ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެސްއެމްއީ ޑިޖިޓަލްގެ ފެސިލިޓީތަކަށް ފައިސާ އަނބުރާ ދެއްކުމުގެ ނިޒާމު ފަސޭހަކޮށްފި

SME digital
TTH_Ads
STO_Ads
Advertisement

އެސްއެމްއީ ޑިޖިޓަލްއިން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާ ގުޅިގެން އޮޓޮމޭޓެޑް ރީޕޭމަންޓް އިންޓަގްރޭޝަނެއް ތައާރަފުކޮށް، އެސްއެމްއީ ޑިޖިޓަލްގެ ކަސްޓަމަރުންނަށް ފެސިލިޓީ އަނބުރާ ދެއްކުމަށް ފަސޭހަ ގޮތެއް ހަމަޖައްސައިފިއެވެ.

ބޭންކް އޮފް މޯލްޑިވްސްގެ ސަބްސިޑިއަރީ ކުންފުންޏެއްގެ ގޮތުގައި، އެސްއެމްއީ ޑިޖިޓަލްއިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ޑިޖިޓަލް ހައްލުތަކުގެ އެހީގައި ކަސްޓަމަރުންނަށް ދޭ ހިދުމަތްތައް އިތުރަށް ފުރިހަމަކުރުމަށެވެ. އަލަށް ތައާރަފުކުރި މި އިންޓަގްރޭޝަނާއެކު، ފައިސާ ދައްކަންޖެހޭ ތާރީހުތަކުގައި ކަސްޓަމަރުންގެ ބީއެމްއެލް އެކައުންޓްތަކުން އޮޓެމެޓިކުން ފައިސާ ކެނޑޭނެއެވެ.

މި އިންޓަގްރޭޝަންގެ ބޭނުމަކީ ފެސިލިޓީތަކަށް ފައިސާ ދެއްކުމުގެ ކަންކަން ބެލެހެއްޓުން ކަސްޓަމަރުންނަށް ލުއިފަސޭހަކޮށްދިނުމެވެ. ބޭންކް އެކައުންޓުން އޮޓެމެޓިކުން ފައިސާ ކެނޑޭ ގޮތް ހެދުމުން، އިދާރީ މަސައްކަތްތައް މަދުވެ، ގަޑިއަށް ފައިސާ ދެއްކޭކަން ކަށަވަރުވެގެންދިއުމާއިއެކު، ކަސްޓަމަރުންގެ ކްރެޑިޓް ހިސްޓްރީ ރަނގަޅުވެ ކްރެޑިޓް ރޭޓިންގ މަތިވާނެއެވެ. މި އިންޓަގްރޭޝަންގެ ސަބަބުން ފައިސާ ދެއްކުމުގެ ކަންކަމުގައި ހޭދަވާ ވަގުތު ސަލާމަތްވެ، ކަސްޓަމަރުންނަށް ވިޔަފާރި ކުރިއެރުވުމަށް އިތުރު ވަގުތު ލިބިގެންދާނެއެވެ.

HajjCop_ads
MMA_Ads
Advertisement

މި ނިޒާމު ތައާރަފުކުރުމަށް ހަމަޖެހިފައިވަނީ އެކި މަރުހަލާތަކަށް ބަހާލައިގެންނެވެ. އެގޮތުން އެންމެ ފުރަތަމަ މި ހިދުމަތް ލިބޭނީ އިސްލާމިކް ރީފައިނޭންސިންގ އިނީޝިއޭޓިވްގެ ދަށުން، މިހާތަނަށް ދޫކޮށްފައިވާ ކޮންވެންޝަނަލް ލޯނުތައް އިސްލާމިކް ފައިނޭންސިންގ އަށް ބަދަލުކޮށްފައިވާ ކަސްޓަމަރުންނަށެވެ. އަދި ކުރިއަށް އޮތް މަރުހަލާތަކުގައި އެހެނިހެން ކަސްޓަމަރުންނަށްވެސް މި ހިދުމަތް ފުޅާކުރާނެއެވެ.

މިއައު ހިދުމަތާއި ގުޅޭގޮތުން އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވީ” އަޅުގަނޑުމެން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ޑިޖިޓަލް ހައްލުތަކުގެ އެހީގައި ކަސްޓަމަރުންނަށް ލުއިފަސޭހަކަން ގެނެސްދިނުމަށް. މި އިންޓަގްރޭޝަންގެ ސަބަބުން، ކަސްޓަމަރުން އަމިއްލައަށް ކުރަންޖެހޭ ކަންކަން މަދުވެ، ކަސްޓަމަރުގެ ބޭންކް އެކައުންޓުން އޮޓޮމެޓިކުން ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖެހި، ފައިސާ ދެއްކުމުގެ މަރުހަލާ ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ” އެވެ.

އޮޓޮމޭޓެޑް ރިޕޭމަންޓް އިންޓަގްރޭޝަނަކީ ކަސްޓަމަރުންނަށް އިސްކަންދޭ ޑިޖިޓަލް ހައްލުތައް ފޯރުކޮށްދިނުމަށް އެސްއެމްއީ ޑިޖިޓަލްއިން ކުރަމުންދާ މަސައްކަތްތަކަށް އިތުރުވެގެންދިޔަ ކުރިއެރުމެކެވެ.

MWSC_ads
MPL_Ads
Advertisement
MMA_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

VVV

އެސްއެމްއީ ޑިޖިޓަލް އިން “ވޯކިންގ ކެޕިޓަލް ފައިނޭންސިންގ” ތައާރަފުކޮށްފި

Sme Digital

އެސް.އެމް.އީ ޑިޖިޓަލްގެ ބޯޑަށް މިނިވަން ޑިރެކްޓަރުން ހޯދަނީ

SME

10 މިލިއަން ރުފިޔާއާ ހަމައަށް އެސްއެމްއީ ޑިޖިޓަލްގެ ފައިނޭންސިންގ ލިމިޓް އިތުރުކޮށްފި

އެސްއެމްއީ ޑިޖިޓަލް އިން ޝަރީއާ ހަމަތަކަށް ފެތޭ ފައިނޭންސިންގ ޕްރޮޑަކްޓްތައް ވަނީ ތައާރަފުކޮށްފައި