ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފެނަކައިގެ މުވައްޒަފުން އަމިއްލައަށް ވަޒީފާއިން ވަކިވުމުގެ ޕްރޮގްރާމަށް ބޮޑު ތަރުހީބެއް

Sstv FORM FOR EC
TTH_Ads
Maldivian_Ads
STO_Ads
Advertisement

ފެނަކަ ކޯޕަރޭޝަންގެ މުވައްޒަފުން އަމިއްލައަށް ވަޒީފާއިން ވަކިވުމަށް ހުޅުވާލި ފުރުސަތުގައި، ހީކުރި ވަރަށްވުރެ ބޮޑު ތަރުހީބެއް ލިބެމުންދާކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު އަފީފު ވިދާޅުވެއްޖެއެވެ.

މި ޕްރޮގްރާމްގެ ދަށުން އަމިއްލައަށް ވަޒީފާ ދޫކޮށްލާ މުވައްޒަފުންނަށް ބަދަލެއްގެ ގޮތުގައި ހަތަރު މަހުގެ މުސާރަ ދިނުމަށް ވަނީ ހަމަޖެހިފައެވެ. ގާތްގަނޑަކަށް އަށްހާސް މުވައްޒަފުން މަސައްކަތްކުރާ ފެނަކައިން މި ފުރުސަތު ހުޅުވާލާފައިވަނީ ޖޫން މަހުގެ ދެވަނަ ދުވަހުއެވެ. އެ ކުންފުނީގެ ޗީފް ކޯޕަރޭޓް އޮފިސަރު އުސައިދު ހަސަން ސޮއިކުރައްވައި ނެރުއްވި މެމޯއެއްގައިވާ ގޮތުން، މިކަމަށް ޝައުގުވެރިވާ މުވައްޒަފުންނަށް ޖޫން މަހުގެ ސާދަވަނަ ދުވަހުގެ މެންދުރުފަހު 3 ޖެހުމާ ހަމައަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

މިހާތަނަށް ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާއިން ވަކިވުމަށް ހުށަހަޅާފައިވީ ނަމަވެސް، އޭގެ ސީދާ އަދަދެއް ކުންފުނިން އަދި ހާމަކޮށްފައެއް ނުވެއެވެ. މެނޭޖިންގ ޑިރެކްޓަރު އަފީފު ވިދާޅުވީ، ވަކިވާ މުވައްޒަފުންގެ ޖުމްލަ އަދަދު އިއުލާނުކުރާނީ އެޕްލިކޭޝަން ހުށަހެޅުމުގެ މުއްދަތު ހަމަވުމުން ކަމަށެވެ.

HajjCop_ads
Advertisement

ފެނަކައިން ހާމަކޮށްފައިވާ ގޮތުގައި މިއީ ކުންފުނީގެ ހިންގުން ހަރުދަނާކޮށް، މާލީ ގޮތުން ދެމެހެއްޓެނިވި ނިޒާމެއް ގާއިމުކުރުމަށް ފަށާފައިވާ މަސައްކަތުގެ ފުރަތަމަ މަރުހަލާއެވެ. އެގޮތުން، ރަށްރަށުގައި ހިންގާ މަޝްރޫއުތަކަށް ބޭނުންވާ ތަކެތި ނެތުމުގެ ސަބަބުން ގިނަ އަދަދެއްގެ މުވައްޒަފުންނަށް އެކަށީގެންވާ މަސައްކަތެއް ނުދެވި ތިބިކަން ކުންފުނިން ވަނީ ފާހަގަކޮށްފައެވެ.

މި ބަދަލާއެކު ކުންފުނީގެ އުފެއްދުންތެރިކަން އިތުރުވެ، ރައްޔިތުންނަށް ދެވޭ ހިދުމަތުގެ ފެންވަރު ރަނގަޅުވެގެންދާނެކަމަށް ފެނަކައިން ގަބޫލުކުރެއެވެ. އަދި މިއީ މުޅި ކުންފުނީގެ އޮނިގަނޑަށް ގެނެވޭ ބޮޑު ބަދަލެއްގެ ފެށުންކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

DSC 4298 (1)

ފެނަކަ އުވާލައި، ސްޓެލްކޯގެ ދަށަށް ހުރިހާ ރަށެއްގެ ޚިދުމަތްތައް ބަދަލުކުރަނީ

Io

ކަރަންޓާއި ފެނާއި ނަރުދަމާގެ ހިދުމަތަށް ބަރޯސާވެވެނީ އިންޖިނިއަރުންގެ ބުރަ މަސައްކަތުން: އަފީފް

WhatsApp Image 2026 08 28 at 18.07.38

ހޯރަފުށީ ސްކޫލް ދަރިވަރުންނަށް ކަރަންޓާ ބެހޭ ޚާއްސަ މައުލޫމާތު ސެޝަނެއް ބާއްވައިފި

Resorts

ހޯރަފުށްޓަށް 1000 ކިލޯވޮޓްގެ އާ ޖެންސެޓެއް ގެންގޮސްފި