ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޖިނާޢީ ކުށެއް ނެތް ރަށެއްގެ ގޮތުގައި މާޅޮސް ވެގެންދާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބަ އޮތް: އިހްސާން

TTH_Ads
STO_Ads
Advertisement

ޖިނާޢީ ކުށެއް ނެތް ރަށެއްގެ ގޮތުގައި ބ. މާޅޮސް ވެގެންދާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބަ އޮތް ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ބ. މާޅޮހުގައި އިމާރާތްކުރި ޕޮލިސް ސްޓޭޝަން ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުން ވަޒީރު ވަނީ ޖިނާޢީ ކުށްތައް އެއްވެސް ގޮތަކަށް ނޯންނަ މުޖުތަމައެއްގެ ގޮތުގައި މާޅޮސް ހެދިދާނެ ކަމާމެދު ޝައްކު ނުކުރައްވާ ކަމަށް ވިދާޅުވެފައެވެ.

އެފަދަ މުޖުތަމަޢެއް ބިނާ ކުރުމަށްޓަކައި ބޭނުންވަނީ ރަށުގެ ރައްޔިތުންނާ ފުލުހުންނާ ގުޅިގެން އެއް އަމާޒެއް ހާސިލްކުރުމަށް މަސައްކަތް ކުރުންކަން ވަޒީރުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

HajjCop_ads
Advertisement

ރާއްޖޭގެ ރަށްރަށުގައި އެންމެ ފުރިހަމައަށް ފުލުހުންގެ ޚިދުމަތް ދިނުމަކީ އަދު އެ ޚިދުމަތް ރައްޔިތުންނަށް ލިބިގެން ދިޔުމަކީ ރައީސް ޑރ. މުޢިއްޒުގެ އެދިވަޑައިގަތުމެއް. އަދި އަޅުގަނޑުމެންގެ ފަރާތުން އޮތް އެކްސްޕެކްޓޭޝަނެއްވެސްމެ. އަޅުގަނޑު ހިތުން ރައްޔިތުންވެސް އެދެނީ ހަމަ އެގޮތް. ރައްޔިތުން ބޭނުންވި ގޮތަށް ހުރިހާ ޚިދުމަތެއް ފުރިހަމަވެގެން މިއަދުން ފެށިގެން މާޅޮހުގައި ފުލުހުންގެ ޚިދުމަތް ފެށިގެންދާނެ. ވަޒީރުވަޒީރު ވިދާޅުވީ ކުރު މުއްދަތެއްގެ ތެރޭގައި ފުލުހުންގެ ޚިދުމަތް މާޅޮހުގައި ފެށިގެން މިއައީ ރަށުގެ ރައްޔިތުންނާ އަދި ރަށުގެ ކައުންސިލްގެ ދައުރު ފުރިހަމައަށް އަދާކުރުމުން ކަމަށެވެ.

“ބައެއް ރަށްރަށުގަ އަޅުގަނޑުމެންނަށް މި މަސައްކަތް އަދިވެސް ނުފެށި އެބަހުރި. ހަމަ ޖައްސަން ޖެހޭ ބިމާއި ތަރުތީބު ކުރެވެން ޖެހޭ އެހެނިހެން ކަންކަން ހަމަނުޖެހި މަސައްކަތް ނުފެށި އެބަހުރި. ކައުންސިލްތަކާއި އެ ރަށެއްގެ ރައްޔިތުންގެ ފަރާތުން އެއްބާރުލުން ލިބޭ ހިސާބުތަކުގަ މި މަސައްކަތް ވަރަށް ބާރަށް ކުރިއަށް އެބަދޭ. މި ރަށު ކައުންސިލްގެ ކުރީގެ ރައީސް ޝުޖާޢު ކުރެއްވި ބުރަ މަސައްކަތް އަޅުގަނޑު ވަރަށް ބޮޑަށް ފާހަގަކުރަން” ވަޒީރު

މާޅޮހު ޕޮލިސް ސްޓޭޝަންގެ ބިންގާއަޅައި މަސައްކަތް ފަށާފައިވަނީ 2025 އޮގަސްޓް 14 ވަނަ ދުވަހުއެވެ. މި އިމާރާތްކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީއާއެވެ. މި އިމާރާތުގައި އިދާރީބަޔަކާއި، މުވައްޒަފުންގެ އެކޮމޮޑޭޝަން ބްލޮކެއް ގާއިމުކޮށްފައިވެއެވެ.

ޕޮލިސް ސްޓޭޝަން ހުޅުވުމުގެ ރަސްމިއްޔާތަށް ފަހު، ޕޮލިސް ސްޓޭޝަންގެ ގޯތިތެރޭގައި ގަސްއިންދުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފައިވެ އެވެ.

މާޅޮހުގައި ފުލުހުން ގާއިމުވެ ހިދުމަތް ދޭން ފަށާފައިވަނީ 2024 ޖަނަވަރީ 27 ވަނަ ދުވަހުއެވެ.

މިއީ މި ސަރުކާރުން ގާއިމުކުރި 3ވަނަ ޕޮލިސް ސްޓޭޝަނެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
MPL_Ads
STO_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ބަނގުރާ ވިއްކައި ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހުޅުމާލެއިން މީހަކު ހައްޔަރުކޮށްފި

88887

ސިނަމާލެ ބްރިޖުމަތީގައި ނުރައްކާތެރިކޮށް ދުއްވި ތިން ސައިކަލެއް ޓޯކޮށްފި

police

މިދިޔަ ހަފުތާގައި ސްކޭމްތަކުން ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ގެއްލި، އޮޅުވާލުމުގެ މައްސަލަތައް އިތުރުވެއްޖެ

Boduthakurufaanu magu 1 1536x1023

ކަނޑައަޅާފައިވާ ސަރަޙައްދުތަކުން ބޭރުގައި ޕާކު ނުކުރުމަށް ފުލުހުން އިލްތިމާސްކޮށްފި