކުރެވުނީ އެމެރިކާގައި ދިރިއުޅޭ އިރާން ދަރިކޮޅުގެ މަދު ބަޔަކު ނުކުމެ މުޒާހަރާ ކުރި ތަނެވެ.

MMA_Ads
HajjCop_ads
Advertisement

“އިރާނުގައި (މިސުރުގެ މުހައްމަދު) ސަލާހް ފަދަ ކުޅުންތެރިއަކު) ނެތް. (ޖަރުމަނުގެ ތޯމަސް( މުލާ ފަދަ މީހަކު ނެތް. އިރާނުގެ ހަރުކަށި ސަރުކާރު ބަދަލު ކުރެވޭނީ އިރާން މީހުންނަށް،” މުޒާހަރާ ކުރަމުންދިޔަ މީހުން ގޮވަމުންދިޔަ އެވެ.

އެމެރިކާގައި ތިބުމަށް އެ ގައުމުގެ ސަރުކާރުން ހުއްދަ ނުދިނުމުން އިރާން ޓީމު ކޭމްޕް ކޮށްފައިވަނީ މެކްސިކޯގައި އެމެރިކާއާ ގާތުގަ އެވެ. އެ ތަނުގައި ތިބެފައި މެޗު ކުޅެން އައިސް ޓީމު ތިބޭ ހޮޓަކަށް އެއާޕޯޓުން ބަހުގައި ދެވޭނީ 15 މިނިޓުންނެވެ. މިރޭ ފަތިހު ކުޅޭ މެޗަށް ފަހު އިރާން ޓީމު އެނބުރި މެކްސިކޯ އަށް ދާނެ އެވެ.

ވޯލްޑް ކަޕުގައި އިރާން ހިމެނެނީ މިސުރާއި ބެލްޖިއަމާއި ނިއުޒީލޭންޑާއެކު ގްރޫޕް ޖީގަ އެވެ.

MWSC_ads
MPL_Ads
Advertisement
STO_Ads
MPL_Ads
MMA_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ވޯލްޑް ކަޕް 2026: ސޯލޯ ލަނޑުން މޮރޮކޯ އަތުން ބަލިނުވެ ސަލާމަތްވީ ކިރިޔާ

ފީފާ ވޯލްޑް ކަޕް 2026: ކެނެޑާއަށް ވޯލްޑް ކަޕް މެޗަކުން ފުރަތަމަފަހަރަށް ޕޮއިންޓެއް ހޯދައިފި

world cup 2026

ފީފާ ވޯލްޑް ކަޕް 2026: ފެށުމުގެ ރަސްމިއްޔާތު އެސްޓޭޑިއޯ އެޒްޓޭކާގައި ވަރަށް ކުލަގަދަ

ފީފާ ވޯލްޑް ކަޕް 2026: ސައުތު އެފްރިކާއި ކުޅެ މެކްސިކޯ މެޗު ކާމިޔާބުކުރީ 2-0