މިފްކޯއިން މަސްވެރިންގެ އަތުން މިއަދު މަސް ގަންނަ އަގު 18.50 ރުފިޔާއަށް ބޮޑުކޮށްފިއެވެ.
މިފްކޯގެ ހުރިހާ ސެންޓަރަކުން މަސް ގަންނަ އަގު ބޮޑުކުރިއިރު، 16 ރުފިޔާއަށްވުރެ ދަށްކޮށް މަސް ނުގަތުމަކީ މި ސަރުކާރުގެ ވައުދެކެވެ.
މީގެ ކުރިން ވެސް މިފްކޯއިން ވަނީ މަސް ގަންނަ އަގު ބޮޑުކޮށްފައެވެ. އެގޮތުން މީގެ ކުރިން 17 އަށް ވެސް އެ ކުންފުނިން މަސް ގަނެފައިވެއެވެ.
މަސްވެރިންގެ އަޑު އަހައިގެން މަސްވެރިން ބޭނުންވާ ގޮތަށް މަސްވެރިކަމުގެ ސިނާއަތް ގެންގޮސްދެއްވުމަކީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ. އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، ކުރީ ސަރުކާރުން މަސްވެރިންނަށް ނުދީ ހުރި ގިނަ އަދަދެއްގެ ފައިސާ ދައްކާ ހަލާސްކުރީ މި ސަރުކާރުންނެވެ.
ރައީސް މުއިއްޒުގެ ސަރުކާރުން ވަނީ، މަސްވެރިން ބާނާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރަން ފަށައި، މަސްވެރިންނަށް ދިމާވާ މާލީ ދަތިތަކަށް ބޮޑު ލުޔެއް ވެސް ހޯދައިދީފައެވެ.










ކިޔުންތެރިންގެ ހިޔާލު