ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސަންޕާ ސަރަހައްދު ބެލެހެއްޓުމުގައި ފުރަތަމަ ފަހަރަށް ފުލުހުން ހަރަކާތްތެރިވާން ފަށައިފި

Sstv FORM FOR EC
STO_Ads
TTH_Ads
Advertisement

ދިވެހިރާއްޖޭގެ އެންމެ ބޮޑު ކަނޑުގެ ޙިމާޔަތްކޮށްފައިވާ ސަރަޙައްދު ކަމަށްވާ ސައުތު އަރި މެރިން ޕްރޮޓެކްޓެޑް އޭރިއާ ބެލެހެއްޓުމުގެ މަސައްކަތުގައި ތިމާވެއްޓާބެހޭ ވުޒާރާގެ ރޭންޖަރުންނާއެކު ފުރަތަމަ ފަހަރަށް ދިވެހި ފުލުހުން ޙަރަކާތްތެރިވާން ފަށައިފިއެވެ.

ދިވެހިރާއްޖޭގައި ޙިމާޔަތްކޮށްފައިވާ ކަނޑުގެ އެންމެ ބޮޑު ސަރަޙައްދުގެ ގޮތުގައި ފާހަގަކުރެވޭ ސަންޕާ ސަރަޙައްދަކީ، އަހަރުގެ ހުރިހާ ދުވަހަކުވެސް ފެހުރިހި ފެންނަ، ދުނިޔޭގެ ފެންވަރުގައިވެސް ފާހަގަކޮށްލެވޭ މުހިންމު ސަރަޙައްދެކެވެ. ކޮންމެ އަހަރަކު އެތައް ހާސް ފަތުރުވެރިންނެއް ޒިޔާރަތްކުރާ މި ސަރަޙައްދަކީ ވަރަށް ބޮޑު ސަރަޙައްދަކަށް ވެފައި، އެތަނަށް ވަދެ ނުކުމެވޭނެ ގިނަ މަގުތަކެއް ހުރުމުގެ ސަބަބުން، އާދައިގެ ގޮތްތަކަށް އެތަން ބެލެހެއްޓުމަކީ އިދާރީ ގޮތުން ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭ ކަމެކެވެ. ނަމަވެސް، މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ހާމަކުރައްވާފައިވާ ގޮތުގައި، މިހާރު މިވަނީ މި ސަރަޙައްދު ބެލެހެއްޓުމުގައި ޙަރަކާތްތެރިވާ ރޭންޖަރުންނާއެކު ދިވެހި ފުލުހުންގެ ޚިދުމަތުންވެސް ގުޅިފައެވެ. މިއީ ފުލުހުން މެދުވެރިކޮށް މި ސަރަޙައްދު ބަލަހައްޓަން ފެށި ފުރަތަމަ ފަހަރެވެ.

މި ބަދަލާއެކު، ސަރަޙައްދު ބޭނުންކުރާ ހުރިހާ ފަރާތްތަކުންވެސް ކަނޑައެޅިފައިވާ މެނޭޖްމަންޓް ޕްލޭނާ އެއްގޮތަށް ޢަމަލުކުރުމަށް ވުޒާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ. އެގޮތުން، ސަރަޙައްދަށް ވަންނަ އުޅަނދުތަކަކީ ރަޖިސްޓަރީކޮށްފައިވާ އުޅަނދުތަކަކަށް ވުމާއި، ރަޖިސްޓަރީކޮށްފައިވާ ގައިޑެއްގެ އެހީތެރިކަން ހޯދުމުގެ އިތުރުން، ސަރަޙައްދަށް ވަނުމުގެ ކުރިން ރޭންޖަރުންނަށް އެންގުމަށް ވަނީ އަންގަވާފައެވެ. ހަމައެހެންމެ، އެ ސަރަޙައްދުގައި ޙަރަކާތްތެރިވާ ވަގުތު ލައިވް ލޮކޭޝަން ޙިއްޞާކުރުމަށާއި، ކަނޑައެޅިފައިވާ ދިދަ ބޭނުންކުރުމަށްވެސް ވަނީ އެދިވަޑައިގެންފައެވެ. އަދި މިމަހުގެ ތިރީހުގެ ކުރިން އުޅަނދުފަހަރުގެ ބުރަފަތީގައި ރައްކާތެރިކަމުގެ ކަވަރު ހަރުކުރުމަށާއި، މޫދުގައި ޙަރަކާތްތެރިވާއިރު ކަނޑައެޅިފައިވާ އަޚުލާޤީ މިންގަނޑުތަކަށް ފުރިހަމައަށް ބޯލަނބައި ރައްކާތެރިކަން އިސްކުރުމަށްވެސް ވުޒާރާއިން ވަނީ އިރުޝާދު ދެއްވާފައެވެ.

HajjCop_ads
Advertisement

ސަންޕާ ސަރަޙައްދު ބެލެހެއްޓުން އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، ޓެކް ފޯ ނޭޗަރ ގެ ނަމުގައި ޚާއްޞަ މަޝްރޫޢެއްވެސް ވަނީ އިފުތިތާޙުކޮށްފައެވެ. މި މަޝްރޫޢުގެ މައިގަނޑު މަޤުޞަދަކީ ކަނޑުގެ ސަރަޙައްދު ބަލަހައްޓާނެ ޒަމާނީ ޓެކްނޮލޮޖީއާއި ވަގުތުން މުޢާމަލާތްކުރެވޭނެ ވަސީލަތްތައް ބޭނުންކޮށްގެން، ރާއްޖޭގެ ފެހުރިހީގެ އާބާދީ ޙިމާޔަތްކުރުމެވެ. މި މަޝްރޫޢުގެ ދަށުން، ސަރަޙައްދު ބަލަހައްޓާ ރޭންޖަރުންނަށް ޑިޖިޓަލްކޮށް އެ ސަރަޙައްދު ބަލައިލެވޭނެ އަދި ރިޕޯޓުކުރެވޭނެ ޒަމާނީ މޮނިޓަރިންގ އަދި މުވާޞަލާތީ ވަސީލަތްތައް ފޯރުކޮށްދެވޭނެއެވެ. މި ވަސީލަތްތަކުގެ ސަބަބުން މަޢުލޫމާތު އެއްކުރުމާއި މުޢާމަލާތްކުރުން ހަރުދަނާވެ، ފަތުރުވެރިންނާއި ދިރުންތަކާ ދެމެދު އޮންނަ ގުޅުން ދެނެގަތުމަށް މަގުފަހިވެގެންދާނެއެވެ.

ޓެކް ފޯ ނޭޗަރ މަޝްރޫޢަކީ ދުނިޔޭގެ ފެންވަރުގެ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި އޮތް ސަންޕާ ސަރަޙައްދުގެ އިޖުތިމާޢީ، އިޤުތިޞާދީ އަދި ތިމާވެށި ޙިމާޔަތްކުރުމާއި ތަރައްޤީއާ ދެމެދު ހަމަހަމަ އުޞޫލެއް ޤާއިމުކުރުމަށް އަމާޒުހިފާފައިވާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ސަބަބުން ލިބިގެންދާ ސައިންޓިފިކް މަޢުލޫމާތުތަކުގެ އެހީގައި، އައިޔޫސީއެން ގްރީން ލިސްޓަށް މި ސަރަޙައްދު ހޮވުމަށް ކުރާ މަސައްކަތަށް އިތުރު ބާރަކަށް ވެގެންދާނެއެވެ. އަމާޒަކީ ފަތުރުވެރިން މެނޭޖުކުރުމާއި، ޤަވާއިދުތަކަށް ޢަމަލުކުރުން އިތުރުކުރުމާއި، ސައިންޓިފިކް ހޯދުންތަކުގެ މައްޗަށް ބިނާކޮށް ގޮތްތައް ނިންމުމަށް އެހީތެރިވެދީ، ފަތުރުވެރިކަމާއި ތިމާވެށި ޙިމާޔަތްކުރުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
STO_Ads
HajjCop_ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ކޮމިޝަނަރ އޮފް ޕޮލިސް، ޗައިނާ ސަފީރާ ބައްދަލުކުރައްވައިފި

ބަނގުރާ ވިއްކި އިންޑިއާ ރައްޔިތުގެ ބަންދަށް 15 ދުވަސް އިތުރުކޮށްފި

CP

އަމާން މުޖުތަމައެއް ބިނާކުރުމުގައި ދިވެހި ފުލުހުން ދެމިތިބޭނެ: ކޮމިޝަނަރ އަޙްމަދު

ބަނގުރާ ވިއްކައި ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހުޅުމާލެއިން މީހަކު ހައްޔަރުކޮށްފި