ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އޭޝިއާ ރީޖަން ލޯ އެންފޯސްމަންޓް މެނޭޖްމަންޓް ޕްރޮގްރާމްގައި ދިވެހި ފުލުހުންގެ ދެ އޮފިސަރަކު ބައިވެރިވެއްޖެ

Igmh
Maldivian_Ads
STO_Ads
TTH_Ads
Advertisement

އޮސްޓްރޭލިއަން ފެޑެރަލް ޕޮލިސް (އޭ.އެފް.ޕީ) އިން އިންތިޒާމްކޮށްގެން ވިއެޓްނާމްގައި ކުރިއަށްގެންދިޔަ “އޭޝިއާ ރީޖަން ލޯ އެންފޯސްމަންޓް މެނޭޖްމަންޓް ޕްރޮގްރާމް” ގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ފަޞީޙް އަދި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު މުސްލިމް ބައިވެރިވެއްޖެއެވެ.

2026 ޖޫން 2 އިން 10 އަށް ކުރިއަށްދިޔަ މި ޕްރޮގްރާމަކީ ސަރަހައްދީ ފެންވަރުގައި ކުރިމަތިވާ ސަލާމަތީ ގޮންޖެހުންތަކާ ދެކޮޅަށް މަސައްކަތްކުރުމަށް ބޭނުންވާ ހުނަރުތައް ތަރައްގީކުރުމަށްޓަކައި، ސަރަހައްދުގެ ގައުމުތަކުގެ ތަންފީޒީ އިދާރާތަކުގެ އޮފިސަރުންނަށް އަމާޒުކޮށްގެން ހިންގި ތަމްރީނު ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ބޯޑަރު ހުރަސްކޮށް ހިންގާ ކުށްތަކުގެ ޑިޖިޓަލް ފުޓްޕްރިންޓާއި، ޓެކްނޮލޮޖީގެ ދާއިރާއިން އަލަށް ތައާރަފުވަމުންދާ ކަންކަމުގެ އިތުރުން، ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށްގެން ހިންގާ ކުށްތަކާ ދެކޮޅަށް މަސައްކަތްކުރާނެ އުކުޅުތަކުގެ މައްޗަށެވެ. މީގެ އިތުރުން، ބަދަލުވަމުންދާ ކުށުގެ ވެށީގައި ސަރަހައްދީ ގުޅުން ބަދަހިކޮށް، އެކުގައި މަސައްކަތް ކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން ވެސް މި ބައްދަލުވުންތަކުގައި މަޝްވަރާކޮށްފައިވެއެވެ.

HajjCop_ads
Advertisement

ބައިނަލްއަގްވާމީ ތަމްރީނުތަކާއި އެއްބާރުލުން ދިނުމުގެ ފުރުސަތުތަކުގެ ބޭނުންހިފައި، ފުލުހުންގެ ފަންނީ ގާބިލުކަން އިތުރުކުރުމަކީ ދިވެހި ފުލުހުންގެ ޚިދުމަތުން އަބަދުވެސް ހާއްސަ އިސްކަމެއް ދޭ ކަމެކެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Police 12 Sept

ރަސްމީ ފާލަން ހިމެނޭ ސަރަހައްދުން އުޅަނދުތައް ނަގަން އަންގައިފި

ބަނގުރާ ގެންގުޅެ، ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހުޅުމާލެ ފޭސް 1އިން ދެ މީހުން ހައްޔަރުކޮށްފި

ކޮލެޖު އޮފް ޕޮލިސިންގެ 2 ކޯހަކުން 54 ފުލުހުން ދަސްވެނިވެއްޖެ

ސައިބަރ ޑްރިލްއާއި، ސައިބަރ ކްރައިސިސް ޕްރޮގްރާމް ކުރިއަށް ގެންގޮސްފި