އެސްއެމްއީ ޑިޖިޓަލް އިން ދޫކޮށްފައިވާ ކޮންވެންޝަނަލް ލޯނުތައް އިސްލާމީ އުސޫލުތަކާ އެއްގޮތްވާ ފައިނޭންސިންގ ފެސިލިޓީތަކަށް ބަދަލުކުރުމަށް “ރީފައިނޭންސިންގ ހަފްތާ” އެއް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.
މި ރީފައިނޭންސިންގ ހަފްތާ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 18 އޮކްޓޫބަރު އިން 22 އޮކްޓޫބަރު ނިޔަލަށެވެ.
ރީފައިނޭންސިންގ ހަފްތާގެ މަގުސަދަކީ،އެސްއެމްއީ ޑިޖިޓަލްގެ ރީފައިނޭންސިންގ އޮފަރ ލިބިފައިވާ ކަސްޓަމަރުންނަށް މުވައްޒަފުންގެ އެހީތެރިކަމާއެކު ވަގުތުން މި މަރުހަލާ ފުރިހަމަކުރުމެވެ. މިގޮތުން، ކަސްޓަމަރުންނަށް ވަގުތުން އައު އެއްބަސްވުމުގައި ސޮއިކުރެވޭނެއެވެ.
މި މަސައްކަތަކީ އެސްއެމްއީ ޑިޖިޓަލް އިން ފުރިހަމަ އިސްލާމިކް ފައިނޭންސް ފޯރުކޮށްދޭ މާލީ އިދާރާއަކަށް ބަދަލުވުމަށް ކުރަމުންދާ މަސައްކަތެކެވެ. ކޮންވެންޝަނަލް ލޯނަކުން އިސްލާމިކް ފައިނޭންސް ފެސިލިޓީއަކަށް ބަދަލުވުމާއި އެކު ކަސްޓަމަރުންނަށް ލިބޭ ފައިދާތަކެއްވެއެވެ.
ލޯނު ބަދަލުކުރުމުން ކަސްޓަމަރުންނަށް ލިބޭނެ ފައިދާތަކުގެ ތެރޭގައި:
• އިސްލާމީ އުސޫލުން އައު ފެސިލިޓީއެއް އެކުލަވާލުން
• ފައިސާ އަނބުރާ ދެއްކުމަށް ދިގު މުއްދަތެއް ލިބުން
• މަހުން މަހަށް ދައްކަންޖެހޭ އަދަދު ކުޑަވުން

މީގެ އިތުރުން، އެކި ސަބަބުތަކާހުރެ ގަވާއިދުން ފައިސާ ދެއްކުމަށް ދަތިވެފައިވާ ފަރާތްތަކަށް، އައު އެއްބަސްވުމުގައި ސޮއިކުރާ ދުވަހުން ފެށިގެން ކުރިއަށް އޮތް 6 މަސްދުވަހު ގަވާއިދުން ފައިސާ ދައްކައިގެން ކްރެޑިޓް ރިކޯޑު ރަނގަޅު ކުރުމުގެ ފުރުސަތު ލިބޭނެއެވެ. މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ކުރިމަގުގައި އެސްއެމްއީ ޑިޖިޓަލްއިން އިތުރު ފައިނޭންސިންގ ހޯދުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.
ރީފައިނޭންސިންގ ހަފްތާގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އެސްއެމްއީ ޑިޖިޓަލްގެ ކޯޕަރޭޓް ހެޑް އޮފީސް ހިންގާ އިމާރާތް، މ. ކަނީރުވިލާ 2 ވަނަ ފަންގިފިލާގައި ހެނދުނު 9:00 އިން ފެށިގެން މެންދުރުފަހު 3:00 އާ ހަމައަށެވެ.











ކިޔުންތެރިންގެ ހިޔާލު