މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގުގައި މިހާރު ކުރިއަށްދާ މަސައްކަތްތަކަކާ ގުޅިގެން، އެ ސަރަހައްދުގެ ދަތުރުފަތުރުގެ ނިޒާމަށް ނުވަތަ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސުން ހާމަކުރައްވައިފިއެވެ.

ފުލުހުން މަޢުލޫމާތު ދެއްވާގޮތުގައި ގެނެވުނު ބަދަލުތަކަކީ:

  • ބޮޑުތަކުރުފާނުމަގާއި ޗާންދަނީމަގު ގުޅުނު ހިސާބުން ފެށިގެން،

  • ޗާންދަނީމަގު އޯކިޑްމަގާއި އަމީރު އަހުމަދު މަގު ގުޅުނު ކަންމައްޗާ ހަމައަށް،

"އެގޮތުން ބޮޑުތަކުރުފާނުމަގާއި ޗާންދަނީމަގާއި ގުޅުނު ހިސާބުން ފެށިގެން ޗާންދަނީމަގު އޯކިޑްމަގާއި އަމީރު އަހުމަދު މަގު ގުޅުނު ކަންމައްޗާ ހަމައަށް ދެ ކޮޅަށް ދުއްވޭގޮތަށް ވަނީ ބަދަލުކުރެވިފައެވެ." ފުލުހުން ވިދާޅުވިއެވެ.

އިޝްތިހާރު އިޝްތިހާރު

މި ސަރަހައްދުން ދަތުރުކުރައްވާ އާންމު ރައްޔިތުންނާއި އުޅަނދުތައް ދުއްވާ ފަރާތްތަކުން މި ގެނެވުނު ބަދަލަށް ސަމާލުކަން ދެއްވުމަށާއި، މަގުމަތީގެ ސަލާމަތްތެރިކަމަށްޓަކައި ފުލުހުންގެ އިރުޝާދުތަކަށް ބޯލެނބުމަށް ފުލުހުން އިލްތިމާސްކުރައްވައެވެ.