ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ތައިލެންޑުގެ އަމީރާ އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ފޮނުއްވައިފި

STO_Ads
Maldivian_Ads
TTH_Ads
Advertisement

ތައިލެންޑުގެ އަމީރާ ބަޖްރަކިތިޔާބާ ނަރެންދިރާ ދެބްޔަވަތީ އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

އެ ގައުމުގެ ރަސްގެފާނު މަހާ ވަޖިރަލޮންގްކޯން ފްރަ ވަޖިރަކްލައޯޗައޯޔޫހުއާ އަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަޢުޒިޔާގެ މެސެޖުގައި އަމީރާ އަވަހާރަވި ޚަބަރު އަޑުއެއްސެވީ ފުން ހިތާމަޔާއެކު ކަމަށް ވިދާޅުވިއެވެ.

އަދި އެކަމަނާއަކީ ތައިލެންޑުގެ ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި، ހާއްސަކޮށް އާންމު ހިދުމަތުގެ ދާއިރާއިންނާއި، ގާނޫނީ ދާއިރާގެ އިތުރުން އަދުލު އިންސާފުގެ ނިޒާމު އިސްލާހުކުރެއްވުމަށް ނުހަނު އިހުލާސްތެރި މަސައްކަތްޕުޅުތަކެއް ކުރެއްވި ޝަހުސިއްޔަތެއްކަމަށް ރައީސް ވިދާޅުވިއެވެ.

HajjCop_ads
Advertisement

މީގެ އިތުރުން، އެކަމަނާ ގައުމަށްޓަކައި ކޮށްދެއްވި އަގުހުރި ހިދުމަތްތަކާއި ދެއްކެވި ނަމޫނާއަކީ އަންނަން އޮތް ޖީލުތަކަށް ލިބިގެންދާނެ ބޮޑު ހިތްވަރެއްކަން ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވާފައިވަނީ، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ތައިލެންޑުގެ ރަސްގެފާނަށާއި، ޝާހީ އާއިލާއަށާއި، އެގައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް އިހުލާސްތެރި ތަޢުޒިޔާއެއް ވިދާޅުވަމުންނެވެ. އަދި މި ހިތާމައިގެ ދަނޑިވަޅުގައި، އެންމެހައި ފަރާތްތަކަށް ކެތްތެރިކަމާއި ހިތްވަރު ދެއްވުމަށް އެދިވަޑައިގަންނަވާފައިވެއެވެ.

ތައިލެންޑުގެ އަމީރާ އަވަހާރަވީ ގިނަ އަހަރުތަކެއްވަންދެން ކޯމާގައި އޮންނެވުމަށްފަހު އުމުރުފުޅުން 47 އަހަރުފުޅުގައެވެ.

ބަޖްރަކިތިޔާބާ ނަރެންދިރާ ދެބްޔަވަތީ އަކީ ތައިލެންޑުގެ ރަސްގެފާނުގެ އެންމެ ދޮށީ ދަރިކަނބަލުންނެވެ. އެކަމަނާއަކީ ރަސްކަމުގެ ރަސްމީ ލަގަބުތައް އޮންނަ އެގައުމުގެ ގާނޫނުއަސާސީގެ ދަށުން ތަހުތަށް ވަޑައިގަތުމުގެ ޝަރުތު ހަމަވާ ތިން ބޭފުޅުންގެ ތެރެއިން އެއް ބޭފުޅެކެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

471601 6fc0382f 2

ކުރީ ސަރުކާރުން އިންޑިއާއިން ނެގި 150 މިލިޔަން ޑޮލަރު ދައްކައި ޚަލާސްކޮށްފި

raeees muiz

މާތްވެގެންވާ މައްކާއަށް ހޫތީން ދޭން އުޅުނު ހަމަލާ ރައީސް ޑރ. މުޢިއްޒު ކުށްވެރިކުރައްވައިފި

472828 189c2a44 4

ސަޢުދީ ފަންޑުގެ ސީއީއޯއާ ރައީސް ބައްދަލުކުރައްވައި މުހިންމު މަޝްވަރާތަކެއް

Big NqUFDC47feKBnzlabU4oE8ffb

ޑިމޮކްރަސީ ދެމިއޮންނާނީ ބާރުތައް ޙަވާލުކުރެވިފައިވާ ފަރާތްތަކުން ރައްޔިތުންނަށް ޖަވާބުދާރީވެގެން: ރައީސް