ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މަސްރަހް ވަރަށް ނުތަނަވަސް: އެންމެން އިންތިޒާރުކުރަނީ އީރާނުން އިސްރާއީލަށް ހަމަލާދޭން ފަށާނެ ވަގުތަކަށް

ލުބުނާނުގެ ވެރިރަށް ބެއިރޫތުގައި އާންމުން ދިރިއުޅޭ އިމާރާތަކަށް އިސްތިއުމާރީ ސިފައިން އާދީއްތަދުވަހު ދިން މިސައިލް ހަމަލާ:
STO_Ads
TTH_Ads
Advertisement

އިސްތިއުމާރީ ސިފައިން ލުބުނާނުގެ ވެރިރަށް ބެއިރޫތަށް ބޮންއެޅުމުން އެކަމުގެ ބަދަލު ހިފުމުގެގޮތުން އީރާނުން އިސްރާއީލަށް ހަމަލާދޭން ތައްޔާރުވަމުންދާތީ މުޅި ދުނިޔެ މިވަގުތު ބަލަމުންދަނީ އީރާނުން ހަމަލާދޭން ފަށާނެ ވަގުތަކަށެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އީރާނުން އިސްރާއީލަށް ދޭން އުޅޭ ހަމަލާތައް ހުއްޓުވަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަސައްކަތް ކުރުމުންވެސް އީރާނުންވަނީ ޓްރަމްޕަށް ނޫނެކޭ ބުނެފައެވެ.

ރިޕޯޓްތައް ބުނަނީ، އިސްރާއީލަށް ހަމަލާ ނުދޭމަތިން އެމެރިކާގެ ރައީސް އީރާނަށް 12 ބިލިއަން އެމެރިކާ ޑޮލަރު ހުށަހެޅި ކަމަށެވެ. ނަމަވެސް، ޓްރަމްޕްގެ ހުށަހެޅުމަށް އީރާނުންވަނީ ނޫނެކޭ ބުނެފައެވެ.

HajjCop_ads
Advertisement

އޭގެފަހުން، އެމެރިކާގެ ރައީސް ޓްރަމްޕްވަނީ، އިސްރާއީލުގެ މުޖުރިމު ނަތަންޔާހޫއަށް ފޯނުން ގުޅައި، ލުބުނާނަށް ދެމުންގެންދާ ހަމަލާތައް ވަގުތުން ހުއްޓާލުމަށާއި، އަދި ލުބުނާނުގައި ތިބި އިސްރާއީލު ސިފައިން ލުބުނާނުން ވަގުތުން ބޭލުމަށް ނަތަންޔާހޫއަށް އަންގާފައެވެ. އެއީވެސް އީރާނު ހަމަލާތައް ހުއްޓުވަން ޓްރަމްޕް ކުރަން އުޅުނު ކަމެކެވެ.

އިސްރާއީލުގެ މީޑިއާއިން ބުނަނީ، ޓްރަމްޕްގެ އެންގުމަށް ނަތަންޔާހޫ ހެދީ ދެކޮޅު ކަމަށެވެ. ލުބުނާނަށް ދެމުންގެންދާ ހަމަލާތައް ހުއްޓާލަން އަދި ސިފައިން ބާލަންވެސް ނަތަންޔާހޫ ވަނީ ދެކޮޅު ހަދާފައެވެ.

އީރާނުގެ ނުފޫޒުގަދަ ރޫހީ ލީޑަރު އާޔަތުﷲ މުޖުތަބާ ޚާމަނާއީގެ ޚާރިޖީ ގުޅުންތަކާބެހޭ މުޝީރު އަލީ އަކުބަރު ވަލަޔާތީ އެކްސްގައި ޕޯސްޓްކުރެއްވި މެސެޖެއްގައި ވިދާޅުވީ، އިސްތިއުމާރީ ދައުލަތުން ބެއިރޫތަށް ހަމަލާދިނުމަކީ އެމީހުން ހެދި ވަރަށް ބޮޑު ގޯހެއް ކަމަށާއި، އިސްތިއުމާރީ ބާރަށް ރައްދު ހަމަލާ ދިނުމުގެ އަމުރު މިހާރު ނެރެފައިވާ ކަމަށެވެ.

އީރާނުގެ ލަޝްކަރުތަކުން މިހާރު އެކަމަށް ތައްޔާރުވަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.

އެމެރިކާއާއެކު ބާއްވާ ވާހަކަތަކުގައި އީރާނުގެ ފަރާތުން ބައިވެރިވެވަޑައި ގަންނަވާ އެންމެ އިސް މަންދޫބު، އީރާނު ޕާލަމެންޓުގެ ރައީސް މުހައްމަދު ބާގިރު ގާލިބާފް ވިދާޅުވީ، އިސްތިއުމާރީ ސިފައިން ބެއިރޫތަށް ދިން ހަމަލާގެ ފުރިހަމަ ޒިންމާ އެމެރިކާއިން އުފުލަން ޖެހޭނޭ ކަމަށެވެ.

އިސްރާއީލުން ބެއިރޫތަށް ހަމަލާދިނުމުން އެމެރިކާގެ ރައީސް ޓްރަމްޕް ފުރަތަމަ ބުނީ، އީރާނާއެކު އެއްބަސްވުމެއް ހެދި ސޮއިކުރަން ތައްޔާރުވެފައި ވަނިކޮށް އިސްރާއީލުން ބެއިރޫތަށް ހަމަލާ ދީގެން ނުވާނޭ ކަމަށެވެ. އިސްރާއީލުގެ ސަބަބުން އެއްބަސްވުމުގައި ސޮއިކުރުންވެސް ފަސްވެގެން ދިޔައީ ކަމަށް ބުނެފައި ވެއެވެ.

އެމެރިކާގެ ރައީސް އަދިވެސް ބުނަމުން ގެންދަނީ، އީރާނު އެއްބަސްވުމުގައި ދެތިން ގަޑިއިރުގެ ތެރޭގައި ސޮއިކުރެވޭނޭ ކަމަށެވެ. އެކަމަކު، މިހާރު މިވީގޮތުން އީރާނުން ދޫދޭނޭ ކަމަށް ނުބެލެވެއެވެ.

އިސްތިއުމާރީ ދައުލަތުގެ ޓެރަރިސްޓު ނަތަންޔާހޫ ބޭނުންވާ ގޮތަކީވެސް އެއީއެވެ. ސަބަބަކީ، އީރާނާއި އެމެރިކާއާ ދެމެދު  ހަދާ އެއްބަސްވުމެއްގެ ސަބަބުން ލުބުނާނަށް ދޭ ހަމަލާތައްވެސް ހުއްޓާލަން މަޖުބޫރުވާތީއެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
MPL_Ads
HajjCop_ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޣައްޒާގައި ލޭއޮހޮރުވުންބޮޑު ރެއެއް، 4 އާއިލާއެއް އެއްކޮށް ވުޖޫދުން ފޮހެލައިފި

އެމެރިކާ ރައްޔިތުން އަވަހަށް ފުރުމަށް އިރުޝާދުދީ، އިތުރު މީހުން މެދުއިރުމައްޗަށް ނައުމަށް އަންގައި އިންޒާރުކޮށްފި

އީރާނަށް ދެން ހަމަލާދިނުމަކީ އެމެރިކާއިން ކުރާނެ އެންމެ މޮޔަ ކަންތައް، ރައްދުދިނުމުގެ ޕްލޭނަށް މިތިބީ ތައްޔާރަށް: އިންގިލާބީ ލަޝްކަރު

ހަމަލާތައް ހުއްޓާލައި އިސްތިއުމާރީ ސިފައިން ޣައްޒާއިން ނުފައިބާނަމަ ހަތިޔާރެއް ނުބަހައްޓާނަން: ހަމާސް