ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އަފްޣާނިސްތާން ބަލިކޮށް ޑައިމަންޑް ޖުބިލީ މުބާރާތުގެ ޗެމްޕިއަންކަން ޕާކިސްތާނުން ހޯދައިފި

Pakistan 1536x1025
STO_Ads
TTH_Ads
Maldivian_Ads
Advertisement

ރާއްޖޭގައި ރަސްމީކޮށް ފުޓުބޯޅަ ކުޅެން ފެށިތާ 75 އަހަރު ފުރުމުގެ ގޮތުން ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމުކުރި “ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް ފުޓުބޯޅަ މުބާރާތް” ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ ޕާކިސްތާނުން ކާމިޔާބުކޮށްފިއެވެ.

މުބާރާތުގައި ވާދަކުރި ހަތަރު ގައުމުގެ ތެރެއިން ފީފާ ރޭންކިންގައި އެންމެ ދަށުގައި އޮތް ޕާކިސްތާނުން ޗެމްޕިއަންކަން ހޯދީ، ފައިނަލުގައި އެންމެ މަތިން ރޭންކު ކުރެވިފައިވާ އަފްޣާނިސްޠާނުގެ މައްޗަށް 0-2 ގެ ނަތީޖާއަކުން ކުރިހޯދައިގެންނެވެ.

ދެ ޓީމުގެ ފަރާތުންވެސް ލަސް އަދި ހަމަހަމަ ކުޅުމެއް ފެނުނު މި މެޗުގެ ފުރަތަމަ ލަނޑު މެޗުގެ 24 ވަނަ މިނެޓުގައި ޕާކިސްތާނަށް ކާމިޔާބުކޮށްދިނީ ރީތި އޯވަހެޑް ކިކަކުން ޝާޔަކް ދޯސްތެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އަފްޣާނިސްތާނުގެ އޮމަދު މުސާވީ ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ގޯލުގެ ހުރަސްދަނޑިއަށް އަމާޒުވިއިރު، ޕާކިސްތާނުން މެޗުގެ މޮޅުކަން ކަށަވަރުކުރި ދެވަނަ ލަނޑު މެޗުގެ ފުރިހަމަވަގުތު ހަމަވެގެން ދެއްކި އިތުރުވަގުތުގެ ތެރޭގައި ޖަހައިދިނީ ހާރޫން އައް ރާޝިދެވެ.

HajjCop_ads
Advertisement

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ޝާޔަކް ދޯސްތު ހޯދިއިރު، މުބާރާތުގެ ޓޮޕް ސްކޯރަރަކަށް ހޮވުނީ ހާރޫންއެވެ. އަދި މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމު ޕާކިސްތާނުގެ އޯޓިސް ޖާން މުޙައްމަދު ހޯދާފައިވާއިރު، ވަނަވަނައަށް ހޮވުނު ފަރާތްތަކަށް ޓްރޮފީ ހަވާލުކޮށްދެއްވީ ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު އެވެ.

މި މުބާރާތުގެ ތިންވަނަ ބަންގްލަދޭޝްއަށް ލިބުނުއިރު، މުބާރާތް ބޭއްވި ދިވެހިރާއްޖެ ނިންމާލަން ޖެހުނީ އެއްވެސް މެޗަކުން މޮޅުނުވެ ތާވަލުގެ އެންމެ ފުލުގައެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ކިރިކިސްތާނާއި ލުބުނާނާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅެނީ

436397 552c6f5a 5 (1)

ފީފާގެ ހުށައެޅުމަށް އެފްއޭއެމުން އަދި ވަކިގޮތެއް ނުނިންމާ!

ali ashfaq

އަޝްފާގު އެނބުރި ޤައުމީ ޓީމަށް

gaumee football team

ގައުމީ ޓީމު އެކުލަވާލައިފި