ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއަށް ޚާއްސަ އިމާރާތެއް އަޅަން ނިންމައިފިއެވެ. މިހާރު އެ ވުޒާރާ ވަގުތީގޮތުން ހިންގަމުން އަންނަނީ ދަރުބާރު ގޭގައެވެ.
އެ ވުޒާރާ ދަރުބާރުގެއަށް ބަދަލުކުރީ، 2024 ވަނަ އަހަރުގެ ޑިސެންބަރުމަހު އެވުޒާރާގައި އި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އިމާރާތް ބޭނުންނުކުރެވޭވަރަށް އަނދާހުލިވުމުގެ ސަބަބުންނެވެ.
ބުރާސްފަތި ދުވަހު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވީ، އެ ވުޒާރާއަށް ޚާއްސަ އިމާރާތެއް އެޅުމުގެ މަސައްކަތް ކުރަމުންދާކަމަށާއި އެކަމަށް ފައިސާ ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އެ އިމާރާތް އެޅުމަށްޓަކައި 30000 އަކަފޫޓުގެ ބިމެއް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވާދެއްވާފައިވާކަމަށް ވަޒިރު ވިދާޅުވިއެވެ. މިވަގުތު ވަޒިރު ވިދާޅުވީ އެ ވުޒާރަގައި 600 އަށްވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރަމުންދަކަމަށާއި މިހާރު ޕަބްލިކް ވޯކްސްގެ މަސައްކަތްތައްވެސް އެ ވުޒާރާއާ ހަވާލުވެފައި އޮތުމުން ހެޑްކުއާޓާވެސް ތަރައްޤީކުރުމަށް ހަމަޖެހިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

އެންމެ ބޮޑަށް އޮތް ދައްޗަކީ ސަރުކާރުގެ އިދާރާތައް ހިންގާނެ ތަނެއް ނެތުން. މާލޭގައި އިތުރު އޮފީސް އިމާރާތެއް އެޅުމަށް މަސައްކަތްވެސް ދަނީ ކުރަމުން. ބިއްލޫރި ޖެހިގެ މަރާމާތުކޮށްގެންވެސް ތަނެއް ހޯދޭތޯ ބިލަނީ.
ވަޒީރު މުއްޠަލިބު ވިދާޅުވިއެވެ.
ވަޒީރުގެ ވާހަކަފުޅުގައި ވަނީ މިހާރު އެ ވުޒާރާ ހިންގަމުން އަންނަ ދަރުބާރުގެވެސް އަލުން ތަރައްޤީކުރުމަށް ނިންމާފައިވާކަމަށް ވިދާޅުވެގައެވެ. އެކަމަށް ޚާއްޞަ ޕްލޭނެއް އޮތްކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.








ކިޔުންތެރިންގެ ހިޔާލު