ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މިޑްފީލްޑަރ ޖޭމްސް މިލްނާ ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅުން ހުއްޓާލައިފި

TTH_Ads
STO_Ads
Advertisement

އިނގިރޭސިވިލާތުގެ ގައުމީ ޓީމުގެ ކުރީގެ މިޑްފީލްޑަރ ޖޭމްސް މިލްނާ 24 އަހަރަށްފަހު ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅުން ހުއްޓާލައިފި އެވެ.

އުމުރުން 40 އަހަރުގެ މިލްނާ އިއްޔެ އޭނާގެ ސޯޝަލް މީޑިޔާގައި ބުނެފައިވަނީ ހަނދާނުން ފޮހެލަން އުނދަގޫ ކިތަންމެ ދުވަސްތަކަކަށްފަހު ފުޓްބޯޅަ ކުޅުން ހުއްޓާލަން ނިންމާފައިވާ ކަމަށެވެ.

“އަހަރެން ވަނީ ހަނދާނުން ފޮހެލާނެ އެތައް ދުވަހެއް ތަޖުރިބާކޮށްފަ ގައުމީ ޓީމުގަ އާއި ކްލަބްތަކުގައި. ފުޓްބޯޅައިން އަހަރެންނަށް ވަނީ ގިނަ އެކުވެރިންތަކެއް ލިބި ގިނަ ތަޖުރިބާތަކެއް ކުރެވިފަ. ނަމަވެސް މި އުނދަގޫ ދަތުރަށް ނިމުން ގެންނަން މިއީ އެންމެ ރަގަޅު ވަގުތުކަމަށް ދެކެން.” މިލްނާ

HajjCop_ads
MMA_Ads
Advertisement

ޕްރިމިއާ ލީގުގައި އެންމެ ގިނަ މެޗު ކުޅުނު ކުޅުންތެރިޔާގެ ޝަރަފު މިދިޔަ ފެބްރުއަރީ މަހު ހޯދާފައިވާ މިލްނާ ޕްރިމިއާ ލީގުގައި ފުރަތަމަ ކުޅެފައިވަނީ ލީޑްސް އާއިއެކުގަ އެވެ. އޭގެ ފަހުން އޭނާ ވަނީ މެންޗެސްޓަރ ސިޓީ އާއި ލިވަޕޫލްގެ އިތުރުން އެސްޓަން ވިލާ އަށްވެސް ކުޅެފަ އެވެ.

މެންޗެސްޓަރ ސިޓީ އާއިއެކު ޕްރިމިއާ ލީގު ދެ ފަހަރު ހޯދާފައިވާއިރު ލިވަޕޫލް އާއިއެކު ވަނީ އެއް ފަހަރު ހޯދާފަ އެވެ. މީގެ އިތުރުން އިނގިރޭސި ގައުމީ ޓީމަށް އޭނާ ވަނީ ދެ ވޯލްޑްކަޕްގެ އިތުރުން 2 ޔޫރޯގައި ކުޅެފައިވާއިރު ޖުމްލަ 61 މެޗު ގައުމީ ޓީމަށް ވަނީ ކުޅެފަ އެވެ.

ފާއިތުވެދިޔަ ތިން ސީޒަނުގައި އޭނާ ކުޅެފައިވަނީ ޕްރިމިއާ ލީގުގެ ކްލަބް ބްރައިޓަން އަށެވެ.

MPL_Ads
MWSC_ads
Advertisement
STO_Ads
MMA_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ސާފް ޗެމްޕިއަންޝިޕް ފަށައިފި

ތިލައުތުރު ފުޓެސެލް މުބާރާތުގެ ތަށި ފުރަތަމަ ފަހަރަށް އުތީމުން އުފިލައިފި

Main 20251024 181558

އިންފަންޓީނޯއާއެކު ކުރިއަށްގެންދިޔަ ފުޓްބޯޅަ ފެސްޓިވަލުގައި ރައީސް ބައިވެރިވެވަޑައިގެންފި

ދިވެހިރާއްޖޭގެ ފުޓްބޯޅައިގެ ޑައިމަންޑް ޖުބްލީ ލޯގޯ ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙުކޮށްދެއްވައިފި