ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބަނދަރާއެކު ޖެޓީތަކެއް ތަރައްޤީކުރަން މަސްވެރިންގެ ޕާކް ކައިރިން އުޅަނދުތައް ނަގަން އަންގައިފި

Unnamed
TTH_Ads
STO_Ads
Maldivian_Ads
Advertisement

މާލެ އުތުރު ފަރާތު ބަނދަރު ތަރައްޤީކުރުމަށްޓަކައި މަސްވެރިންގެ ޕާކު ސަރަޙައްދުން ފެށިގެން ނާދީ ގޯޅިއާ ހަމައަށް އަޅާފައިވާ އުޅަނދުތައް ނެގުމަށް އަންގައިފިއެވެ.

ބިނާރާ ގެދޮރުވެރިކަމާ އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނީ އެސަރަޙައްދުގެ ބަނދަރު ތަރައްޤީކުރަނީ އެތަން ބޭނުންކުރާ ފަރާތްތަކަށް ދިމާވަމުންދާ ދަތިތަކަށް ހައްލެއް ގެނެސްދިނުމަށްކަމަށެވެ. އެވުޒާރާއިންވަނީ އެ ސަރަޙައްދުގައި އަޅާފައިވާ އުޅަނދުފަހަރު ހުކުރު ދުވަހުގެ ރޭ 11 ޖެހުމުގެ ކުރިން ނެގުމަށް އަންގާފައެވެ. އަދި އެމުއްދަތުގެ ފަހުން އެސަރަޙައްދުގައި ނުނަގާ ހުންނަ އުޅަނދުތައް އެވުޒާރާގެ ފަރާތުން ނަގާނެކަމަށްވެސް ބުންޏެވެ.

މާލޭ އުތުރު ފަރާތު ބަނދަރަކީ މާލެއަށް ލަފާފުރުމުގައި ގިނަ ބަޔަކު ބޭނުންކުރާ ސަރަޙައްދެކެވެ. ސަރުކާރުން ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމަށް ކުރިއަށްގެންދިޔަ މަޝްރޫޢާއެކު އެސަރަޙައްދުގެ ޖެޓީތައްވެސް ތަރައްޤީކުރުމަށްވަނީ ހަމަޖެހިފައެވެ.

HajjCop_ads
Advertisement

މާލޭ އުތުރު ފަރާތުން ބޮޑުތަކުރުފާނު ތަރައްޤީކުރަމުންދާއިރު އެސަރަޙައްދުގައި ބޮޑު ޕާކިންގއެއްވެސްވަނީ ޤާއިމުކޮށްފައެވެ. ހަމައެއާއެކު އެއީ ގިނަބަޔަކު ލަފާ ފުރުމުގައި ކޮންމެ ދުވަހަކުވެސް ބޭނުންކުރާ މުހިއްމު ހިސާބެއްކަމުން، އެސަރަޙައްދުގެ ޖެޓީތައްވެސް އާންމުންނާއި ދަތުރުވެރިންނަށް ފަސޭހަވާނެހެން ތަރައްޤީކުރުމަށް ސަރުކާރުންވަނީ ނިންމާފައެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
TTH_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

WhatsApp Image 2026 10 06 at 00.05.39

ބޮޑުތަކުރުފާނު މަގުގެ ފަހު ސެގްމެންޓް ތަރައްގީކުރުމުގެ މަސައްކަތް ފަށައިފި

މަރާމާތަށް އައިޖީއެމްއެޗާއި ދަރުމަވަންތަ ހިމެނޭ ސަަރަހައްދު ބަންދުކޮށްފި

Cbf6666a 68ad 44da b94e ca857a72eff3

ބޮޑުތަކުރުފާނު މަގު ވެސްޓް ޕާކް ސަރަޙައްދުގެ މަސައްކަތް ފަށައިފި

HPrAJ6fbUAAPQ2d

މަސްވެރިންގެ ޕާކް ސަރަހައްދުގައި ޤާއިމްކުރާ ޕަމްޕު ސްޓޭޝަން ކޮމިޝަންކޮށްފި