ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ވޯލްޑް ކަޕް 2026: ސޯލޯ ލަނޑުން މޮރޮކޯ އަތުން ބަލިނުވެ ސަލާމަތްވީ ކިރިޔާ

STO_Ads
TTH_Ads
Advertisement

ވިނީޝިއަސް ޖޫނިއާ ކާމިޔާބުކޮށްދިން ހިތްގައިމު ސޯލޯ ލަނޑުން މޮރޮކޯ އަތުން ބަލިނުވެ މަޝްހޫރު ބްރެޒިލް ރޭ ކިރިޔާ ސަލާމަތްވެއްޖެއެވެ.

މިއާއެކު 1934 ވަނަ އަހަރުގެ ފަހުން ވޯލްޑް ކަޕްގެ ފުރަތަމަ މެޗުން ބްރެޒިލް ބަލިނުވުމުގެ ރެކޯޑު ވަނީ ދަމަހައްޓާފައެވެ.

މެޗުގެ 21 ވަނަ މިނެޓުގައި އިސްމާއިލް ސައިބާރީ ވަނީ އޭރިއާ ބޭރުން ބޯޅަ ފޮނުވާލައި މޮރޮކޯއަށް ކުރިހޯދައިދީފައެވެ. މި ލަނޑު ޖަހަން މަގުފަހުވީ ލިވަޕޫލްގެ ކީޕަރު އެލިސަން ބެކާ އާއި ޑިފެންޑަރުން ކަމަށްވާ ގަބްރިއެލް އަދި މާކީނިއޯސްއާ ދެމެދު މުއާމަލާތް ކުރުމުގައި އޮޅުންތަކެއް އެރުމުގެ ސަބަބުން، އެލިސަންއަށް ޕެނަލްޓީ އޭރިޔާ ދޫކޮށް ކުރިއަށް އަރަން ޖެހުމުގެ ސަބަބުންނެވެ.

HajjCop_ads
MMA_Ads
Advertisement

މިއީ ވޯލްޑް ކަޕް ތާރީޚުގައި މޮރޮކޯއިން ދެކުނު އެމެރިކާގެ ޓީމެއްގެ ކޮޅަށް ލަނޑެއް ޖެހި ފުރަތަމަ ފަހަރެވެ. މީގެ ކުރިން 1970 ގައި ޕެރޫއާ ދެކޮޅަށް އަދި 1998 ގައި ބްރެޒިލާ ދެކޮޅަށް ކުޅުނު މެޗުތަކުގައި މޮރޮކޯއަށް ލަނޑެއް ކާމިޔާބެއް ނުކުރެވުނެވެ.

މޮރޮކޯއިން މެޗު ކޮންޓްރޯލް ކުރަމުންދިޔައިރު، 30 ވަނަ މިނެޓާ ހަމައަށް އެޓީމުން ވަނީ 12 ހަމަލާ އުފައްދާފައެވެ. މިއީ 2018 ވަނަ އަހަރު މެކްސިކޯއާ ދެކޮޅަށް ކުޅުނު މެޗަށްފަހު، ވޯލްޑް ކަޕް މެޗެއްގައި ބްރެޒިލްގެ ގޯލަށް އެންމެ ގިނަ ހަމަލާ އަމާޒުވި ފަހަރެވެ.

ނަމަވެސް މުހައްމަދު އުއާބީގެ ޓީމަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފި އުޅެނިކޮށް، ފުރަތަމަ ހާފު ނިމެން 13 މިނެޓަށް ވެފައި ވަނިކޮށް ވިނީޝިއަސް ވަނީ ބްރެޒިލަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.

ބްރެޒިލް ގައުމީ ޓީމަށް ކުޅެދިން 50 ވަނަ މެޗުގައި، ބްރޫނޯ ގިމަރޭސް ދިން ބޯޅައެއް ހިފައިގެން އޭރިއާ ތެރެއަށް ވަދެ، ވިނީޝިއަސް ވަނީ މޮރޮކޯގެ ކީޕަރު ޔާސީން ބޯނޯއަށް އެއްވެސް ފުރުސަތެއް ނުދީ ބާރު ހަމަލާއަކުން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލާފައެވެ.

ވެސްޓް ހޭމްގެ ކުރީގެ މިޑްފީލްޑަރު ލޫކަސް ޕަކޭޓާ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ބްރެޒިލަށް ކުރިހޯދައިދޭން ފޮނުވާލި އެކްރޮބެޓިކް ހަމަލާ، މޮރޮކޯ ކީޕަރު ވަނީ ހުޝިޔާރުކަމާއެކު ބޭރުކޮށްލާފައެވެ.

2002 ވަނަ އަހަރު ވޯލްޑް ކަޕް ކާމިޔާބުކުރި ބްރެޒިލް ޓީމުގެ ރޮނާލްޑޯ، ކަކާ އަދި ރޮބާޓޯ ކާލޯސް ފަދަ ތަރިން، މެޗް ކުޅެމުންދިޔަ ނިއު ޖާޒީ ސްޓޭޑިއަމްގައި މެޗު ބަލަން ތިއްބާ، ބްރެޒިލުން ދެވަނަ ހާފުގައި ކުޅުން ވަރުގަދަކުރިއެވެ.

ދެވަނަ ހާފުގައި ދެޓީމަށްވެސް ލަނޑު ޖަހާނެ މާ ގިނަ ފުރުސަތުތަކެއް ނުލިބުނު ނަމަވެސް، ގިމަރޭސް ހުރަސްކޮށްލި ބޯޅައަކަށް އަރައި ރަފީނިއާ ފޮނުވާލި ހަމަލާއިން ބްރެޒިލަށް ލީޑް ނުލިބުނީ ކިރިޔާއެވެ.

މި ނަތީޖާއާއެކު، ވޯލްޑް ކަޕްގެ ފުރަތަމަ މެޗުން މޮރޮކޯ މޮޅުވުމަށް ކުރާ އިންތިޒާރު ދިގުލައިގެން ދިޔައިރު، ވޯލްޑް ކަޕްގެ ފުރަތަމަ މެޗުން ބަލިނުވެ ބްރެޒިލުން ދަމަހައްޓަމުން އަންނަ 92 އަހަރުވީ ރެކޯޑަށް ސަފްހާއެއް ވަނީ އިތުރުވެފައެވެ.

MPL_Ads
MWSC_ads
Advertisement
MMA_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ފީފާ ވޯލްޑް ކަޕް 2026: ކެނެޑާއަށް ވޯލްޑް ކަޕް މެޗަކުން ފުރަތަމަފަހަރަށް ޕޮއިންޓެއް ހޯދައިފި

world cup 2026

ފީފާ ވޯލްޑް ކަޕް 2026: ފެށުމުގެ ރަސްމިއްޔާތު އެސްޓޭޑިއޯ އެޒްޓޭކާގައި ވަރަށް ކުލަގަދަ

ފީފާ ވޯލްޑް ކަޕް 2026: ސައުތު އެފްރިކާއި ކުޅެ މެކްސިކޯ މެޗު ކާމިޔާބުކުރީ 2-0