ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފުވައްމުލަކު ސިޓީއަށް 1200 ކިލޯވޮޓުގެ 2 ޖެންސެޓެއް ފޮނުވައިފި

Fuvahulah atoll maldives banner
STO_Ads
TTH_Ads
Maldivian_Ads
Advertisement

ފުވައްމުލަކު ސިޓީގެ ކަރަންޓުގެ ޚިދުމަތް ވަރުގަދަކުރުމަށް 1200 ކިލޯވޮޓުގެ ދެ ޖެންސެޓް ގެންގޮސްފި

ފުވައްމުލަކު ސިޓީއަށް ދެމެހެއްޓެނިވި ގޮތެއްގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، 1200 ކިލޯވޮޓުގެ އައު ދެ ޖެންސެޓް އެ ސިޓީއަށް ގެންގޮސްފިއެވެ.

ފެނަކަ ކޯޕަރޭޝަނުން މައުލޫމާތު ދޭ ގޮތުގައި، ފުވައްމުލަކަށް ފޮނުވި މި ދެ ޖެންސެޓް މިހާރު ވަނީ އެ ސިޓީއަށް ބާލައިފައެވެ. މިއީ އެ ސިޓީގެ ކަރަންޓަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯދައިދީ، އިތުބާރު ހުރި ގޮތެއްގައި ޚިދުމަތް ދިނުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ކުރިއަށްދާ މަޝްރޫއެކެވެ.މި އައު ދެ ޖެންސެޓާއެކު ފުވައްމުލަކު ސިޓީގެ ކަރަންޓު އުފެއްދުމުގެ ގާބިލުކަން އިތުރުވެ،

HajjCop_ads
Advertisement

ޕީކް ގަޑިތަކުގައި ދިމާވާ ދަތިތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ. ފެނަކައިން އަންނަނީ މި ޖެންސެޓްތައް އިންސްޓޯލްކޮށް، ވިއުގައާ ގުޅާލުމުގެ އަމަލީ މަސައްކަތްތައް އަވަސް ފުރުސަތެއްގައި ފެށުމަށް ތައްޔާރުވަމުންނެވެ.ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް މެދުކެނޑުމެއް ނެތި، ފެންވަރު ރަނގަޅު ކަރަންޓުގެ ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމެވެ.

މިގޮތުން ފުވައްމުލަކު ސިޓީއަށް މި ގެނެވުނު އައު ޖެންސެޓްތަކަކީ އެ ސިޓީގެ ތަރައްގީއަށާއި ރައްޔިތުންގެ ލާބައަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

DSC 4298 (1)

ފެނަކަ އުވާލައި، ސްޓެލްކޯގެ ދަށަށް ހުރިހާ ރަށެއްގެ ޚިދުމަތްތައް ބަދަލުކުރަނީ

1788094832286 ije1o6

ފުވައްލަކު އެކްސިޑެންޓާ ގުޅިގެން ހައްޔަރު ކުރި މީހާގެ ބަންދަށް ފަނަރަ ދުވަސް

Io

ކަރަންޓާއި ފެނާއި ނަރުދަމާގެ ހިދުމަތަށް ބަރޯސާވެވެނީ އިންޖިނިއަރުންގެ ބުރަ މަސައްކަތުން: އަފީފް

WhatsApp Image 2026 08 28 at 18.07.38

ހޯރަފުށީ ސްކޫލް ދަރިވަރުންނަށް ކަރަންޓާ ބެހޭ ޚާއްސަ މައުލޫމާތު ސެޝަނެއް ބާއްވައިފި