ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެލްޖީއޭގެ ރައީސް ކަމަށް ފިނޭންސް މިނިސްޓަރު ޒަރީރު އައްޔަންކުރައްވައިފި

462046 6ccdcaab a
STO_Ads
Maldivian_Ads
TTH_Ads
Advertisement

ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ރައީސްގެ މަގާމަށް މިނިސްޓަރު އޮފް ފިނޭންސް ހަސަން ޒަރީރު، ރައީސުލްޖުމްހޫރިއްޔާ މިއަދު އައްޔަނުކުރައްވައިފިއެވެ.

އެލްޖީއޭގެ ރައީސްގެ މަގާމުގައި މީގެ ކުރިން ހުންނެވީ މޫސާ ޒަމީރެވެ. ސިއްހީ ހާލަތާ ގުޅިގެން ފިނޭންސް މިނިސްޓަރުގެ މަގާމުން މޫސާ ޒަމީރު އިސްތިއުފާ ދެއްވުމާ ގުޅިގެން، އެލްޖީއޭގެ ރައީސްކަމުގެ މަގާމުން ވެސް އެމަނިކުފާނު ވަނީ ވަކިވެވަޑައިގެންފައެވެ. އެ މަގާމަށް އަލަށް އައްޔަނުކުރެއްވި ހަސަން ޒަރީރަކީ މާލީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތްކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ.

ލޯކަލް ގަވަމެންޓް އޮތޯރިޓީގެ ބޯޑުގައި މިހާރު ތިއްބަވަނީ އެ އޮތޯރިޓީގެ ނައިބު ރައީސް ފާތިމަތު ނިއުމާ އާއި، ސީއީއޯ މުހައްމަދު ނިމާލްގެ އިތުރުން ބޯޑު މެންބަރުން ކަމުގައިވާ ފާތިމަތު ޒީނާ އަލީ، މުހައްމަދު އާޒާދު އަދި އަޒްހާ ޒަމީރެވެ. އެލްޖީއޭގެ މައިގަނޑު މަސްއޫލިއްޔަތަކީ ރާއްޖޭގެ ކައުންސިލްތަކުގެ މަސައްކަތްތަކާއި ހަރަކާތްތައް ހިނގަމުންދާ ގޮތް ބަލައި، އެ މަސައްކަތްތައް ވިލަރެސްކުރުމެވެ.

HajjCop_ads
Advertisement

ހަސަން ޒަރީރަކީ މާލީ އަދި އިގްތިސާދީ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރައްވައި، އެ ދާއިރާގައި ފުންނާބު އުސް ބޭފުޅެކެވެ. އެމަނިކުފާނު ވަނީ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ މެލޭޝިއާ އިން ބެޗްލަރ އޮފް އެކައުންޓިންގ އަދި މާސްޓަރ އޮފް ސައިންސް އިން ފައިނޭންސް ހާސިލުކުރައްވާފަ އެވެ. މީގެ އިތުރުން އިނގިރޭސިވިލާތުގެ ޗާޓަޑް އިންސްޓިޓިއުޓް އޮފް މެނޭޖްމަންޓް އެކައުންޓަންޓްސް އަދި ސީޕީއޭ އޮސްޓްރޭލިއާގެ ޕްރޮފެޝަނަލް ކޮލިފިކޭޝަންސް ވެސް އެމަނިކުފާނު ފުރިހަމަކުރައްވާފައިވެ އެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ޒަރީރު ހުންނެވީ މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމުގައެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Qw

އެސްބީއައި ޓީ-ބިލް ދެއްކީ އާންމުންގެ ޑިޕޮސިޓް ފައިސާއިން ނޫން: ފިނޭންސް މިނިސްޓްރީ

Nimaal

ލޯކަލް ގަވަމަންޓް އޮތޯރިޓީގެ ހުއްދަ ލިޔުމުން ހޯދައިގެން ނޫނީ ކައުންސިލްތަކަށް މުވައްޒަފުން ނުނެގޭގޮތް ހަދައިފި

finance ministry

ދަރަނި އަދާކުރުމުގެ ހަރަދު ނުލައި 2.3 ބިލިއަން ރުފިޔާގެ ސާޕްލަސްއެއް

finance

1.2 ބިލިއަން ރުފިޔާގެ ޓީ-ބިލް ވިއްކަން ހުޅުވާލައިފި