ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އޭއެފްސީއަށް އެފްއޭއެމްއިން ދައްކަން ޖެހޭ ދަރަނި މާފުކޮށްފި

FAM TOM
TTH_Ads
Maldivian_Ads
STO_Ads
Advertisement

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) އަށް ދައްކަން ޖެހިފައި އޮތް ބޮޑު ދަރަނި މާފުކޮށްދީ، އެ އިދާރާއިން ރާއްޖެއަށް އަޅާފައިވާ މާލީ ސަސްޕެންޝަން އުވާލުމަށް ނިންމައިފިއެވެ.

އެފްއޭއެމްއިން މިއަދު ނެރުނު ބަޔާނެއްގައި ހާމަކޮށްފައިވާ ގޮތުގައި، އޭއެފްސީން ވަނީ އެ އިދާރާއަށް އެފްއޭއެމުން ދައްކަން ޖެހޭ 253،030 އެމެރިކާ ޑޮލަރު (ގާތްގަނޑަކަށް 3.9 މިލިއަން ދިވެހި ރުފިޔާ) އެއްކޮށް މާފުކޮށްދީފައެވެ. އަދި މީގެ އިތުރުން، އެ އެސޯސިއޭޝަނާ ދެކޮޅަށް އަޅާފައި އޮތް ފައިނެންޝަލް ސަސްޕެންޝަން ވެސް މިހާރު ވަނީ އުވާލާފައެވެ.

މި މައްސަލައަކީ 2023 ވަނަ އަހަރު އޭއެފްސީން އެފްއޭއެމަށް ދިން މާލީ އެހީގެ ފައިސާ، އެފްއޭއެމްގެ އޭރުގެ ވެރިން ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާކަން އޮޑިޓް ރިޕޯޓްތަކުން ފާހަގަކުރެވުމާ ގުޅިގެން ފެންމަތިވި މައްސަލައެކެވެ. އެ ފައިސާ އަނބުރާ ދެއްކުމަށް އޭއެފްސީން އެންގި ނަމަވެސް، އެކަން ނުވުމުގެ ސަބަބުން 2024 ވަނަ އަހަރުން ފެށިގެން އޭއެފްސީން އެފްއޭއެމަށް ދޫކުރާ އެންމެހައި ފަންޑުތައް ވަނީ ސަސްޕެންޑުކޮށްފައެވެ.

HajjCop_ads
Advertisement

އެފްއޭއެމްގެ ކުރީގެ ވެރިންގެ ސަބަބުން ދިވެހި ފުޓުބޯޅަ ވެއްޓުނު ފުން އަނދަވަޅުން ސަލާމަތްކުރުމަށްޓަކައި، އަލަށް ހަވާލުވި ލީޑަޝިޕުން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. މިގޮތުން، އެޅިފައިވާ ފަންޑިން ސަސްޕެންޝަން އުވާލައި ދަރަނި މާފުކޮށްދިނުމަށް އެދި އޭއެފްސީގައި ރަސްމީކޮށް އެދުމުން، އެ އެދުމަށް އިޖާބަދީ ދަރަނި މާފުކޮށްދިނުމުގެ އިތުރުން، އަންނަ އަހަރުން ފެށިގެން އޭއެފްސީގެ މާލީ އެހީތެރިކަމުގެ ޕްރޮގްރާމްތަކަށް ރާއްޖެއަށް އަލުން ކުރިމަތިލެވޭނެ ކަމަށް ވެސް އޭއެފްސީގެ އެގްޒެކެޓިވް ކޮމިޓީން މިހާރު ވަނީ ނިންމާފައެވެ.

އެފްއޭއެމުން ބުނި ގޮތުގައި މި ނިންމުމަކީ ދިވެހި ފުޓުބޯޅަ އަލުން އާރާސްތުކޮށް، މާލީގޮތުން ހަމައަކަށް އަޅުވައި، ބައިނަލްއަގުވާމީ އިދާރާތަކުގެ އެހީތެރިކަމާއެކު ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވައި ތަރައްގީކުރުމަށް ލިބުނު ވަރަށް މުހިންމު އަދި ބޮޑު ކުރިއެރުމެކެވެ.

އައު ލީޑަޝިޕުން ބައިނަލްއަގުވާމީ ފުޓްބޯޅަ އިދާރާތަކާ ގުޅުން ބަދަހިކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ދުނިޔޭގެ މައި ފުޓްބޯޅަ އިދާރާ (ފީފާ) ގެ ރައީސް ޖިއާނީ އިންފަންޓީނޯ ވަނީ ރާއްޖެއަށް ރަސްމީ ޒިޔާރަތެއް ކުރައްވާފައެވެ. މިއީ ވޭތުވެދިޔަ 19 އަހަރުގެ ތެރޭގައި ފީފާގެ ރައީސަކު ރާއްޖެއަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. އެ ދަތުރުފުޅުގައި ރާއްޖޭގެ ފުޓްބޯޅައަށް އެކި ގޮތްގޮތުން އެހީތެރިކަން ދިނުމަށް ނިންމައި، އެފްއޭއެމް އެޓޯލް ޗެމްޕިއަންޝިޕް ބޭއްވުމަށްޓަކައި ފީފާއިން ވަނީ 266،000 އެމެރިކާ ޑޮލަރު (4.1 މިލިއަން ރުފިޔާ) ގެ އެހީއެއް ވެސް ހަމަޖައްސައިދީފައެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ފީފާ 15 އަހަރުން ދަށުގެ ވޯލްޑް ކަޕުގައި ރާއްޖެ، ފްރާންސް އަދި ސައުތު އެފްރިކާ އެއް ގުރޫޕެއްގައި

ކިރިކިސްތާނާއި ލުބުނާނާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅެނީ

436397 552c6f5a 5 (1)

ފީފާގެ ހުށައެޅުމަށް އެފްއޭއެމުން އަދި ވަކިގޮތެއް ނުނިންމާ!

Pakistan 1536x1025

އަފްޣާނިސްތާން ބަލިކޮށް ޑައިމަންޑް ޖުބިލީ މުބާރާތުގެ ޗެމްޕިއަންކަން ޕާކިސްތާނުން ހޯދައިފި