ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގެ ބައެއް ވޯޓުފޮށިތައް ބަހައްޓާ ތަންތަން ސްކޫލްތަކަށް ބަދަލުކޮށްފި

H6txovzbmjojwefnjhdb
TTH_Ads
STO_Ads
Advertisement

އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގެ ބައެއް ވޯޓުފޮށިތައް ބަހައްޓާ ތަންތަން ސްކޫލްތަކަށް ބަދަލުކޮށްފިއެވެ.

އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިޚާބުގެ ބައެއް ވޯޓުފޮށިތައް ބަހައްޓާ ތަންތަން ސްކޫލްތަކަށް ބަދަލުކޮށްފައިވަނީ، ޕާޓީގެ މަރުކަޒުތަކުގައި ވޯޓުލުން ކުރިއަށްގެންދިއުމަކީ އިންތިޚާބުގެ އިންސާފުވެރިކަން ގެއްލިދާނެ ކަމެއްކަމަށް ބުނެ މެންބަރު މީކާއިލް އަޙްމަދު ނަސީމް ކަންބޮޑުވުން ފާޅުކުރެއްވުމާ ގުޅިގެންނެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަޙްމަދު ނަސީމް، އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ޢަބްދުލްޣަފޫރު މޫސާއަށް ފޮނުއްވި ސިޓީއެއްގައި ފާހަގަކުރައްވާފައިވަނީ، ގިނަ ރަށްރަށުގައި ސްކޫލްތަކުގައި ވޯޓުލާން ކޮމިޓީން ނިންމާފައިވީނަމަވެސް، ހަތަރު ރަށެއްގެ ވޯޓުލުން ޕާޓީގެ މަރުކަޒުތަކުގައި ކުރިއަށްގެންދިއުމަށް ކޮމިޓީގެ މުޤައްރިރު އަމިއްލައަށް ނިންމަވާފައިވާކަމަށެވެ. މީކާއިލް ވިދާޅުވީ ސްކޫލްތަކުގައި ވޯޓުލުން ކުރިއަށްގެންދިއުމަށް އެންމެ ފުރަތަމަ ނިންމީ އިންތިޚާބުގެ އިންސާފުވެރިކަން ކަށަވަރުކުރުމަށް ކަމަށާއި، އެހެންކަމުން ބައެއް ރަށްރަށުގައި ޕާޓީގެ މަރުކަޒުތަކުގައި ވޯޓުފޮށި ބެހެއްޓުމަށް ނިންމި ނިންމުމަކީ ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށެވެ.

HajjCop_ads
Advertisement

މީކާއިލްގެ ކަންބޮޑުވުންތަކާ ގުޅިގެން، އެމްޑީޕީން ވަނީ މައްސަލަ ޖެހުނު ހަތަރު ރަށުގެ ވޯޓުފޮށި ބަހައްޓާ ތަންތަނަށް ބަދަލުގެނެސްފައެވެ. މިގޮތުން ފީއަލީ ދާއިރާގެ ވޯޓުފޮށި ފާފު އަތޮޅު މަދަރުސާގައި ބެހެއްޓުމަށް ނިންމާފައިވާއިރު، އިސްދޫ-ކަލައިދޫ ދާއިރާގެ ވޯޓުފޮށިތައް ބަހައްޓާނީ އިސްދޫ ސްކޫލް އަދި އިސްދޫ-ކަލައިދޫ ސްކޫލްގައެވެ. މީގެ އިތުރުން ލ. ގަން، މަތިމަރަދޫ ވޯޓުފޮށި ޙަމަދު ބިން ޚަލީފާ އަލް ޘާނީ ސްކޫލްގައި ބަހައްޓަން ނިންމާފައިވާއިރު، ވިލިނގިލީ ދާއިރާގެ ވޯޓުފޮށި ބަހައްޓާނީ ގއ. އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ.

އަންނަ ހުކުރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގައި ވާދަކުރައްވަނީ މީކާއިލް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދެވެ. އިންތިޚާބުގައި ވާދަކުރެއްވި ތިންވަނަ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ފަހުން ވަނީ ނަން އަނބުރާ ގެންދަވައި، މީކާއިލްއަށް ތާއީދުކުރައްވާކަން ހާމަކުރައްވާފައެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
MPL_Ads
STO_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

88887

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު އަންވަރު ސިވިލް ކޯޓަށް ހާޒިރުކުރުމުގެ އަމުރު ބާތިލުކޮށްފި

Io

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ފައިސަލް ފާޅުކުރައްވައިފި

Igmh

އެމްޑީޕީގެ މަގުޗާޓު ނިންމަން ފައްޔާޒަށް މުގައްރިރުކަންދީ ކޮމިޓީއެއް އެކުލަވާލައިފި

Io

ކުރީގެ ރައީސުންގެ ސެކިއުރިޓީ އުސޫލަށް ގެނައި ބަދަލާމެދު ނަޝީދު ކަންބޮޑުވުން ފާޅުކޮށްފި