މަރާމާތަށްފަހު މާލޭގެ ރަސްފަންނު އާންމުންނަށް ހުޅުވާލައިފިއެވެ.
މަރާމާތަށް މިދިޔަ އޭޕްރީލް މަހު ބަންދުކުރުމަށްފަހު އެ ސަރަހައްދަށް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. މި ަސައްކަތްކޮށްފައިވަނީ އެމްޓީސީސީއާއި އެމްޑަބްލިއުއެސްސީއާއި ހަވާލުކޮށްގެންނެވެ. އޭގެތެރޭގައި ގޮނޑުދޮށް ގިރުމުގެ މައްސަލަ ހައްލުކުރުމާއި، ބޭރު ތޮއްޓަށް ބައެއް ބަދަލުތައް ގެނެސް މޫދަށް އެރޭ ސަރަހައްދުގައި ފެން ދައުރުވުން ރަނގަޅުކުރުމާއި ރަސްފަންނު ސަރަޙައްދުގައި ފެން ހިންދާ ރަނގަޅު ނިޒާމެއްގެ ހެދުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރެއިން އެމްޓީސީސީން މީގެ ކުރިން ވަނީ ފެންހިންދާ ނިޒާމުގެ މަސައްކަތް ނިންމާފައެވެ.
ރަސްފަންނު ތަރަައްޤީކުރުމުގެ މަސައްކަތުގެ ތެރެއިން އެ ސަރަޙައްދު ބޭނުންކުރާ ފަރާތްތަކަށް ބޭނުންވާ ބައެއް އާންމު ވަސީލަތްތައް ޤާއިމުކުރުމުގެ މަސައްކަތް އެމްޑަބްލިއުއެސްސީއާ ވަނީ ހަވާލުކޮށްފައެވެ. މީގެ ތެރޭގައި ރަސްފަންނު ބޭނުންކުރާ ފަރާތްތައް ބޭނުންކުރުމަށް ފާޚާނަބަރިއަކާއި، ފެން މާގަނޑު ބެހެއްޓުން އަދި ލޮކަރފަދަ ވަސީލަތްތައް ޤާއިމްކުރުންވެސް ހިމެނެއެވެ.
ރަސްފަންނު މޫދަށް އެރޭ ސަރަޙައްދު މަރާމާތުކުރުމުގެ ގޮތުން ކޮށްފައިވާ މަސައްކަތްތައް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވަނީ ބައްލަވާލައްވާފައެވެ.
އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން ރަސްފަންނުގެ މޫދަށް އެރޭ ސަރަޙައްދުގެ އުތުރުން ޑްރެއިނޭޖް ރަނގަޅުކުރުމުގެ ގޮތުން ފެންހިންދާ ނިޒާމެއް ޤާއިމްކުރުމާއި، މޫދަށް އެރޭ ސަރަޙައްދުގައި މިހާރު ޖަހާފައިވާ ހިލަ ތޮށި ނަގައި، ފެން ދައުރުކުރުމަށް ކަލްވާޓްސްތަކެއް ހިމަނައިގެން އަލުން ހިލަ ތޮށި ޖެހުމުގެ މަސައްކަތް ވަނީ ކޮށްފައެވެ.
ބިނާރާބެހޭ ވުޒާރާއިން ބުނީ، މަރާމާތަށްފަހު ރަސްފަންނު މޫދަށް އެރޭ ސަރަޙައްދު އާންމުންނަށް މިހާރު ބޭނުން ކުރެވޭނެކަމަށެވެ.










ކިޔުންތެރިންގެ ހިޔާލު