ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ އާ ގަވާއިދެއް އާންމުކޮށްފި

H6txovzbmjojwefnjhdb
STO_Ads
TTH_Ads
Advertisement

ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ އައު ގަވާއިދެއް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ގެޒެޓުކޮށް، ގަވާއިދާ ޚިލާފުވާ ފަރާތްތައް 1 މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާކުރެވޭނެކަން އިއުލާނުކޮށްފިއެވެ.

މި ގަވާއިދަށް އަމަލުކުރަން ފެށުމާއެކު، ކުރިން އަމަލުކުރަމުން އައި ޕްރީ-ޕެކޭޖްޑް ފުޑް ލޭބަލްކުރުމުގެ ގައުމީ މިންގަނޑު ވަނީ އުވާލާފައެވެ.

މި ގަވާއިދުގެ މައިގަނޑު މަގުސަދަކީ ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ ހަރުދަނާ މިންގަނޑުތަކެއް ކަނޑައެޅުމެވެ. އަދި ލޭބަލް ނުކޮށް ނުވަތަ އޮޅޭގޮތަށް ލޭބަލްކޮށްފައިވާ ކާބޯތަކެތި ވިއްކުން މި ގަވާއިދުގެ ދަށުން ވަނީ މަނާކޮށްފައެވެ. ވިޔަފާރިތަކަށް މި ބަދަލުތަކަށް އަމަލުކުރުމަށް 6 މަސްދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.

HajjCop_ads
Advertisement

ލޭބަލްކުރުމުގެ ގަވާއިދާ ޚިލާފުވާ ފަރާތްތައް 10،000 ރުފިޔާއިން ފެށިގެން 1،000،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމުގެ ބާރު އޮތޯރިޓީއަށް ލިބިގެންވެއެވެ. ފަސް ފަހަރަށްވުރެ ގިނައިން ގަވާއިދާ ޚިލާފުވެއްޖެނަމަ، އެންމެ ބޮޑު އަދަދުން ޖޫރިމަނާކުރުމާއެކު ވިޔަފާރީގެ ހުއްދަ ބާތިލުކުރުމުގެ އިޚުތިޔާރު ލިބިގެންވެއެވެ. އޮޅުވާލައިގެން ލޭބަލްކޮށްފައިވާ ތަކެތި ވިއްކައިފިނަމަ 10،000 ރުފިޔާއާއި 750،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެއެވެ. އަދި ކުށުގެ ކުޑަބޮޑުމިނަށް ބަލައި ފުރަތަމަ ފަހަރަށް ކުރާ ކުށަކަށްވެސް އެންމެ ބޮޑު ޖޫރިމަނާ ކުރުމުގެ ބާރު ލިބިފައިވާއިރު، މިއީ ޖިނާއީ ކުށަކަށް ވާނަމަ ދައުވާކުރުމަށްވެސް ފޮނުވިދާނެއެވެ.

އައު ގަވާއިދުގެ ދަށުން ކާބޯތަކެތި ބަންދުކުރަންވާނީ ރައްކާތެރިކަން ކަށަވަރުކުރެވިފައިވާ މެޓީރިއަލް ބޭނުންކޮށްގެންނެވެ. މީގެ ތެރޭގައި އެއްފަހަރު ބޭނުންކުރާ ޕްލާސްޓިކް ފުޅި، ޚާއްސަކޮށް ޕެޓް ފުޅި ފަދަ ތަކެތި އަލުން ކާބޯތަކެތި ބަންދުކުރަން ބޭނުންކުރުން ވަނީ މަނާކޮށްފައެވެ. ބަންދުކުރާ ތަކެތީގެ މިންގަނޑާ ޚިލާފުވެއްޖެނަމަ 5،000 ރުފިޔާއާއި 100،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެއެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
HajjCop_ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Qw

ފުޓް އިންސްޕެކްޓަރުންގެ ސުލޫކީ މިންގަނޑެއް އެކުލަވާލައި، ޖޫރިމަނާ ކުރެވޭ އުސޫލެއް ނެރެފި

health ministry

ސާބިތުނުވާ ބަރުދަން ލުއިކުރާ އުފެއްދުންތައް އިޝްތިހާރުކުރާނަމަ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު އެމްއެފްޑީއޭއިން ދީފި

phamacy

ބަރުދަން ލުއިކުރަން އިޝްތިހާރުކުރުން މަނާކޮށްފި

Igmh

ކާބޯތަކެތި ލޭބަލްކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ހަމަހުގެ މުއްދަތެއް ދީފި